Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި އަނިޔާކުރުން

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުން އަންނަ އަޑުއެހުމެއްގައި

ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2022 | އަންގާރަ 07:35
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައިގައި އޭނާގެ ފިރިމީހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. 

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތާއި ދިފާއުންވެސް ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަ ދައްކާފައެވެ. މައިގަނޑު ގޮތެއްގައި ހިމެނެނީ ބައެއް ހެކިތައް ބަލައިނުގަތުން ފަދަ ހުށައެޅުންތަކެވެ.

އެހެންނަމަވެސް، މި ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުއްވުމާއި ގުޅޭ ހުށައެޅުމެއް ދެފަރާތުންވެސް ހުށައަޅާފައެއް ނުވެއެވެ.

މި އަޑުއެހުމުގައި ދެފަރާތުންވެސް ހުށައެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމެވެ. ގާޒީ ވަނީ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމާއެކު، ޝަރީއަތުގެ މަރުޙަލާވެސް އެ ދުވަހު ފެށުމަށް ނިންމަވާފައެވެ.

މި އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މަންމަ ބަލިކަން ފާހަގަކޮށް، ވީހާވެސް އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.

މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމާއި، މައްސަލައިގެ ބާވަތަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ނިންމަވާފައެވެ.

މި މައްސަލައިގެ ހެކިންގެ ތެރޭގައި އަނިޔާ ލިބުނު ފަރާތާއި، މަންޒަރު ދުއް ފަރާތުގެ އިތުރުން، ސީންއަށް ދިޔަ ފުލުހުންވެސް ހިމެނެއެވެ.

އޭނާއަށް ދައުވާ އުފުލަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ، 02 ފެބްރުވަރީ 2022 ދުވަހު، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް 10 މާރިޗު 2022 ގައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ގެއެއްގެ ސިޑިމަތިން ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެންމީހާ ފައިބައިގެންދާ މަންޒަރެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު