Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަންޖޫ

ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

ސަންޖޭއާ ވީހާވެސް ވައްތަރުކުރުމަށް މޭކަޕްކުރުމާއި ހެދުން އެޅުމުގައި އެއްގޮތް ކުރުމަށް މަސައްކަތް ކޮށްފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 ޖުލައި 2018 | އާދީއްތަ 08:08
ސަންޖޫގެ ޕޯސްޓަރ

ސަންޖޫގެ ޕޯސްޓަރ

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު ސަންޖޫއަށް 500 ކުރޯޑް އިންޑިއަން ރުޕީސް 17 ދުވަހުން ލިބުމާއެކު މި ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑުވެއްޖެއެވެ. 500 ކުރޯޑް އިންޑިއަން ރުޕީސް އަކީ އިންޑިއާގެ މަދު ފިލްމަކަށް ނޫނީ ނުލިބޭވަރުގެ އާމްދަނީއެކެވެ. އަދި މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އިންޑިއާގެ ފިލްމަކަށް އެހާ ބޮޑު އާމްދަނީއެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ސަންޖޫއަކީ މަޝްހޫރު އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އެކްޓަރ ރަންބީރު ކަޕޫރު ކުޅެފައިވާ ފިލްމެކެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓު ކުރި މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރަންބީރު ކަޕޫރުގެ އިތުރުން ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ދިއާ މިރްޒާ، ޖިމް ސަރްބް އަދި ކަރިޝްމާ ތަންނާ އެވެ.

ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

ފިލްމުގެ ލިޑު ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރުގެ އެކްޓިން

އެ ފިލްމަށް މިހާބޮޑު އާމްދަނީއެއް ލިބިގެންދަނީ ފިލްމުގައި ރަންބީރުގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ސަންޖޫގައި އެންމެ ބޮޑަށް އަޅައިގަންނަނީ ރަންބީރުގެ ސިފަ ސަންޖޭއާ ވައްތަރު ކުރުމަށް ކޮށްފަ ހުރި ބުރަ މަސައްކަތެވެ. ރަންބީރު މި ފިލްމުން ފެނިގެންދާއިރު ހީވަނީ ހަމަ ސަންޖޭހެންނެވެ. އެހާވެސް ވައްތަރެވެ.މީގެ އިތުރުން ސަންޖޭގެ ވައްޓަފާޅި ގެނައުމަށް ރަންބީރު ކޮށްފައިހުރި މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. ސަންޖޭގެ ސިފައާއި ވައްތަރު ކުރުމަށް ރަންބީރު ހެނދުނު 7 ޖަހާއިރު ފަށާ ޝޫޓިން އަށް މޭކަޕް ކުރުމަށް ދަންވަރު 3 ޖަހާއިރުން ފެށިގެން މަސައްކަތްފަށާ ކަމަށް ވެއެވެ. ސަންޖޭގެ ރޯލް ކުޅެން ރަންބީރު ވަނީ އޭނާގެ ހަށިގަނޑަށް ވެސް ތަފާތު އެކި ކަހަލަ ބަދަލުތައް ގެނުވައި އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ.

މިފިލްމު އެހާ ވައިގައި ހިފީ ކީއްވެ؟

ފިލްމު ބެލުމަށްފަހު ނިކުތް ބެލުންތެރިން ބުނި ގޮތުގައި މި ފިލްމަކީ އަސަރުން ފުރިގެންވާ ފިލްމެކެވެ. ފިލްމުގައި ސަންޖޭގެ ހަޔާތް ވަރަށް ރަނގަޅަށް ދައްކުވައިދީފައިވާ ކަމަށެވެ. މީގެ ކުރިން ސަންޖޭގެ މުހިއްމު ވާހަކަތައް އިވެނީ ޓީވީތަކުންނާއި އެކިއެކު ނޫސްތަކުން ކަމަށާއި މި ފިލްމު ބެލުމުން ސަންޖޭ އުޅެފައިވާ ގޮތްތައް ފެނި ތަޖުރިބާ ކުރެވުނު ކަމުގެ އިހުސާސްތައް ކުރެވޭކަމަށެވެ.

އޭގެތެރެއިން އެންމެ އަޅައިގަންނަ މަންޒަރުތަކުގެ ތެރޭގައި ސަންޖޭ މަސްތުވާތަކެއްޗަށް ދެވި ހިފައިގެން އޭނާ ރަނގަޅުވުމަށް ރިހިބިލިޓޭޝަން ސެންޓަރުގައި އުލެންޖެހުނު ހިތްދަތި ދުވަސްތައް ހިމެނޭކަމަށް ބެލުންތެރިން ބުނެއެވެ. މި މަންޒަރުތައް ރަންބީރު އެކްޓް ކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ.

ރަންބީރުގެ އެކްޓިން އެކަންޏެއް ނޫނެވެ. ފިލްމުން ފެނިގެންދާ އެހެން ތަރިންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ. ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ދިއާ މިރްޒާ، ޖިމް ސަރްބް އަދި ކަރިޝްމާ ތަންނާގެ އެކްޓިންވެސް އެއީ ވަރަށް ފުރިހަމަ އެކްޓިންއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިލްމަށް ލިބޭނެ އާމްދަނީ ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން މިއީ ނުބަލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫންކަމަށް ފިލްމު ބެލި އެންމެންވެސް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރޮމޯޝަންގެ ފޯރި ގަދަވެ، ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުވަން ވެސް "ޕްރޮމޯޝަން"!

ޕްރޮމޯޝަންގެ ފޯރި ގަދަވެ، ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުވަން ވެސް "ޕްރޮމޯޝަން"!

04 އެޕްރީލު 2023
މަންކީޕޮކްސް – ބައްޔާއި ގުޅޭ، ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

މަންކީޕޮކްސް – ބައްޔާއި ގުޅޭ، ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

22 މެއި 2022
ފުންމާ ކުދިން މިފަހަރު ކުޅުނީ ފިލްމެއް، އެއީ ޑެޑް ޑްރޮޕް

ފުންމާ ކުދިން މިފަހަރު ކުޅުނީ ފިލްމެއް، އެއީ ޑެޑް ޑްރޮޕް

08 ޖެނުއަރީ 2020
މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!

މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!

13 ޑިސެމްބަރު 2019
ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

01 އެޕްރީލު 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު