Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލީބިއާގެ ކުރެހުންތެރިޔާ އަހުމަދު މަޙްމޫދު

ދަތި ހާލުގައިވެސް އަޒުމެއް އޮތިއްޔާ އުއްމީދު ހާސިލު ވެދާނެއެވެ!

2 ޖުލައި 2022 | ހޮނިހިރު 07:45

މަޙްމޫދަކީ ހަތަރެސް ފައިގައި މާކަރު ބަނދެގެން އިނދެ، އެއް ފަހަރާ 4 ތަސްވީރެއް ކުރަހާލުމުގެ ގާބިލުކަން ލިބިފައިވާ ޒުވާނެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ޖުލައި 2022 | ހޮނިހިރު 07:45
ލީބިއާގެ ކުރެހުންތެރިޔާ އަހުމަދު މަޙްމޫދު - އޭނާގެ ކުރެހުމުގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް މަޙްމޫދު ފެށީ، އުމުރުން ޅަ އިރުގައި

ލީބިއާގެ ކުރެހުންތެރިޔާ އަހުމަދު މަޙްމޫދު - އޭނާގެ ކުރެހުމުގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް މަޙްމޫދު ފެށީ، އުމުރުން ޅަ އިރުގައި

ގައުމު ތިބާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ، ތިބާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލާށޭ ބުނާ ބުނުމުގެ ރީތިރި މިސާލެކެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ، އުއްމީދު ފަނޑުވެފައިވާ ލީބިއާގެ ޒުވާނަކު، މިއަދު މުޅި ދުނިޔެ ޝޯހް ކުރުވަމުން ދަނީ އޭނާގެ ފަންނުވެރިކަމުގެ ހުނަރުންނެވެ. ހަނގުރާމައިގެ ސަބަބުން، ކުރެހުމުގެ ފަންނުވެރިކަމަށް މީހުންގެ މެދުގައި ގެއްލެމުން ދިޔަ ސަމާލުކަން ދިރުވާ އާލާކޮށް، ހަނގުރާމަ ނޫން ކަންކަންވެސް ގައުމުގައި ހިނގާކަން ދައްކައިދިނުމުގެ ވަރުގަދަ އަޒުމުގައި ތެދުވެ، އޭނާގެ ނަން ގުގުމާލި ޒުވާނަކީ އުމުރުން 27 އަހަރުގެ އަހުމަދު މަޙްމޫދުއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޙްމޫދަށް ސަމާލުކަން ހުއްޓުނީ ސަބަބެއް ނެތިއެއް ނޫނެވެ. މަޙްމޫދަކީ އެއް ފަހަރާ، ތަފާތު 4 ކުރެހުން ކުރަހާލުމުގެ ގާބިލުކަން ލިބިފައިވާ ޒުވާނެކެވެ. ހަތަރެސް ފައިގައި މާކަރު ބަނދެގެން އިނދެ، އެއް ފަހަރާ 4 ތަސްވީރެއް ކުރަހާ ނިންމާލަނީ ބަލަން އިންނަ މީހާ ބަސް ހުއްޓުވާލާހާ ފުރިހަމަކޮށެވެ.

އޭނާގެ ކުރެހުމުގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް މަޙްމޫދު ފެށީ، އުމުރުން ޅަ އިރުއެވެ.

ހަނގުރާމަ ވެގެން ދިޔައީ މަޙްމޫދަށް ކުރިމަތިލާން ޖެހުނު ބޮޑު ގޮންޖެހުމަކަށެވެ. ހަނގުރާމައިގެ ސަބަބުން، ކުރެހުމުގެ ފަންނަށް މީހުންގެ މެދުގައި އޮތް ޝައުގު ފަނޑުވަމުން ދިޔަ ނަމަވެސް، އެ ހުރަސް ގިރާ ކުރިއެވެ. ކުރެހުމަކީވެސް އެ ފަންނުގައި ޝައުގު އޮތް ކަމެއް ކަން ސާބިތު ކޮށްދެމުންނެވެ. އެ ދަތުރަކީ އެއްވެސް ހާލެއްގައި މާ ފަސޭހަ ދަތުރެއް ނޫނެވެ. އެތައް ތަކުލީފެއް އުފުލިއެވެ. ބޮޑެތި ގުރުބާނީތަކެއް ވިއެވެ. މިހާރުވެސް ވެއެވެ.

ވަސީލަތްތަކާއި އާލާތްތައް ލިބުން ދަތިވި ކަމުގައިވީ ނަމަވެސް، މަޙްމޫދު މަސައްކަތް ކުރަނީ މަޑުޖެހުމެއް ނެތި، އޭނާގެ މަސައްކަތައިގެން ކުރިއަށް ދިއުމަށެވެ. އެގޮތުން އޭނާ ވަނީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތަސްވީރުތަކުން ފުޓުބޯޅަ ސްޓޭޑިއަމްގެ ފާރުތައް ފަޅުފިލުވާދީފައެވެ.

ޒުވާން ފަންނުވެރިޔާ މިއަދުވެސް ހުރީ ވަރުގަދަ އަޒުމެއްގައެވެ. މިއަދު އެ ބާވަތްތަކެއްގެ ކުރެހުންތަކަށް މީހުން އަހުލުވެރިވެފައިވާ ގޮތާ ތަފާތު ވައްތަރެއްގެ ކުރެހުމުގެ ފަންނެއް ގެނެސްދިނުމުގެ ފޮނި އުއްމީދުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ޖުލައި 2022

އަތްމަތި ދަތިވެ، އަޟްޙާ ޢީދުގެ ފުރިހަމަ އުފަލުން ޕާކިސްތާން މަޙްރޫމު ވަނީ

03 ޖުލައި 2022
އަތްމަތި ދަތިވެ، އަޟްޙާ ޢީދުގެ ފުރިހަމަ އުފަލުން ޕާކިސްތާން މަޙްރޫމު ވަނީ
30 ޖޫން 2022

ޒަވާޖީ ޙަޔާތަށް ތެދުވަން ޖެހުނީ ދިރިއުޅުނު ގޭގެ ގާކުނޑިތަކުގެ ތެރެއިން، އެހެނަސް އުއްމީދު ފަނޑެއް ނުވޭ!

30 ޖޫން 2022
ޒަވާޖީ ޙަޔާތަށް ތެދުވަން ޖެހުނީ ދިރިއުޅުނު ގޭގެ ގާކުނޑިތަކުގެ ތެރެއިން، އެހެނަސް އުއްމީދު ފަނޑެއް ނުވޭ!
09 އެޕްރީލު 2022

ލިޔެކިއުމުގައި ދަތިތައް ކުރިމަތިވާ މީހުންގެ އުނދަގޫތައް އިލޮއްޓާއި ޓޫތުޕިކުން

09 އެޕްރީލު 2022
ލިޔެކިއުމުގައި ދަތިތައް ކުރިމަތިވާ މީހުންގެ އުނދަގޫތައް އިލޮއްޓާއި ޓޫތުޕިކުން
11 ޖެނުއަރީ 2020

އޮލިމްޕަސް ލިބުމުގައި ދަތިތަކެއް، ޑާކްރެއިންގެ ކަންބޮޑުވުން

11 ޖެނުއަރީ 2020
އޮލިމްޕަސް ލިބުމުގައި ދަތިތަކެއް، ޑާކްރެއިންގެ ކަންބޮޑުވުން
16 ޖޫން 2019

ފިލްމް ލަގާން އަކީ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް: އާމިރް ހާން

16 ޖޫން 2019
ފިލްމް ލަގާން އަކީ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް: އާމިރް ހާން
04 މެއި 2019

ޓޮމް ކްރޫޒާ ދެ މީހުންގެ ކައިވެނި ރޫޅި ހިތްދަތިވި ދުވަސްތަކުގައި އެހީތެރިވީ ހިޔު: ކިޑްމަން

04 މެއި 2019
ޓޮމް ކްރޫޒާ ދެ މީހުންގެ ކައިވެނި ރޫޅި ހިތްދަތިވި ދުވަސްތަކުގައި އެހީތެރިވީ ހިޔު: ކިޑްމަން
26 ޖޫން 2018

ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ

26 ޖޫން 2018
ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ
20 ޖޫން 2018

އުއްމީދު ކުރަނީ ވަރަށް އަވަހަށް ކައިވެނި ކުރަން: ރަންބީރު

20 ޖޫން 2018
އުއްމީދު ކުރަނީ ވަރަށް އަވަހަށް ކައިވެނި ކުރަން: ރަންބީރު
03 ފެބުރުއަރީ 2018

ޖަލުގައި ހުރި އަޅުގަނޑުގެ ފޮތްކޮޅު ދެއްވާނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2018
ޖަލުގައި ހުރި އަޅުގަނޑުގެ ފޮތްކޮޅު ދެއްވާނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު
25 ސެޕްޓެމްބަރު 2017

"ހަސީނާ ޕާކަރު" : އުއްމީދު ކުރިވަރެއް ނުވި

25 ސެޕްޓެމްބަރު 2017
"ހަސީނާ ޕާކަރު" : އުއްމީދު ކުރިވަރެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް