Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލްމާން މިސްކިތުގައި އަޑުގަދަ ކުރި މީހަކު ހައްޔަރ

އައިއެސްގެ ލޯގޯ ޖަހައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހަކު ހައްޔަރު ކޮށްފި

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2022 | ހުކުރު 11:10
އައިއެސް ލޯގޯ ޖަހައިގެން މެމްބަރަށް އެރި މީހާ ހައްޔަރު ކުރުން

އައިއެސް ލޯގޯ ޖަހައިގެން މެމްބަރަށް އެރި މީހާ ހައްޔަރު ކުރުން

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހައިގެން ސަލްމާން މިސްކިތުގެ މެމްބަރަށް އަރައި އަޑު ގަދަ ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނި ހުކުރު ވަގުތު ސަލްމާން މިސްކިތުގައި އަޑުގަދަ ކުރުމުގެ ސަބަބުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތު ލިބިފައިވަނީ މެންދުރު 12:24 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސަލްމާން މިސްކިތަށް ގޮސް އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯތަކުން ފެންނަ ގޮތުގައި އެ މީހާ މަސައްކަތް ކުރީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަމިއްލައަށް ޚުތުބާ ކިޔުމަށެވެ. އެވަގުތު އޭނާ ލައިގެން ހުރި ކުރުތާގެ ފަހަތުގަޔާއި ކުރިމަތީގައި އައިއެސްގެ ލޯގޯ ޖަހާފައިވާތަން ފެނެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެ މީހާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އޭނާ ވަނީ ނުކިޔަމަންތެރިކަން ދައްކާފައެވެ. އަދި މިސްކިތުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި

06 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި
05 ޖޫން 2017

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!

05 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!
04 ޖޫން 2017

ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

04 ޖޫން 2017
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން
04 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި

04 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު