Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ފުނޑުފުނޑުވެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރޭގައި ޔޫކްރެއިންގެ އާންމު ރައްޔިތުން

ރަޝިއާއިން ބުނަމުންދަނީ އެގައުމުން އާންމުންނަށް އަމާޒުކޮށް ހަމަލާތައް ނުދޭ ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 ޖުލައި 2022 | ހޮނިހިރު 08:52
ރަޝިއާ އަސްކަރިއްޔާގެ މިސައިލެއް ޔޫކްރެއިންގެ މޯލްއަކަށް އަމާޒުވި ހާދިސާގައި އަނިޔާވެފައިވާ ދެމަފިރިން

ރަޝިއާ އަސްކަރިއްޔާގެ މިސައިލެއް ޔޫކްރެއިންގެ މޯލްއަކަށް އަމާޒުވި ހާދިސާގައި އަނިޔާވެފައިވާ ދެމަފިރިން

މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމަ އާއިއެކު ޔޫކްރެއިންގެ އާންމު ރައްޔިތުން ދިރިއުޅެމުންދަނީ ބޮޑު ނާމާންކަމެއްގެ ތެރޭގައެވެ. މުޅި ގައުމުހެން ބިމާ ހަމަވަމުންދާއިރު، ދެން ހަމަލާތައް އަމާޒުވާނީ ކޮން ސަރަހައްދަކަށްތޯ އެއީ އެގައުމުގެ ރައްޔިތުންގެ ހިތުގައި މިހާރު އަބަދުވެސް އޮންނަ ސުވާލެވެ. ދުވަސްނިމި މާދަމާ އިރު އަރާއިރު، ތިމާ ދިރިއުޅޭ ސަރަހައްދަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް މިއަދު ޔޫކްރެއިންގެ ރައްޔިތުންނަކަށް ނެތެވެ.

ނިމިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު މިހަނގުރާމައަށް ހަތަރު މަސްވެ، ފަސް ވަނަ މަސް ގުނަން ފަށާފައިވާއިރު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އެކި ހިސާބުތަކަށް ދެމުންދާ ދުރުރާސްތާ ވައިގެ ހަމަލާތައް އިތުރުވެ ވަރުގަދަވެފައިވާ ކަމަށް ޔޫކްރެއިންގެ އިދާރާތަކުން ފާހަގަކުރެއެވެ. ޖުލައި މަހުގެ ދެ ވަނަ ދުވަސް ޔޫކްރެއިންގެ މިކޮލައިވް ސަރަހައްދުގެ ރައްޔިތުންނަށް ފެށިގެން ދިޔައީ ވަރުގަދަ ގޮވުންތަކަކާއެކުއެވެ. މިކަން ހިނގީ މިމަހުގެ ފުރަތަމަ ދުވަހު އޮޑެސާގެ ބްލެކް ސީ ބަނދަރު ސަރަހައްދުގައި ހުރި އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވި މިސައިލް ހަމަލާއަށް ފަހު ހަގީގަތުގައި މާގިނަ އިރުތަކެއް ނުވެއެވެ. .

އޮޑެސާގެ އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތަށް އަމާޒުވި ހައިޕަރސޮނިކް މިސައިލް ހަމަލާގައި އާންމުންގެ 21 މީހުން މަރުވެފައިވާކަމަށް ކަމާގުޅުންހުރި އިދާރާތަކުން ރިޕޯޓުކުރެއެވެ. މިކަން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުށްވެރިކުރައްވާފައިވާއިރު، ރަޝިއާއިން ވަނީ އެގައުމުން އާންމުންނަށް އަމާޒުކޮށް ހަމާލާތައް ނުދޭކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ.

އޮޑެސާ އާއި ޖެހިގެން އޮންނަ މިކޮލައިވްގައި އެއަރރެއިޑް ސައިރަންތަކުގެ އަޑު ދިޔައީ އިވެމުންނެވެ. ސިޓީގެ މޭޔަރު އޮލެކްސަންޑަރ ސެންކެވިޗް ވަނީ ސިޓީގައި ބާރުގަދަ ގޮވުންތަކެއް ގޮވަމުންދާ ކަމަށާއި ހުރިހާ ރައްޔިތުންވެސް އެކަމަށް ވިސްނައި ރައްކާތެރި ހިސާބުތަކަށް ދިއުމަށް ގޮވާލާފައެވެ. މިގޮވުންތަކަކީ ސީދާ ކޮންކަމެއްގެ ސަބަބުން ހިނގިކަމެއް ކަމެއް ސީދާ ސާފުނުކުރެވުނު ނަމަވެސް މިއީ ރަޝިއާއިން އެގައުމުގެ އާންމުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް ޔޫކްރެއިނުން ދަނީ ބުނަމުންނެވެ.

ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިއީ ރަޝިއާއިން ރާވައިގެން ގަސްތުގައި ދެމުންދާ ހަމަލާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެގައުމުން ބުނަމުންދާހެން އޮޅިގެން އަމާޒުވާ ހަމަލާތަކެއް ނޫންކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ދުރުރާސްތާ މިސައިލް ހަމަލާތައް އިތުރުކޮށް އާންމުންނަށް އަމާޒުކޮށް ހަމާލާތައް ދެމުންދާ ކަމަށް ޔޫކްރެއިނުން ބުނަމުންދާއިރު، ރަޝިއާއިން ވަނީ އެގައުމުން ހަމަލާތައް އަމާޒުކުރަމުންދަނީ ޔޫކްރެއިން ސިފައިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ކަމަށް ބުނެފައެވެ. އެގޮތުން ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެގައުމުގެ އަސްކަރިއްޔާއިން އާންމުންނަށް އަމާޒުކޮށް ހަމަލާތައް ނުދޭނެކަމަށް ވިދާލުވި ވިދާޅުވުން ހުކުރު ދުވަހު ތަކުރާރު ކުރައްވާފައެވެ.

މި ނިމުނު ހަފުތާގައި ރަޝިއާގެ މިސައިލް ހަމަލާއެއް ޔޫކްރެއިންގެ ޝޮޕިން މޯލް އަކަށް އަމާޒުވެ 19 މީހުންވަނީ މަރުވެފައެވެ. ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަން އެއްގެ ނަމުގައި ފެށި މިހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އެގައުމުގެ އެތައް ހާސް އާންމު ރައްޔިތުންނެެއް ދަނީ މަރުވަމުންނެވެ.

ހުކުރު ދުވަހުގެ ހެނދުނު އޮޑެސާއަށް އަމާޒުވި މިސައިލް ހަމަލާއާއި އެކު ބިމާއިހަމަވި ނުވަ ބުރީގެ އެޕަރޓްމެންޓް ކޮމްޕްލެކްސް ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުން ދަނީ އެސަރަހައްދުގައި ހުރި އަވަށެއްގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނެވެ. ހަމަލާ އަމާޒުވި އިމާރާތާއި ޖެހިގެން ހުރި 14 ބުރީގެ އިމާރާތުގެ ބިއްލޫރި ތަކަށާއި ކުޑަދޮރުތަކަށްވެސް ވަނީ ހަމަލާގެ އަސަރުކޮށްފައެވެ.

ހަމަލާގެ މައުލޫމާތާއެކު އެސަރަހައްދަށް އައިސް އެހީވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމު ރައްޔިތެއް ވަނީ ވީ އެންމެ އަވަހަކަށް އެސަރަހައްދަށް އައިސް އިމާރާތުގެ ދަށުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރި ނަމަވެސް އެންމެ ސަލަމާތްކުރެވޭ ގޮތް ނުވިކަމަށް ހިތާމަޔާއެކު ފާހަގަކޮށްފައެވެ.

ހުކުރު ދުވަހުގެ އެހަމަލާގައި 21 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އޭގެ ތެރޭގައި އުމުރުން އެންމެ 12 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މިހަމަލާގައި މަރުވި މީހުންގެ ހިތާމައިން އަރައި ނުގަނެވި އުޅެނިކޮށް ޖެހިގެން އައި ދުވަހުވެސް މިވަނީ ސަރހިވްކާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައެވެ.

ރަޝިއާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަވެފައިވާއިރު، އިރުމަތީ ޔޫކްރެއިންގައި ކުރިއަށްދާ ހަމަަލާބަދަލުކުރުންތަކުގައި ރަޝިއާ އަސްކަރިއްޔާއިން ދަނީ މަޑުމަޑުން ޔޫކްރެއިންގެ އަސްކަރިއްޔާ ފަހަތަށްޖަސައި ލުހާންސްކް އަދި ޑޮނެސްކްގައި ކުރި ހޯދަމުންނެވެ. ހަނގުރާމަ ފެށިގެން މިހާތަނަށް ކުރެވުނު އެންމެ ވަރުގަދަ ހަމަލާ ބަދަލުކުރުންތަކަށްފަހު މިދިޔަ މަހުގެ ފަހު ހަފުތާގައި ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ސިއެވިއެރޮޑެނެސްކް ހިފައި މުޅިލުހާންސްކް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމާ ގާތަަށް ޖެހިލާފައެވެ.

މިހާރު ރަޝިއާ އަސްކަރިއްޔާއިން މަސައްކަތްކުރަމުން ދަނީ ލުހާންސްކްގެ ލިސިޗަންސްކް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު