Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ސަލީމްއާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުން

މެމްބަރު ސަލީމާ ގުޅުވައިގެން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް، ފިޔަވަޅު އަޅަންޖެހޭ: ހއ. އަތޮޅު ކައުންސިލްގެ ރައީސް

ސަލީމްއާ ގުޅޭގޮތުން ފަތުރާ ދޮގު ޚަބަރުތައް ރަށު ކައުންސިލްތަކުންވެސް ވަނީ ކުށްވެރިކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 13:43
މެމްބަރު ސަލީމް

މެމްބަރު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާ ގުޅޭގޮތުން ދޮގު ޚަބަރުތައް ފަތުރާތީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މޫސާ ޝަފީގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެމްބަރު ސަލީމަކީ ހޯރަފުށީ ދާއިރާގެ އެންމެހާ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ މެމްބަރެއްކަމަށާއި، އޭނާއާ ބެހޭގޮތުން "ދިޔަރެސް" ނޫހުން ގެނެސްދިން ދޮގު ޚަބަރު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.

މިއީ ހއ. އަތޮޅުގެ އާރުކާޓީންގެ ޚިދުމަތް މަޑު ދުވެއްޔަށް ގެންދިއުމަށް، ފިތުނަ ފަސާދަ އުފެދޭގޮތަށް ގެނެސްފައިވާ، އަސާސެއް ނެތް، ސާބިތު ނުހިފޭ ޚަބަރެއް ކަމަށާއި، އެފަދަ ޚަބަރެއް ދިޔަރެސް ނޫހުން ގެނެސްދިނުމަކީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުން ކަންބޮޑުވާކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހަގީގަތެއް ނެތް ދޮގު ޚަބަރު ފަތުރާ ނޫސްތަކާމެދު ގާނޫނީގޮތުން އެޅެން ހުރި ފިޔަވަޅު އެޅުމަށް، އަތޮޅުގެ ރައްޔިތުންގެ ހައްގުގައި، ފުލުހުންނަށާއި މީޑިއާ ކައުންސިލަށް ގޮވާލައްވާ ކަމަށްވެސް މޫސާ ޝަފީގުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސަލީމްއާ ގުޅޭގޮތުން ފަތުރާ ދޮގު ޚަބަރުތައް ހއ. އަތޮޅު ކައުންސިލްގެ ރައީސް ކުށްވެރިކުރައްވާފައިވާއިރު، އެ އަތޮޅުގެ ރަށު ކައުންސިލްތަކުން ވެސް ވަނީ މި ޚަބަރުތައް ކުށްވެރިކޮށްފައެވެ. އެގޮތުން ހޯރަފުށީ ކައުންސިލާއި ތުރާކުނު ކައުންސިލުންވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ތުރާކުނު ކައުންސިލުގެ 5 މެމްބަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ރައްދުވާގޮތަށް ރާއްޖޭގެ ބައެއް ނޫސްމަޖައްލާތަކުން ފަތުރަމުންދަނީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެ ކައުންސިލުން ދެކޭކަމަށެވެ.

އެފަދަ ބޮޑެތި އިލްޒާމުތައް، އެއްވެސް ހެތްކެއް ގަރީނާއެއް ނެތި އެ ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އެޅުވުމަކީ ތުރާކުނު ކައުންސިލާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، އެ ޚަބަރަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ޚިލާފަށް ހިންގާފައިވާ، މުޖުތަމައު ފަސާދަ ކުރުމުގެ އަމަލެއްކަމަށް ކައުންސިލުން ދެކޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމާއެކު އެގޮތަށް އެކަން ނުކުރުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު