Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެތްކާބެހޭ ބިލު

އިސްލާހުކޮށްގެން ނަމަވެސް، "މަސްދަރު ހާމަކުރުން" ބިލުގައި ހިމެނުން މުހިންމުކަމަށް އެމްޖޭއޭއާއި މީޑިއާ ކައުންސިލުން އެއްބަސްވި - އިންތި

30 ޖޫން 2022 | ބުރާސްފަތި 11:49

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި މީޑިއާ ކައުންސިލާ ކޮމިޓީން ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2022 | ބުރާސްފަތި 11:49
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ

ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ހެތްކާބެހޭ ބިލުގައި ހިމަނާފައިވާ މާއްދާ އިސްލާހުކޮށްގެންނަމަވެސް ހިމެނުން މުހިންމުކަމަށް، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން އެއްބަސްވިކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެވެ.

ހެތްކާބެހޭ ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އިމްތިޔާޒު ވިދާޅުވީ، ކޮމިޓީން މި ބިލު ދިރާސާކުރިއިރު ގުޅުންހުރި އިދާރާތަކުގެ ޚިޔާލު ހޯދުމަށް ނިންމިކަމަށެވެ. އަދި އެގޮތުގެމަތިން އެފަރާތްތަކުގެ ޚިޔާލުވެސް ހޯދާފައިވާނެކަމަށާއި، އޭގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، ދިވެހި ފުލުހުންގެ ޚިދުމަތް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންޓިކޮރަޕްޝަން ކޮމިޝަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ދިވެހިރާއްޖޭގެ ބާރ ކައުންސިލް އަދި އާންމުކޮށްވެސް މި ބިލަށް ކޮމެންޓް ހުށަހެޅުއްވުމަށްޓަކައި އާންމުންނަށްވެސް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ލިބުނު ބައެއް ކޮމެންޓްތައްވެސް ވާނެކަމަށާއި، އެކަންތަކަށްވެސް ކޮމިޓީން ރިއާޔަތްކޮށްފައިވާނެކަމަށެވެ.

Advertisement - newsAdvertisement

އިމްތިޔާޒު ވިދާޅުވީ، ހެތްކާބެހޭ ބިލުގައި ހިމަނާފައިވާ "ނޫސްވެރިންގެ މަސްދަރު ހާމަކުރުމުގެ" މާއްދާއާގުޅޭގޮތުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުން މީގެ ކުރިންވެސް ލިބިފައިވާތީ، ކޮމިޓީން މިކަންކަމަށް ވަރަށްބޮޑަށް ރިއާޔަތްކޮށްފައިވާނެކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން މީޑިއާގެ ވަރަށް ގިނަ ފަރާތްތަކާ ބައްދަލުކުރުމަށް ނިންމައި، އެގޮތުން ބައްދަލުކޮށްފައިވާނެކަމަށެވެ. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި މީޑިއާ ކައުންސިލާއި ކޮމިޓީން ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައިވާނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ކޮމިޓީން ދައުވަތު ދީގެން އިތުރު ބައްދަލުވުންތަކެއް ކޮމިޓީގައި ބައްދަލުވިކަމަށާއި، އޭގެތެރޭގައި ގާތްގަނޑަކަށް 22 ފަރާތަކާ ބައްދަލުކުރިކަމަށެވެ. މި ބަައްދަލުވުމުގައި، ވަކިން ޚާއްސަކޮށް ނޫސްވެރިންނާ ބައްދަލުވުމުގެ އިތުރުން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވި ބައްދަލުވުމުގައި، ވަކިން ޚާއްސަކޮށް ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން މި ބިލުގައި ހިމަނާފައިވާ މައްދާއާ ގުޅިގެން އެފަރާތްތަކާ ވަކިން ސުވާލުކޮށް، އެފަރާތްތަކުގެ ޚިޔާލު ހުރި ގޮތެއް ސާފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ މާއްދާ އިސްލާހުކޮށްގެންނަމަވެސް އެ މާއްދާ މި ބިލުގައި ހިމެނުން މުހިންމުކަމަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުންވެސް ޚިޔާލު ދެއްވާފައިވާކަމަށް މެންބަރު އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ ނޫސްވެރިންގެ މަސްދަރު ހާމަކުރުމުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާ ވަކިން އެ ސުވާލު ދެންނެވުމުން އެބޭފުޅުންވެސް އެ މާއްދާ ބޭއްވުމަށް ޚިޔާލުދެއްވާފައިވަނީ އިސްލާހުކޮށްގެން ނަމަވެސް އެ މާއްދާ ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށްކަމަށެވެ.

އަދި މި ބިލު ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އަދި ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކާއެކު 26 ޖޫން 2022ގައި ބޭއްވި އެ ކޮމިޓީގެ މިއަހަރުގެ 34 ވަނަ ބައްދަލުވުމުގައި ބިލު ފާސްކޮށްފައިވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންކަމަށް މެންބަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

01 ޖޫން 2017

ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް

01 ޖޫން 2017
ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް
12 މެއި 2017

ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

12 މެއި 2017
ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް
05 މެއި 2017

ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

05 މެއި 2017
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
29 އެޕްރީލު 2017

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
02 އެޕްރީލު 2017

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް