Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކަން އެއަރލައިންސް

4 މަސް ތެރޭގައި ސްރީލަންކަން އެއަރލައިންސްއަށް 248 ބިލިއަންގެ ގެއްލުމެއް

4 މަހުގެ ތެރެގައި ސްރީލަންކަން އެއަރލައިންސް އަށް 71.82 ބިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖުލައި 2022 | އަންގާރަ 03:47
ސްރީލަންކަން އެއަރލައިނަށް ގެއްލުންވަނީ ރުޕީސްގެ އަގު ދަށްވުމުގެ ސަބަބުން

ސްރީލަންކަން އެއަރލައިނަށް ގެއްލުންވަނީ ރުޕީސްގެ އަގު ދަށްވުމުގެ ސަބަބުން

ސްރީލަންކާގެ ސަރުކާރުން ހިންގާ، ސްރީލަންކަން އެއަރލައިންސްއަށް އެޕްރީލް މަހާ ހަމައަށް 248 ބިލިއަން ރުޕީސްގެ ގެއްލުންވެފައިވާ ކަމަށް ޑާޓާތަކުން ދައްކައިފިއެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދާގައިވާ ސްރީލަންކަން އެއަރލައިންސްއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައިވަނީ އެގައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެންނެވެ. މިއީ މިހާތަނަށް އެގައުމުގެ ފައިސާގެ އަގު އެންމެ ބޮޑަށް ދަށްވި ފަހަރެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ 4 މަހުގެ ތެރެގައި ސްރީލަންކަން އެއަރލައިންސްއަށް 71.82 ބިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވެއެވެ. އަދި ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި 248.44 ބިލިއަން ރުޕީސްގެ ގެއްލުން ވެފައިވާއިރު، މީގެ ތެރެއިން 145 ބިލިއަން ރުޕީސްއަކީ، ބޭރުފައިސާއަށް މާރުކުރުމުގެ ސަބަބުން ލިބުނު ގެއްލުމެކެވެ.

އެޕްރީލްގެ ނިޔަލަށް ލަންކާގެ ރުޕީސްގެ އަގު ވަނީ 200 ރުޕީސް އިން 341 ރުޕީސްއަށް ވެއްޓިފައެވެ. މިހާރު އެގައުމުގައި 1 ޑޮލަރުގެ އަގު އުޅެނީ 358 ރުޕީސްގައެވެ.

މީގެއިތުރުން ސްރީލަންކަން އެއަރލައިންސްގައި މިހާރު ވެސް 618،677.61 މިލިއަން ރުޕީސްގެ ދަރަނި ދައްކަން ޖެހިފައި އެބަހުއްޓެވެ. މީގެ ތެރޭގައި 175 މިލިއަން ޑޮލަރުގެ ސޮވެރެން ގެރެންޓީ ބޮންޑަކާއި، ސްޓޭޓް ބޭންކުން ނަގާފައިވާ ލޯނާއި، މަތިންދާބޯޓަށް ދައްކަން ޖެހޭ ފައިސާ އަދި އެކި ވިޔަފާރިތަކަށް ވަކިން ހާއްސަކޮށް ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ހިމެނޭ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓްރީން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ސްރީލަންކަން އެއަރލައިންސްގެ ގެއްލުމަށް މާލީ އެހީތެރިކަން ހޯދައިދެވޭނެ ގާބިލްކަމެއް ސަރުކާރުގައި ނެތް ކަމަށާއި، އެ އެއަރލައިންގެ މާލީ ކަންކަން ރީސްޓަރްކްޗަރުކޮށް ފައިދާވާނެ ގޮތަކަށް އޮޕަރޭޓްކުރަން ފަށަންޖެހޭ ކަމަށެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެފައިވަނީ އެއަރލައިން ޕްރައިވަޓައިޒް ކުރަންޖެހޭ ކަމަށެވެ.

ސްރީލަންކަން އެއަރލައިންސްސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު