Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުން ގޯސްވުން

އީދުގައި މަޖާ ނެގިޔަސް މޫސުމަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

އުތުރުގެ ހިސާބުތަކަށް ކުރިއަތް 24 ގަޑީއިރު ވިއްސާރަ ކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 14:03
މޫސުން ގޯސްވެ އުދަ އަރަނީ

މޫސުން ގޯސްވެ އުދަ އަރަނީ

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވުމާއިއެކު ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އެކި އިދާރާތަކުން ދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ. މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށްވުމުން ރަށްތަކަށް، އީދު ފާހަގަކުރުމަށް ފުރައިގެންދާ މީހުންގެ ނިސްބަތްވެސް މިވަނީ އިތުރުވެފައެވެ. މިގޮތުން ފްލައިޓްތަކާއި ލޯންޗުން ދަތުރު ކުރުމަށް ވެސް ގިނަ މީހުން އުޅެނީ ޓިކެޓް ނުލިބިގެންނެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު މި ދުވަސްވަރަކީ ހުޅަނގު މޫސުމަށްވުމާއެކު މޫސުން އެންމެ ގޯސްކޮށް އޮތީ އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. އުތުރުގެ ހިސާބުތަކަށް ކުރިއަތް 24 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވައި މަޑުވާނެ ކަމަށް ވެސް ބެލެވެއެވެ. އެއީ އުތުރާއި މެދުރާއްޖެ ތެރެއަށް 10 މެލާއި 20 މޭލަށެވެ.

ދެކުނުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ކުރިއަށްވުރެން ވައި މަޑުވުމާއި ގުޅިގެން ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އުދައިގެ ބާނި ކުޑަވަމުންދާއިރު އުދަ އެރުމުގެ ފުރުސަތު ކުޑަވާނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ވަރަށް ކުޑަކޮށް އުދަ އެރުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ 24 ގަޑީއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ރ. ދުވާފަރަށާއި ށ. ފުނަދޫއަށެވެ.

އާންމުކޮށް ބަލާއިރު 15 މޭލަށްވުރެން މައްޗަށް ވައިޖެހޭނެނަމަ ކަނޑުތައް ގަދަވާނެއެވެ. 20 ނޫނީ 25 މޭލަށް ދާއިރު ކަނޑުދަތުރު ކުރަން އުނދަގޫވާނެއެވެ. އަދި ވިލާގަނޑުގައި 50 ނޫނީ 60 މޭލަށް އަރާނެއެވެ. އެހެންކަމުން ދަތުރުފަތުރު ކުރެވޭވަރު ނުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ،

ރާއްޖެއާއި ކައިރީގައި އޮތް ސްރީލަންކާއަށް ވެސް މޫސުން ގޯސްވުމާއި ގުޅިގެން ވަނީ ރެޑް އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ލަންކާގައި އެލާޓް ނެރެނީ ފެންބޮޑުވާ މިންވަރަށް ބަލާފައި ކަމަށެވެ. ކޮންމެ ޤައުމެއްގައި ވެސް އެލާޓް ނެރޭ ކްރައިޓީރިއާ ތަފާތުވާނެއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން އީކުއޭޓާ މަތީގައި ރާއްޖެ އޮންނައިރު ތޫފާންތައް އުފެދެނީ ބޭ އޮފް ބެންގޯލްގައެވެ. އެހެންކަމުން އިކުއޭޓާ މަތީގައި ތޫފާން ނުއުފެދެއެވެ. ރާއްޖެ އުފެދިފައިވަނީ ރައްކާތެރި ލޯކޭޝަން އެއްގައެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޕެޓާންތަކަށް ބަލާއިރު އަސަރުތައް ކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ. އަދި  އިންޑިއާ ކަނޑުގެ ބާނި ވެސް އުފުލެމުން، ބަދަލުވަމުންދެއެވެ. ކުރިން ރާއްޖެއަށް އަހަރުގެ ވަކި ދުވަސްވަރެއްގައި އުދަ އެރިނަމަވެސް މިހާރު އުދަނާރާ ވަކި ތާރީހެއް ނެތެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ހަފުތާ ބަންދާއެކު، ޚާއްސަކޮށް އުތުރުއާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރަކީ ސްކޫލް ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އޮޑިވެރިންނާއި، ކެޕްޓަނުންނާއި، ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކުންވެސް، ދަތުރުކުރެވެނީ ސަލާމަތްތެރި ރައްކާތެރި އުޅަނދެއްގައިކަން ޔަގީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ދަތުރުކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅުމަށް ވަނީ އެދިފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، ރައްކާތެރި މަގެއް ޚިޔާރުކޮށް ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ކޯސްޓްގާޑުން ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިތުރުން ހުރިހާ ޤައުމަކަށް ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އިންސާނުންނަށާއި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެ ކަމަށް އދ.ގެ އިންޓަރ ގަވަރންމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖްގެ ހަވަނަ އެސެސްމަންޓް ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިރިޕޯޓުގައި، މިހާތަނަށް ކުރިން ޝާއިއު ކުރެވިފައިވާ ހޯދުންތަކާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އަދި މިކަމުގެ ސަބަބުން އިންސާނުންނަށާއި އަދި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާނެކަމަށް އެސެސްމަންޓް ރިޕޯޓުގައި ބުނެފައިވެއެވެ. މިރިޕޯޓުން އިތުރަށް ހާމަވާ ގޮތުގައި އިންސާނީ ޖަމާއަތްތަކާއި އަދި ގުދުރަތީ ނިޒާމުތަކުގެ ތެރެއިން ވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން ކުޑަ ފަރާތްތަކަށް، މިކަމުގެ ނުރައްކަލާއި ކުރިމަތިވެ ގެއްލުންލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މިފަހަރުގެ ރިޕޯޓުން ފާހަގަވާގޮތުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އޮތް ފުރުސަތު ދަނީ ހަނިވަމުންނެވެ. އެއީ ދުނިޔެ ހޫނުވުން މެދުނުކެނޑި ކުރިޔަށްގޮސް، ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އިން މައްޗަށް ޖެހުމުގެ ފުރުސަތު ފަހިވަމުން އަންނާތީއެވެ. އަދި ހޫނުމިން މަތިވެއްޖެނަމަ، ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުން އަރައިގަތުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިރިޕޯޓުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާނެ ނުރައްކާތައް ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ތޫފާނުތަކުގެ ބާރުގަދަވެ އިތުރުވުމުން ލިބޭނެ ގެއްލުންތަކާއި، ވާރޭ ވެހޭގޮތަށް އަތުވެދާނެ ބަދަލުތަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކަށް ލިބޭނެ ގެއްލުމާއި ގާ ހުދުވުމާއި، ފެން ބޮޑުވުމާއި، ކާބޯތަކެއްޗާއި ފެނުގެ ޔަގީންކަން ކަށަވަރު ކުރުމަށް ހުރި ގިނަ ގޮންޖެހުންތައް ހިމެނެއެވެ. އަދި ކުދި ޖަޒީރާ ގައުމުތައް ހިމެނެނީ ޖައްވަށް ދޫކުރާ ވިހަގޭސް އެންމެ މަދުން ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ކަމަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވަނީ މިފަދަ ގައުމުތައް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އިންސާނުންނާއި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާތައް ބޮޑުވާއިރު އެންމެން ގުޅިގެން މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

16 ނޮވެމްބަރު 2019
ސެންޓްރަލް ޕާކުގައި އުދުހޭ ދޫނިތައް ބަލާލިންތަ؟

ސެންޓްރަލް ޕާކުގައި އުދުހޭ ދޫނިތައް ބަލާލިންތަ؟

09 އޯގަސްޓު 2019
ޖައްވުން ބަލާއިރުވެސް ވާރޭ ނުވެހި ހަނަފަސް ވެފައިވާކަން ފާހަގަވާ ސިޓީ ޗެންނާއީ

ޖައްވުން ބަލާއިރުވެސް ވާރޭ ނުވެހި ހަނަފަސް ވެފައިވާކަން ފާހަގަވާ ސިޓީ ޗެންނާއީ

19 ޖުލައި 2019
ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

15 ޖުލައި 2018
އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

30 މެއި 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު