Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލީމާގުޅޭގޮތުން ދޮގު ޚަބަރު ފެތުރުން

ދޮގު ޚަބަރު ފަތުރަނީ ދާއިރާގެ ރައްޔިތުންގެމެދުގައި ސަލީމް އާއިމެދު ނަފްރަތު އުފައްދަން: ހޯރަފުށީ އަންހެނުންގެ ކޮމިޓީ

މި ޚަބަރުތައް ފަތުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ އަންހެންނުގެ ކޮޮމިޓީން ވަނީ އެދިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 15:40
އަހުމަދު ސަލީމް- ހޯރަފުށީ ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް- ހޯރަފުށީ ދާއިރާގެ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާގުޅޭގޮތުން ދޮގު ޚަބަރު ފަތުރަނީ އެ ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާއާމެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައިކަމަށް ބުނެ، އެ މައުލޫމާތު އާއްމުކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދިއްޖެއެވެ.

އެ ކޮމިޓީގެ 4 މެމްބަރުން ސޮއިކޮށް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، މެމްބަރު ސަލީމަށް ރައްދުވާގޮތަށް، އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ އަމަލެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ބައެއް ނޫސްތަކުގައި ގެނެސްފައިވާ ޚަބަރަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ވާހަކަތަކެއްކަމަށް އެ ކޮމިޓީން ގަބޫލުކުރާކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ތުހުމަތުތަކެއް ސަލީމާމެދު ކުރުމަކީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ޚަބަރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކަމަށާއި، މި މައްސަލަ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތަހުގީގުކޮށް، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޮމިޓީން ވަނީ ގޮވާލާފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން، އެ ދާއިރާއާއި ހއ. އަތޮޅުގެ ރައްޔިތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ސަލީމަކީ އިތުބާރުހިފޭ ބޭފުޅެއްކަމަށާއި، އޭނާއާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ކައުންސިލްތަކުންވެސް ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު