Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލީމްއާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުން

މެމްބަރު ސަލީމް ބަދުނާމުކުރުމަށް ހިންގި އަމަލަކީ ހަސަދަވެރި ބަޔަކު ގަސްދުގައި ކުރި ފިނޑިކަމެއް: އެމްޑީޕީ ހޯރަފުށީ ދާއިރާ

މިއީ މެމްބަރު ސަލީމުގެ އަގުވައްޓާލުމަށް ކުރި ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2022 | ބުރާސްފަތި 12:56
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބަދުނާމުކުރުމަށް ހިންގި އަމަލަކީ ހަސަދަވެރި ބަޔަކު ގަސްދުގައި ކުރި ފިނޑިކަމެއްކަމަށް އެމްޑީޕީ ހޯރަފުށީ ދާއިރާއިން ބުނެފިއެވެ.

އެ ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާ ތަމްސީލުކުރައްވާ އިއްޒަތްތެރި މެމްބަރު އަހުމަދު ސަލީމުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމު އަޅުވައި، ދިޔަރެސް ނޫހުގައާއި އެ ނޫހާ ގުޅިފައިވާ މީސްމީޑިއާގެ މަންސަތަކުގައި ފަތުރަމުންދާ، އަސްލެއް/ހެތްކެއް ނެތް ފިތުނަވެރި ވާހަކަތައް، އެމްޑީޕީ ހޯރަފުށީ ދާއިރާގެ ހިންގާ ކޮމެޓީއާއި ދާއިރާގެ އެންމެހައި މެމްބަރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި އަމަލަކީ ތިލަދުންމަތީ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ އިއްޒަތްތެރި މެމްބަރު ސަލީމުގެ އަގުވައްޓާލުމަށާއި އެ މަނިކުފާނު ގަދަރު ކުޑަކުރުމަށްޓަކައި ހަސަދަވެރި ބަޔަކު ގަސްދުގައި ކުރި ފިނޑިކަމެއްކަމަށާއި، ނަމާއި އަބުރުގެ ރައްކާތެރިކަމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ނައްސުތަކުން އިންސާނުންނަށް ލިއްބައިދޭ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މުތުލަގު ހައްގެއްކަމަށްވީހިނދު، އިސްލާމީ ޝަރީއަތާއި އިންސާނީ ހައްގުތަކާ ޚިލާފަށް ބުހުތާނުދޮގު ފަތުރަމުންދާ ފަރާތްތައް މާތް ﷲށް ބިރުވެތިވުމަށް ނަސޭހަތްތެރިވާކަމަށެވެ.

މިފަދަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށާއި، އަބުރު ކަތިލުމުގެ މުޑުދާރު އަމަލުގެ ސަބަބުން ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ސަލީމަށް ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ތާއީދު ކުޑަކޮށްވެސް ފަނޑުނުވާނެކަމަށް މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީ ހޯރަފުށީ ދާއިރާއިން ނޫސްބަޔާނެއް ނެރެފައިވާއިރު، މެމްބަރު ސަލީމާގުޅޭގޮތުން ދޮގު ޚަބަރު ފަތުރަނީ އެ ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާއާމެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައިކަމަށް ބުނެ، އެ މައުލޫމާތު އާއްމުކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ގޮވާލާފައެވެ. މީގެއިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބަދުނާމުކުރުމަށް ހިންގަނީ ފިނޑި އަމަލުތަކެއްކަމަށާއި، އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަމަށް އެ ރަށުގެ ކްލަބުތަކުންވެސް ވަނީ ބުނެފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން، އެ ދާއިރާއާއި ހއ އަތޮޅުގެ ރައްޔިތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ސަލީމަކީ އިތުބާރުހިފޭ ބޭފުޅެއްކަމަށާއި، އޭނާއާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ކައުންސިލްތަކުންވެސް ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު