Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލިސިޗާންސްކް ހިފުން

ލިސިޗާންސްކްއަށް ޔޫކްރެއިންގެ ފައުޖު އަދި ދާނެ - ޒެލެންސްކީ

ޚާރކީވްގެ އެތެރެއަށް ޖެހިލާފައިވާ ކަމަށް ޒެލެންސްވަނީ ވިދާޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖުލައި 2022 | ހޯމަ 02:00
ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރައްޔިތުންނާ އެންމެ ގާތުން ރައީސް ޒެލެންސްކީ

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރައްޔިތުންނާ އެންމެ ގާތުން ރައީސް ޒެލެންސްކީ

ލިސިޗާންސްކްއަށް ޔޫކްރެއިންގެ ފައުޖު އަދި ދާނެކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ލިސިޗާންސްކުގައި ތިބި ޔޫކްރެއިންގެ ސިފައިން އެތަނުން ފައްސާލާ މުޅި ލުހާންސްކް ރަޝިޔާގެ ބާރުގެ ދަށަށް ގެނައި ފަހުން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ޒެލެންސްކީ ވިދާޅުވީ ޑޮންބަސްގެ ލިސިޗާންސްކުގައި ތިބި ޔޫކްރެއިންގެ ސިފައިން އެތަނުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުތައް އަނބުރާ ޔޫކްރެއިންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށާއި، މިހާރު ހުރި ފަހުގެ ޒަމާނީ ހަތިޔާރާއެކު އެކަން ކުރާނެކަމަށް ވަނީ ވައުދުވެވަޑައިގަންނަވާކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ސިޓީއަކަށްފަހު ސިޓީއެއް ހަލާކުކޮށްލުމުގެ ބާރު ރަޝީޔާގައި އެބަހުރި ކަމަށެވެ. އަދި އެމީހުންގެ ގިނަ ބާރުތައް މިހާރު އޮތީ ޑޮންބަސްގައި ކަމަށެވެ. އަދި އެމީހުން ހަމަލާދެމުން ދަނީ އެއްތަނަކަށް ކަމަށާއި، ޔޫކްރެއިނުން ހަމަލާދެމުންދަނީ ތަންތަން ހިފައިގެން ތިބި މީހުންނަށް މުހިންމު ސަރަހައްދުތަކަށް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޚާރްކީވް، ޚާރސަން އަދި ކަނޑު ހިމެނޭ ސަރަހައްދުގެ އެތެރެއަށް މަޑުމަޑުން ޖެހެމުން އަންނަ ކަމަށާއި، ޒިމިނީ އައިލެންޑަކީ އެކަމުގެ ރަނގަޅު މިސާލެއް ކަމަށެވެ. އަދި ޑޮންބަސްއާއި ގުޅިގެން ވެސް މިފަދައިން ވިދާޅުވާނެ ދުވަހެއް އަންނާނެ ކަމަށެވެ.

ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގެ ސްޓޭޓެއް ކަމަށްވާ ލުހާންސްކްގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާކަމަށް ރަޝިއާއިން ބުނެފައިވަނީ އާދިއްތަ ދުވަހުއެވެ.

އާދިއްތަ ދުވަހު ރަޝިއާއިން ބުނެފައި ވަނީ ލުހާންސްކްގެ ލިސިޗާންސްކްގައި ކުރިއަށްދިޔަ ވަރުގަދަ ހަމަލާ ބަދަލުކުރުންތަކަށްފަހު އެސިޓީގައި ހަރަކާތްތެރިވަމުންދިޔަ ޔޫކްރެއިން އަސްކަރިއްޔާގެ ސަރަހައްދުތައް ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެންދިއުމަށްފަހު، މިހާރު މުޅި ލުހާންސްކް އެޤައުމުގެ ބާރުގެދަށަށް ގެންދެވިފައިވާކަމަށެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމާގައި ލުހާންސްކް އެޤައުމުގެ ބާރުގެ ދަށަށް ގެންދެވުމަކީ ރަޝިއާގެ އެއް އަމާޒެވެ. ރަޝިއާއިން ބުނަމުންދަނީ މިހަނގުރާމައަކީ ޑޮންބަސްގެ ލުހާންސްކްއާއި ޑޮނެސްކް މިނިވަންކުރުމުގެ އަޒުމުގައި ކުރަމުންދާ ހަނގުރާމައެއް ކަމަށެވެ.

ރަޝިއާއިން ޑޮންބަސްގައި ކުރަމުންދާ ހަނގުރާމާގައި، އެސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ސެޕަރޭޓިސްޓުންވެސް ދަނީ ބައިވެރިވަމުންނެވެ. ރަޝިއާގެ އަސްކަރިއްޔާއަށް ލުހާންސްކްގެ މުޅި ކޮންޓްރޯލް ލިބި، އެސަރަހައްދު މިނިވަން ކުރެވިފައިވާކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގު ވަނީ ރައީސް ވްލެޑްމިއަރ ޕުޓިންއަށް އަންގަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު