Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދި އަދި މެދުފަންތީގެ ވިޔަފާރި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން ފާސްކޮށްފި

ވިޔަފާރިތައް ސްޓްމިއުލޭޓް ކުރުމަށް ބޭންކުތަކާއި މާލީ އިދާރާތަކުން ލޯނު ފޯރުކޮށްދީ، އެ ވިޔަފާރިތަކަށް މާލީ އެހެނިހެން ވަސީލަތްތަކަށް މަގުފަހިކޮށްދިނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖުލައި 2022 | ހުކުރު 02:58
ބާޒާރުމަތި ފިހާރައެއް - ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ލުއިގޮތްތަކެއް ފަހިކޮށްދޭން ވަނީ ފާސްކޮށްފައި

ބާޒާރުމަތި ފިހާރައެއް - ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ލުއިގޮތްތަކެއް ފަހިކޮށްދޭން ވަނީ ފާސްކޮށްފައި

ކޮވިޑް-19 އާއި ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ދަތި ދަނޑިވަޅުން ވިޔަފާރިތައް އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ކޮވިޑް-19 ގެ ބަލިމަޑުކަމުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރަޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހެޅި ޤަރާރު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުމުންނެވެ.

މި ރިޕޯޓް ފާސްކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި 68 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 53 މެންބަރުން ވަނީ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ގަރާރާއި ގުޅިގެ ކޮމިޓީގެ ރިޕޯޓްގައި މައިގަނޑު 5 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ.

ފުރަތަމަ ރެކޮމެންޑޭޝަނުގައި ބުނެފައިވަނީ މި ގަރާރުގައި ފާހަގަކޮށްފައިވާ ފަދައިން 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން މޮރަޓޯރިއަމް ހަމަޖައްސާދިފައިވާތީއާއި، މި ގަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ވަކި ހާލަތަކާ ގުޅިގެން ހުށަހަޅާފައިވާ ކަންތައްތަކެއްކަމާއި، އެ ހާލަތާ ގުޅިގެން ފިޔަވަޅުތަކެއް އަޅައި، އެކަންކަން ތަންފީޒުކުރެވިފައިވާ ކަމަށެވެ.

ދެވަނަ ރެކޮމަންޑޭޝަނެއްގެ ގޮތުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ މި ދަތި ދަނޑިވަޅުން ވިޔަފާރިތައް އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިމެވެ.

ތިންވަނަ ރެކޮމެންޑޭޝަނަކީ ވިޔަފާރިތައް ސްޓްމިއުލޭޓް ކުރުމަށް ބޭންކުތަކާއި މާލީ އިދާރާތަކުން ލޯނު ފޯރުކޮށްދީ، އެ ވިޔަފާރިތަކަށް މާލީ އެހެނިހެން ވަސީލަތްތަކަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. ހަތަރުވަނަ ރެކޮމެންޑޭޝަނަކީ ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ލޯނު އަނބުރާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކުގެ ލޯނުތަކަށް ފައިސާ ދެއްކުމަށް އިތުރު ލުއިތަކެއް ދެދެން އޮތްނަމަ، އެ ލުއިތަކެއް ދިނުމެވެ.

ފަހު ރެކޮމެންޑޭޝަނެއްގެ ގޮތުގައި ބުނެފައިވަނި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަންނީގޮތުން ތަރައްގީކުރުމަށް ސިޔާސަތުތައް ބައްޓަންކުރުމަށް ކަމާއިގުޅުންހުރި އިދާރާތަކުގައި ދެންނެވުމަށް ފެންނަ ކަމަށް ބުނެފައިވެއެވެ. 

ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު މާޗް މަހު 6 މަހުގެ މޮރަޓޯރިއަމްއެއް އެމްއެމްއޭގެ އިސްނެގުމުގެ މަތިން ބޭންކުތަކާއި މާލީ އިދާރާތަކަށް ފޯރުކޮށްދީފައިވެއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު މޮރޮޓޯރިއަމް ހަމަޖައްސައިދޭ ލޯނުތަކަށް، ބޭންކުތަކުގެ ގަވާއިދުގެ ދަށުން ހަދަންޖެހޭ 20 އިންސައްތަ ލޯނު ލޮސް ޕްރޮވިޝަން 3 އިންސައްތައަށް ދަށްކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ހުރިހާ ބޭންކުތަކުން ވެސް ގިނަ ފަރާތްތަކަކަށް މޮރަޓޯރިއަމް ހަމަޖައްސައިދީ ގިނަ ލޯނުތަކެއް ރީޝެޑިއުލްކޮށްދީފައިވެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ގަރާރުގައި ގޮވާލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ވިޔަފާރީގެ އެކިއެކި ބޭނުމަށް ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނުތައް ދެއްކޭނެ ގޮތެއް ނެތި، ވިޔަފާރިތައް ބަގުރޫޓުވެގެން ދިއުމުގެ އިހްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށާއި، އެފަދަ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ލޯނުތައް ދެއްކުމުގައި މޮރަޓޯރިއަމް ހަމަޖައްސައިދިނުމަށް ސަރުކާރަށާއި، އެމްއެމްއޭއަށް ގޮވާލުން ހިމެނެއެވެ.

އަދި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ވިޔަފާރިތަކަކުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކަށް މޮރަޓޯރިއަމް ހަމަޖައްސައިދިނުމާއި، މޮރަޓޯރިއަމް ދިނުމުގައި ލޯނު ނުވަތަ ކްރެޑީޓް ފެސިލިޓީއަށް ބަރާބަރަށް ފައިސާ ދައްކާފައިވުން އެއީ ޝަރުތެއްގެ ގޮތުގައި ކަނޑަނޭޅުމުގެ އިތުރުން މޮރަޓޯރިއަމްގެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓްރަސްޓެއް، ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާގެ ތެރެއަށް އިތުރުނުވެ އެއްކޮށް މާފުވާނެގޮތެއް ހަމަޖައްސައިދިނުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު