Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ހެދުމުގެ އެއްބަސްވުން

އަމީނީ މަގު ހަދަން އެއްބަސްވުމެއް ނެތް، 7 އަހަރުން ނުވި ކަންތައް 7 މަހުން މުއިއްޒަށް ކޮށްދޭނަން – މޫކޭ

އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައެއް ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޖުލައި 2022 | އަންގާރަ 03:32
އަމީނީ މަގު ހަދަން ސަރުކާރުން އާރުޑީސީއާއި ހަވާލުކުރުމާއެކު ސިޓީ ކައުންސިލުން އެކަން ކުރަން އުޅުނުކަމަށް ދައްކަން ދަނީ މަސައްކަތް ކުރަމުން

އަމީނީ މަގު ހަދަން ސަރުކާރުން އާރުޑީސީއާއި ހަވާލުކުރުމާއެކު ސިޓީ ކައުންސިލުން އެކަން ކުރަން އުޅުނުކަމަށް ދައްކަން ދަނީ މަސައްކަތް ކުރަމުން

މާލޭގެ އަމީނީ މަގު ހަދަން އެއްވެސް އިރެއްގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހައްދަވަނީ އިތުރުފުޅެއް ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު މިހެން ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސް އަމީނީ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް އެ ކުންފުންޏާއި ހަވާލުކުރުމުން، މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތަށް ރައްދުދެއްވަމުންނެވެ.

އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓް އާރުޑީސީއާއި ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ހުށަހަޅަން އުޅުނު އަގަށްވުރެ ދެގުނަ ބޮޑުކޮށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އާރުޑީސީއާއި އެ މަސައްކަތް ހަވާލުކުރަން އުޅުނު އަގަށްވުރެ 45 މިލިއަން ރުފިޔާ ބޮޑުކޮށް ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން އާރުޑީސީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވީ މާލޭ މޭޔަރު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއެކު އާރުޑީސީ އިން ސޮއިކޮށްފައެއް ނުވާނެ ކަމަށެވެ. އަމީނީ މަގު ހެދުމަށް މިނިސްޓްރީއާއެކު އާރުޑީސީ އިން ސޮއިކޮށްފައިވަނީ މުޅިން އައު ޕްރޮޖެކްޓެއްގައި ކަމަށާއި، އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގް އާއި ސްޓޯމްވޯޓަރުގެ މުޅިން އައު ނިޒާމެއް ޤާއިމުކޮށް ޖުމްލަ ޙައްލެއް އަމީނީ މަގަށް ގެނައުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މޫސަ ވިދާޅުވީ އިރާދަފުޅާއެކު މި އެއްބަސްވުމުގެ ދަށުން މުއިއްޒުއަށް 7 އަހަރުން އަމީނީ މަގަށް ނުގެނެސް ދެވުނު ދާއިމީ ޙައްލު 7 މަސް ތެރޭގައި ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

މޫސަގެ ޓްވީޓްތަކާއި ގުޅިގެން، މީގެ ކުރިން މާލެ ސިޓީ ކައުންސިލުން އެކުންފުނިން ހޯދާފައިވާ ބީއޯކިއުތައް ބައެއް ފަރާތްތަކުން ހާމަކޮށްފައެވެ. އެކަމާއި ގުޅިގެން މޫސަ ވިދާޅުވީ އާރުޑީސީން ދޭ ކޮންމެ ޚިދުމަތަކަށް ރިކުއެސްޓް ކުރާ ފަރާތުން ދޭ ރިކުއަރމަންޓާއި އެއްގޮތަށް ބީއޯކިއު އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ބީއޯކިއު އަކީ އެއްބަސްވުމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ބީއޯކިއުގައި މާލެ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން އެ މަސައްކަތް ކުރުމަށް ކައުންސިލްގެ ބަޖެޓަށް ފެތޭގޮތަށް އަގުތައް ހަދާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަމީނީ މަގު ހެދުމަށް ސިޓީ ކައުންސިލާއި އާރުޑީސީއާ އެކު އެއްބަސްވުމެއް އޮތްނަމަ، ދޮގު ވާހަކަ ނުފަތުރާ އެ އެގްރީމެންޓް ހާމަކުރެއްވުމަށް މޫސާ ވަނީ ވިދާޅުވެފައެވެ.

އާރުޑީސީގެ އެމްޑީ ދެތު ނަހައްދަވާނެ ކަމަށާއި، މާލޭގެ މަގުތައް ހަލާކު ކުރުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އާރުޑީސީން ކަމަށް މާލެ ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނި އޮތީ ބަގުރޫޓްވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއުގެ މި ވާހަކައަށް ރައްދު ދެއްވާ މޫސަ ވިދާޅުވީ މިއީ ރޮކެޓް ސައިންސެއް ނޫން ކަމަށެވެ. އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއް އޮތް ނަމަ ސިޓީ ކައުންސިލުގައިވެސް އޭގެ ކޮޕީ އޮންނާނެ ކަމަށާއި، ރުޅި ނައިސް ރައްޔިތުންނަށް ހާމަކުރުމުން ދޮގުހަދާ ބަޔަކު އެނގޭނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ފުރަތަމަ ކުއާޓާއިން ފެށިގެން އާރުޑީސީ އަކީ ފައިދާވާ ކުންފުންޏެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އަމީނީ މަގުރޯޑް ޑިވެލޮޕމެންޓް ކޯޕަރޭޝަންމޫސާ އަލި މަނިކުމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު