Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޯން ޑީޕޯޓްކޮށްލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ކަމަށް ބުނެ ޖޯން 10 އަހަރަށް ޑީޕޯޓްކޮށްލައިފި

ޖޯން ޑީޕޯޓްކޮށްގައިވަނީ 10 އަހަރަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 13 ޖޫން 2017 | އަންގާރަ 07:26
ޖޯން ސޭފަޓް ޑީޕޯޓްކޮށްލައިފި

ޖޯން ސޭފަޓް ޑީޕޯޓްކޮށްލައިފި

ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދަނިކޮށް ހައްޔަރުކޮށްފައިވާ ޖޯން ސޭފަޓް ޑީޕޯޓްކޮށްލައިފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން ހަލީލު ވިދާޅުވީ، ޗާލްސް ޖޯން ސޭފަޓް ޑީޕޯޓްކޮށްލާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ޑީޕޯޓްކޮށްލާފައިވަނީ 10 އަހަރަށް ކަމަށް ހަލީލު ވިދާޅުވި އެވެ. ހަލީލު ވިދާޅުވީ، މިއީ އާއްމުކޮށް މިފަދަ މައްސަލަތަކުގައި ރާއްޖެއިން ޑީޕޯޓުކުރާ މުއްދަތު ކަމަށެވެ.

އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖޯން ޑީޕޯޓްކޮށްލާފައިވާ އިރު ޖޯންއާގެ މައްސަލަތަކެއް ރާއްޖޭގެ ކޯޓުތަކުން ވަނީ ބަލާފަ އެވެ. އެގޮތުން، ވަކީލު ޗަމްބާސް އެލް އެލް ޕީގެ ނަމުގައި ހިންގާ ލޯފާމަކަށް 2،500 އަށް ވުރެ ގިނަ ޑޮލަރު ދެއްކުމަށް ޖޯންގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހު ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުން ބެލި އެހެން މައްސަލައެއްގައި 42،000 ޑޮލަރު ޖޯން އަށް ދެއްކުމަށް އޭނާ އާއި އެކު ވިޔަފާރީގައި އުޅުނު ވ. ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދުގެ މައްޗަށް ހުކުމްކޮށްފައި ވެއެވެ. އަދި މި މައްސަލައިގައި ފައިސާ ލިބިފައިނުވުމާ އެކު ޖޯންގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ވަނީ އެ މައްސަލަ ބާތިލްކޮށް އެ އަދަދަށްވުރެ މަދު އަދަދެއް ޖޯން އަށް ދިނުމަށް ހައިކޯޓުން ހުކުމްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޖޯން ދިވެހި ބަޔަކާއި އެކު ގެސްޓް ހައުސް ވިޔަފާރިއެއް ފެށި ނަމަވެސް އެކަމުގައި ބައިވެރި މީހުން ޖޯން އަތުން ފައިސާ އަތުލައި، ޕާސްޕޯޓް ވަގަށް ނަގާފައިވާ ކަމަށް ޖޯންގެ ވަކީލުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ޖޯން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 16 ގަ އެވެ. އިމިގްރޭޝަނުން އޭނާ ހައްޔަރުކޮށްފައި ވަނީ ވިސާނެތި ރާއްޖޭގައި ދިރިއުޅެމުންދާތީ ކަމަށް ބުނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު