Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

އެމެރިކާއިން ޔޫކްރެއިން އަށް އިތުރު 820 މިލިއަން ޑޮލަރުގެ ހަތިޔާރު!

2 ޖުލައި 2022 | ހޮނިހިރު 07:38

ފެބްރުއަރީ 24 ވަނަ ދުވަހު ހަނގުރާމަ ފެށުނުފަހުން އެމެރިކާއިން ޔޫކްރެއިންއަށް ފޯރުކޮށްދިން އެހީގެ އަދަދު މިވަނީ 6.9 ބިލިއަން ޑޮލަރަށް އަރާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖުލައި 2022 | ހޮނިހިރު 07:38
ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން އިތުރު ހަތިޔާރު ފޯރުކޮށްދެނީ

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން އިތުރު ހަތިޔާރު ފޯރުކޮށްދެނީ

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިން އަށް އެހީވުމަށް އެމެރިކާއިން އިތުރު 820 މިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދޭން ނިންމައިފިއެވެ.

ޕެންޓަގަންއާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓު ކޮށްފައިވާގޮތުގައި އެއިދާރާއިން ވަނީ ޔޫކްރެއިން އަށް ނަސަމްސްގެ ދެ ސަރފޭސް ޓު އެއަރ މިސައިލް ސިސްޓަމްއާއި ހަތަރު ކައުންޓަރ އަޓިލަރީ ރާޑަރާއި އިތުރު ވަޒަން ފޯރުކޮށްދޭން ނިންމާފައިވާކަން ހުކުރު ދުވަހު އިއުލާނުކޮށްފައެވެ. މީގެތެރޭގައި ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމް ތަކަށް ބޭނުންވާ ވަޒަންވެސް ހިމެނޭނެ ކަމަށް ޕެންޓަގަން އިން ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިތުރު 820 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ސްޕެއިންގެ މެޑްރިޑްގައި ޔޫކްރެއިން ރަޝިއާ ހަނގުރާމައާއި ގުޅިގެން މަޝްވަރާކުރުމަށް ކުރިއަށްދިޔަ ނޭޓޯގެ ލީޑަރުންގެ ބައްދަލުވުމެއްގައެވެ.

އެމެރިކާއިން ޔޫކްރެއިން އަށް ފޯރުކޮށްދޭ އެހީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން ވަނީ ހަނގުރާމައިގައި ޔޫކްރެއިންގެ އާންމު ރައްޔިތުން ގިނަ އަނިޔާތަކާ ކުރިމަތިލަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގެ ރައްޔިތުން ދަނީ ގައުމުގެ ދިފާއުގައި ތެދުވެ ދުޝްމަނުންނާ ކުރިމަތިލަމުންކަމަށާއި އެމެރިކާއިން ދެމިއޮންނާނީ އެ ރައްޔިތުނާއެކު ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ޔޫކްރެއިން އަށް ފޯރުކޮށްދޭނެ ކަމަށް އިއުލާންކުރި އައު ހަތިޔާރު ތަކާއެކު ރަޝިއާއާއި ދެކޮޅަށް ތެދުވުމުގެ އިތުރު ބާރު ޔޫކްރެއިނަށް ލިބޭނެ ކަމަށް ފާހަގަކުރެވެއެވެ. މިފަހުން އެމެރިކާއިން ޔޫކްރެއިން އަށް ފޯރުކޮށްދިން އެހީއާއެކު ފެބްރުއަރީ 24 ވަނަ ދުވަހު ހަނގުރާމަ ފެށުނުފަހުން އެގައުމުން ޔޫކްރެއިން އަށް ފޯރުކޮށްދިން އެހީގެ އަދަދު މިވަނީ 6.9 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް