Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލަން: މުއިއްޒު

ކައުންސިލުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ދެފުއް ފެންނަ ގޮތަކަށް ކަންކަން ކުރުންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2022 | ހޯމަ 09:52
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވީ، ކައުންސިލުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ދެފުއް ފެންނަ ގޮތަކަށް ކަންކަން ކުރުން ކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒު ވަނީ މިއަދުގެ ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއް ނެތި ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.

އެއް ކަމެއްގެ ގޮތުގައިި މުއިއްޒު ވަނީ މާލޭގެ މަގު ހެދުމުގެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެއީ ކައުންސިލުގެ މިދިޔަ ދައުރުގެ މަޝްރޫއެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއީ ކެބިނެޓާއި މަޖިލީހުން އޮންނަ އުސޫލުގެ މަތިން ފާސްކޮށް، ޕީއެސްއައިޕީގައިވެސް ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ހިނގަމުން ދަނިކޮށް ދައުރު ބަދަލުވެ، ސިޓީ ކައުންސިލުގެ އައު މެމްބަރުން ހޮވުމާއެކު، އެ މަޝްރޫއަށް ބައެއް ބަދަލުތައް ގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ބަދަލަކީ މުޅި ސްކޯޕާއި މަޝްރޫއުގެ ބަޖެޓު ބޮޑު ނުކޮށް، އެ ބަޖެޓުގެ ތެރެއިން މަސައްކަތް ކޮށްގެންވެސް، ހެވީ ޓްރެފިކް މަގުތައް ތާރު އަޅައިގެން ހަދާގޮތަށް ބަދަލު ކުރުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަން ކުރީ ޕްލޭނިންގ މިނިސްޓްރީއާއި ކަމާ ގުޅުންހުރި އިތުރު އިދާރާތަކާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ކައުންސިލުން ގެނައި ދެވަނަ ބަދަލަކީ ފަހަރަކު ސެގްމަންޓެއް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާ ގޮތަށް ސެގްމެންޓުތަކުގެ ޓައިމްލައިން ބަދަލު ކުރުންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ބަދަލުތަކާއެކު އަނެއްކާވެސް މިދިޔަ އަަހަރުގެ ތެރޭގައި މަޝްރޫއުގައި ސޮއިކޮށްފައިވެއެވެ.

އެހެންނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ފައިސާ ދޫކުރުމުގެ މައްސަލަތަކެއް ފެންމަތިވިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަމުގެ ސަބަބުން މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެކަމާ ގުޅިގެން ކަމާ ގުޅުންހުރި ވުޒާރާތަކާވެސް މަޝްވަރާ ކުރެވިފައިވާއިރު، ބަޖެޓު ފާސްކޮށްފައިވާ މިންވަރަށް ފައިސާ ދޫކުރުމުގައި ދައްޗެއް އޮވެގެންވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.  

އެންމެ ފަހުން މިހާރު އެ މަސައްކަތް ސިޓީ ކައުންސިލުގެ މެންޑޭޓުން ނެގުމަށް ކެބިނެޓުން ނިންމާފައިވާކަން ޕްލޭނިންގ މިނިސްޓްރީގެ ސިޓީއަކުން އަންގާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައިނުވާކަމެވެ.

ވުމާއެކު، އެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރާ ގޮތަށް ނިންމާފައިވާކަން ކައުންސިލަށް ސިޓީއަކުން އެންގިކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް މި މަސައްކަތް ކައުންސިލުން ވަކި ކުރިކަން މިހާތަނަށް ރައީސް އޮފީހުންވެސް އަންގާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު