Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމުން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރުން

ރައީސްގެ ގަރާރާއި ދެކޮޅަށް ޕީޕީއެމުން ހުށަހެޅި މައްސަލަ ވަކީލު ހާޒިރުނުވުމުން ކޯޓުން ބޭރު ކޮށްލައިފި

29 ޖޫން 2022 | ބުދަ 02:15

އެ މައްސަލަ ބޭރުކޮށްލާފައިވަނީ ޕީޕީއެމްގެ ވަކީލު ކޯޓަށް ހާޒިރު ނުވުމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖޫން 2022 | ބުދަ 02:15
އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ނެރުއްވި ގަރާރާ ދެކޮޅަށް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ ކޯޓުން އަންގާރަ ދުވަހު ބުނީ މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ބާއްވާފައިވަނީ 27 ޖޫން ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. ނަމަވެސް ދައުވާ ކުރާ ޕީޕީއެމް ތަމްސީލުކުރަން އައްޔަންކޮށްފައިވާ ދަ ލީގަލް ޗެމްބަރގެ ފަރާތުން ވަކީލު ކޯޓަށް ހާޒިރު ނުވާތީ މައްސަލަ ބޭރު ކުރީ ކަމަށެވެ.

ސިވިލް ކޯޓުން ބުނީ ދަ ލީގަލް ޗެމްބަރގެ ފަރާތުން މުއާމަލާތް ކުރަން ހަމަޖައްސާފައިވާ ވަކީލު ދީފައިވާ އީމެއިލް އެޑްރެހަށް ކޯޓުގެ އަމުރު ފޮނުވި ކަމަށާއި އަމުރާ އެއްގޮތަށް ހާޒިރުނުވުމުން ވަކީލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. އެހެންވެ، ހާޒިރު ނުވީ މަޤުބޫލު އުޒުރެއް އޮވެގެންކަން ދައުވާ ކުރާ ފަރާތުން އަންގާފައި ނުވާނަމަ މައްސަލަ ބާތިލު ކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން އެދިފައިވާ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މަޤުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވާނަމަ ދައުވާ ބޭރުކޮށްލެވޭނެއެވެ.

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާކަން ބަޔާން ކުރައްވައި، ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ޤަރާރެއް ނެރުއްވީ 21 އޭޕްރީލް 2022 ގައެވެ.

ޕީޕީއެމުން އެ ޤަރާރާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެއީ ޣައިރު ޤާނޫނީ އަމުރެއް ކަމަށާއި ރައީސް އެ ޤަރާރު ނެރުއްވީ ބާރުތަކާއި މަސްއޫލިއްޔަތުގެ އިމުގެ ބޭރުން ކަމަށެވެ. އަދި މިއީ އަސާސީ ހައްޤު ހަނި ކުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ސިވިލް ކޯޓުޕީޕީއެމް

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި

20 ޑިސެމްބަރު 2025
ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި
16 ޑިސެމްބަރު 2025

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
30 އޮކްޓޯބަރު 2025

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް