Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުޅަނދުފަހަރު ޗެކްކުރުން

އީދު ބަންދާ ދިމާކޮށް ކުރިއަށްގެންދާ އޮޕަރޭޝަންގައި 60 ވަރަކަށް އުޅަނދު މިހާތަނަށް ބަލާފައިވާނެ: މޭޖަރ އާޒިމް ޝަރީފް

5 ޖުލައި 2022 | އަންގާރަ 02:16

ގިނަ އުޅަނދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޖުލައި 2022 | އަންގާރަ 02:16
މޭޖަރ އާޒިމް ޝަރީފް

މޭޖަރ އާޒިމް ޝަރީފް

އަޟްހާ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް 60 ވަރަކަށް އުޅަނދު ބަލާފައިވާނެ ކަމަށް މޭޖަރ އާޒިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މޭޖަރ އާޒިމް ވިދާޅުވީ މިފަހަރުގެ އޮޕަރޭޝަން ދިމާވެފައިވަނީ އަޟްހާ އީދުގެ ބަންދާއި ބޮޑު ބަންދާ ކަމަށެވެ. އޮޕަރޭޝަން ރާވާފައިވަނީ ފުލުހުންނާއި ގުޅިގެން ކަމަށާއި އެއްގޮތަށް މަސައްކަތްކޮށް، އެއް މިންގަނޑަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

މޭޖަރ އާޒިމް ވިދާޅުވީ މިހާތަނަށް 60 ވަރަކަށް އުޅަނދު ބަލާފައިވާއިރު ގިނަ އުޅަނދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅާފައިވާ ކަމަށެވެ. އަދި ލައިފް ޖެކެޓް އަތުޖެހޭ ހިސާބުގައި ވެސް ހުންނަ ކަމަށެވެ.

އުޅަނދު ޗެކު ކުރާއިރު ފުރުން މަނާ ކުރާ ހަލާތްތަކަކީ މިންވަރަށް ވުރެން މީހުން އިތުރުވުމާއި ލައިފް ޖެކެޓް ނެތުމާއި މުވާސަލާތީ ނިޒާމު ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަލާމަތީ ކަންކަމުގެ އިތުރުން އެ އުޅަނދެއްގައި ބޭސްފަރުވާގެ ކަންކަން ވެސް ހަމަޖެހިފައިވޭތޯ ބަލާ ކަމަށް ވެސް ވިދާޅުވިއެވެ.

މޭޖަރ އާޒިމް ވިދާޅުވީ އުޅަނދުތައް ބަލާއިރު އެބޭނުންވާ މިންގަނޑު ފުރިހަމަ ނުވާކަމަށް ވާނަމަ އެހުރިހާ ކަމެއް ހަމަކުރުމަށް އެ އުޅަނދުގެ ވެރި ފަރާތަަށް އަންގާ ކަމަށެވެ. އަދި އެކަންތައްތައް ރަނގަޅު ކުރުމަށްފަހު ގިނަ މީހުން ގުޅާ ކަމަށާއި އެއަށްފަހު އުޅަނދު ބެލުމަށްފަހު ފުރުމުގެ ހުއްދަ ދެވިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ދަތުރުފަތުރު ކުރާއިރު ބޮޑެތި އުޅަނދުތައް އިންޝުއަރެންސް ކޮށްފައި ހުރުން މުހިންމުކަން ފާހަގަކުރައްވާ މޭޖަރ އާޒިމް ވިދާޅުވީ ކަނޑުމަތީގެ ހަދިސާއެއް ދިމާވުމުން އެންމެ ފުރަތަމަ ބަލަނީ އޭގައި ތިބޭ މީހުން ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި އެއަށްފަހު އުޅަނދު ސަލާމަތް ކުރުމަށް ކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްއިރު އުޅަނދު ސަލާމަތް ކުރުން އުނދަގޫ ކަމަކަށް ވެގެންދާ ކަމަށާއި އެހެންކަމުން ބޮޑެތި އުޅަނދުތަކަށް ވަރަށް ބޮޑެތި ގެއްލުންތައްވާތީ ބޮޑެތި އުޅަނދުތަކުގެ އިންޝުއަރެންސް ހެއްދުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއާ އަޅާބަލާއިރު މިހާރު ކަނޑުމަތީގެ ހާދިސާތައް މަދު ކަމަށާއި މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރަށް ފުރުމުގެ ކުރިން ކޯސްޓްގާޑްގެ ލަފާ ހޯދުމަށް ގުޅާ މީހުންގެ ނިސްބަތް މިހާރު ގިނަ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މިގޮތުން، ޖޫން 30 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުންދެއެވެ. އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަންގެ އަތުގައި ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ގިނަ ކަންތައްތައް ބަލައެވެ.

އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާއިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ގާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން އީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް މި އޮޕަރޭޝަން ދަނީ ހިންގަމުންނެވެ.

މިގޮތުން، އެމްއެންޑީއެފް ނޮދަރން އޭރިއާ ފަސްޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތަރޑް ސްކޮޑްރަން، އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯރތު ސްކޮޑްރަންއިން، އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެއެވެ.

މި އޮޕަރޭޝަން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، މި އޮޕަރޭޝަން ވިލިމާލޭ އާއި ހުޅުމާލެ އަދި ހުޅުލޭގައި ވެސް ކުރިއަށް ގެންދާނެއެވެ. އަދި އޮޕަރޭޝަން ކުރިއަށްދާނީ 30 ޖުލައިގެ ނިޔަލަށެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި

24 ޑިސެމްބަރު 2025
ރޯވި ސަފާރީ ގައި ތިބި 25 މީހުން ސަލާމަތް ކޮށްފި
24 ޑިސެމްބަރު 2025

ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

24 ޑިސެމްބަރު 2025
ކުޑަ އަންބަރާ ކައިރީ އޮތް ސަފާރީ އެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި
19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް