Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑާކްރެއިން އެންޓަޓެއިންމެންޓް

އޮލިމްޕަސް ލިބުމުގައި ދަތިތަކެއް، ޑާކްރެއިންގެ ކަންބޮޑުވުން

އެންސީ އަކީ ނާގާބިލު މީހުން ތިބި ތަނެއް: ޕްރޮޑިއުސަރުން

އަލީ ސަމާޚް
އަލީ ސަމާޚް | 11 ޖެނުއަރީ 2020 | ހޮނިހިރު 08:08
އޮލިމްޕަސް

އޮލިމްޕަސް

އޮލިމްޕަހުގައި ދިވެހި ފިލްމުތައް އަޅުވަން ދަތިތަކެއް ދިމާވާ ކަމަށާއި، ހަރުދަނާ ޝެޑިއުލް އެއް ނެތުމަކީ އޭގެ ސަބަބުން ގޮންޖެހުން ތަކެއް ދިމާވާ ކަމެއް ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓައިންމެންޓް (ޑީއާރްއީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑާކްރެއިންގެ ކަންބޮޑުވުންތައް ޓްވިޓާގައި ހިއްސާކޮށް ކުރި ޓްވީޓެއްގައި ބުނީ، މާލޭގައި ފިލްމު އެޅުމަށް އޮންނަ ހަމައެކަނި އޮޕްޝަނަކީ އޮލިމްޕަސް ކަމަށްވާއިރު، އެޑްވާންސްކޮށް ފިލްމު ސްކްރީން ކުރަން ސްލޮޓްތައް ނުލިބުމުން ދަތިތަކާއި ދިމާވާ ކަމަށެވެ.

އަދި ހަމަ އެއާއިއެކު ބައެއް ޕްރޮޑިއުސަރުން ކުރީ ބައިގައި އޮލިމްޕަސް ބުކް ކުރުމަށް ފަހު ފިލްމު ނާޅުވާ ދޫކޮށްލުމުން ބޭކަރު ހަރަދަކަށް ވެފައި، އެހެން ޕްރޮޑިއުސަރުންނަށް ފިލްމު އަޅުވަން ފުރުސަތު ގެއްލޭ ކަމަށްވެސް ޑާކްރެއިނުން ބުންޏެވެ.

ޑާކްރެއިނުން މި އަހަރުގެ ފިލްމުތައް ދެއްކުމަށް ތައްޔާރީތައްވަމުން އަންނައިރު، އޮލިމްޕަހުން ފިލްމުތައް އަޅުވާ ތާވަލު އާއްމު ނުކުރުމަކީ ވަރަށް ދަތި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޑާކްރެއިނުން ވަނީ އެދިފައެވެ. އޮލިމްޕަސް ހޯދުމަށް ދަތިތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުންތައް ޑާކްރެއިނުން ހިއްސާކޮށްފައިވާއިރު، މި އަހަރު ނެރެން ހަމަޖެހިފައިވާ ފިލްމުތައް އަޅުވަން ތާރީހުތައް ނުލިބޭތީ ގިނަ ޕްރޮޑިއުސަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ބައެއް ޕްރޮޑިއުސަރުން ބުނާ ގޮތުން އޮލިމްޕަސް ބަލަހައްޓަމުންދަ ނެޝަނަލް ސެންޓަރފޯ ދި އާޓްސް ( އެންސީއޭ) ގައި ތިބީ ނާގާބިލު އަދި ހަރުދަނާ ބައެއް ނޫނެވެ. އަދި މިކަންތަކަށް އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ޕްރޮޑިއުސަރުން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2020

ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި

12 އެޕްރީލު 2020
ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި
01 މާރިޗު 2020

ދިވެހި މިއުޒީޝަނުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ދަނީ މަޝްވަރާކުރަމުން: މިނިސްޓަރ ޔުމްނާ

01 މާރިޗު 2020
ދިވެހި މިއުޒީޝަނުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ދަނީ މަޝްވަރާކުރަމުން: މިނިސްޓަރ ޔުމްނާ
25 ޑިސެމްބަރު 2019

ޑާކްރެއިންގެ ފިލްމަކުން ޖުމައްޔިލް އާއި މަޖޫ ފެންނާނެ ފަހު ފިލްމަކީ ނޮވެންބަރ: މޮގާ

25 ޑިސެމްބަރު 2019
ޑާކްރެއިންގެ ފިލްމަކުން ޖުމައްޔިލް އާއި މަޖޫ ފެންނާނެ ފަހު ފިލްމަކީ ނޮވެންބަރ: މޮގާ
24 ނޮވެމްބަރު 2019

ޑާކްރެއިންގެ "ވާށޭ މަށާ އެކީ" އަކީ ހަމަ ސީދާ ކޮޕީއެއް: ޔޫއްޕެ

24 ނޮވެމްބަރު 2019
ޑާކްރެއިންގެ "ވާށޭ މަށާ އެކީ" އަކީ ހަމަ ސީދާ ކޮޕީއެއް: ޔޫއްޕެ
23 އެޕްރީލު 2018

އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި

23 އެޕްރީލު 2018
އޮލިމްޕަސްގެ ޕްލޭބެކް ސިސްޓަމަށް އެރޯ އަރައިގެން ތިޔަލޯތްބާއި ދުރަށް ދެއްކުން މެދުކެނޑިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު