Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕާކިސްތާނުގައި ނަޢަމް ސޫފި އަގު ބޮޑުވުން

އަތްމަތި ދަތިވެ، އަޟްޙާ ޢީދުގެ ފުރިހަމަ އުފަލުން ޕާކިސްތާން މަޙްރޫމު ވަނީ

މި ދަނޑިވަޅަކީ ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ މައްޗަށް، ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ނިސްބަތް މައްޗަށް ދާ ދުވަސްވަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 06:58
އަތް ފޯރާ އަގެއްގައި ނަޢަމް ސޫފީގެ ތެރެއިން ޖަނަވާރެއް ގަތުމަކީ ވަރަށް ދަތި ކަމެއް ކަމަށް އެމީހުން ބުނޭ

އަތް ފޯރާ އަގެއްގައި ނަޢަމް ސޫފީގެ ތެރެއިން ޖަނަވާރެއް ގަތުމަކީ ވަރަށް ދަތި ކަމެއް ކަމަށް އެމީހުން ބުނޭ

އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. އުޟްޙިޔާ ކަތިލުމަކީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުވެފައިވާ އަޅުކަމެކެވެ. އުޟްޙިޔާ ކަތިލުމަކީ އަޟްޙާ ޢީދުގެ އެންމެ ހާއްސަ އެއް ކަންތަކެވެ. ނަމަވެސް މި ދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، އިންތިހާއަށް މާލީ ހީނަރުކަން ކުރިމަތިވެ، އެކަމުގެ ތަކުލީފުތައް، އާންމު ރައްޔިތުން އުފުލަމުންދާ ދަނޑިވަޅެކެވެ. އެފަދަ އެއް ގައުމަކީ އަވަށްޓެރި އިސްލާމީ ގައުމެއް ކަމުގައިވާ ޕާކިސްތާންއެވެ.

ޕާކިސްތާނުގެ ބާޒާރު މަތީ ސަރަހައްދުގައި ކޮޅުކޮޅު މައްޗަށް ހޭލަމޭލަ ވަމުންދާ ކަސްޓަމަރުންނާ ވާހަކަދައްކާލުމުން، ކުރިއަށް އޮތް، ބަރަކާތްތެރި އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރިއެވެ. މި ދަނޑިވަޅަކީ ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ މައްޗަށް، ޕާކިސްތާނުގެ ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާ ދަނޑިވަޅެކެވެ.

ކަރާޗީގެ ބާޒާރު މައްޗަށް ބަލާއިރުވެސް އަޟްޙާ ޢީދަށް ނަޢަމް ސޫފީގެ ތެރެއިން ޖަނަވާރެއް ގަނެވޭތޯ މަސައްކަތް ކުރާ މީހުން ފެނެއެވެ. ކަސްޓަމަރުންގެ އަތުގައި ނަޞީބު ހިފަނީ މަދު ފަހަރަކު ކަމުގައިވެސް ދެންނެވިދާނެއެވެ.

ދިރޭ، ނަޢަމް ސޫފީގެ ޖަނަވާރު ވިއްކުމުގައި އުޅޭ ޢުމަރު ފާރޫޤު ބުނި ގޮތުގައި ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ސަބަބުން، ނަޢަމް ސޫފި ޖަނަވާރުގެ އަގު އަދި ވަކިން ބޮޑުވެއެވެ.

އިނދަޖެހެމުންދާ އިގުތިސާދު ހެޔޮ ފާލަކަށް އެޅުވުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީ ކަށަވަރު ކުރުމަށްޓަކައި، ޕާކިސްތާނުގެ ސަރުކާރުން ވަނީ ތެލަށް ދެމުންދިޔަ ސަބްސިޑީޒް ކަނޑާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެއި މަހުގެ މެދަކާ ހިސާބުން ފެށިގެން، ތެލުގެ އަގުތައް މިހާރު ވަނީ 90 ޕަސެންޓް ބޮޑުވެފައެވެ.

ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް އުޟްޙިޔާ ކަތިލުމަކީ ވާޖިބެކެވެ. ޙައްޖުމަހުގެ 10 ވަނަދުވަހު، ޢީދު ނަމާދު ނިމުނީއްސުރެ ޙައްޖުމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން އުޟްޙިޔާ ކަތިލެވިދާނެއެވެ.

އުޟްޙިޔާ ކަތިލަން ޤަސްތު ކުރާ މީހާ، ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު، މަޖުބޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ، އެކަންކަމުން ދުރުވެ، ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. އެގޮތުން، ގައިން އެއްވެސް އިސްތަށްޓެއް ވަކި ކުރުން، ގައިން ހަން ނެއްޓުން އަދި ނިޔަފަތި ކެނޑުމުން ދުރުވާންޖެހެއެވެ. އެހެންމީހެއްގެ ފަރާތުން އުޟްޙިޔާ ކަތިލާމީހާ، މިކަންތައްތަކުން ދުރުވެ ހުންނާކަށް ނުޖެހޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެހީ ދަތިވެ، ބައްޕައެއްގެ ސިކުނޑީގައި މާޔޫސްކަމާއި ނުތަނަވަސްކަން

އެހީ ދަތިވެ، ބައްޕައެއްގެ ސިކުނޑީގައި މާޔޫސްކަމާއި ނުތަނަވަސްކަން

05 ސެޕްޓެމްބަރު 2023
ވަކި ތެއްޔެއްގައި ކައްކާ، ސަރވްކޮށްގެން ނޫނީ ފުރިހަމަ ނުވާ ކޭމެއް!

ވަކި ތެއްޔެއްގައި ކައްކާ، ސަރވްކޮށްގެން ނޫނީ ފުރިހަމަ ނުވާ ކޭމެއް!

14 އޯގަސްޓު 2023
އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟

އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟

18 ޖޫން 2023
އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި، ޢީދުގެ އުފަލުން މަޙްރޫމްވެފައިވާ ޞާލިޙްގެ ހިތުގެ ޝަކުވާ!

11 ޖުލައި 2022
ސުޝާންތުގެ ހުވަފެނެއް އަންކިތާ ފުރިހަމަ ކޮށްދެނީ

ސުޝާންތުގެ ހުވަފެނެއް އަންކިތާ ފުރިހަމަ ކޮށްދެނީ

08 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު