Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަނޑުތަކާ ބެހޭ އދގެ ކޮންފަރެންސް

ސްކްރީނުން ބޭރުގައިވެސް "އަކުއާމޭން" ހުރީ ކަނޑުތަކުގެ ދިފާއަށް ތެދުވެ!

މަމޮއާ ވަނީ، ކަނޑުގެ ދިރުން ހެޔޮ ފާލަކާށް ނޭޅި، ދުނިޔެ މި އޮތް ގޮތުގައި ދެމި ނޯވެދާނެ ކަމުގެ އިންޒާރު ދީފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ޖޫން 2022 | އަންގާރަ 04:28
ސުޕާހީރޯ ބްލޮކްބަސްޓަރ "އަކުއާމޭން" ނުވަތަ ހޮލީވުޑްގެ ކުޅަދާނަ ބަތޮލް، ޖޭސަން މަމޮއާ

ސުޕާހީރޯ ބްލޮކްބަސްޓަރ "އަކުއާމޭން" ނުވަތަ ހޮލީވުޑްގެ ކުޅަދާނަ ބަތޮލް، ޖޭސަން މަމޮއާ

ސުޕާހީރޯ ބްލޮކްބަސްޓަރ "އަކުއާމޭން" ނުވަތަ ހޮލީވުޑްގެ ކުޅަދާނަ ބަތޮލް، ޖޭސަން މަމޮއާގެ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. ފިލްމުގައި ކަނޑުތަކުގެ ހިމާޔަތަށް ތެދުވި "އަކުއާމޭން" މިއަދު ޖޭސަން މަމޮއާގެގޮތުގައިވެސް ތެދުވެ ހުރީ ކަނޑުތަކުގެ ހިމާޔަތުގައެވެ. މި ދަނޑިވަޅަކީ، ތަފާތު އެކި ސަބަބުތަކާ ހެދި، ދުނިޔޭގެ ކަނޑުގެ ދިރުންތަކަށް އިންތިހާ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. 

ޕޯޗުގަލްގައި ހޯމަ ދުވަހު ފެށި ދުނިޔޭގެ ކަނޑުތަކާ ބެހޭ އދގެ ކޮންފަރެންސްއާ ދިމާކޮށް، ލިޒްބަންގެ ގޮނޑު ދޮށުގައި ހުރެ ވާހަކަ ދައްކަމުން ޖޭސަން މަމޮއާ ވަނީ، ކަނޑުގެ ދިރުން ހެޔޮ ފާލަކާށް ނޭޅި، ދުނިޔެ މި އޮތް ގޮތުގައި ދެމި ނޯވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

7000 އެއްހާ ބައިވެރިންނާއެކު ޕޯޗުގަލްގައި ކުރިއަށް ގެންދާ ކަނޑުތަކާ ބެހޭ އދގެ ކޮންފަރެންސްއަކީ، 2020 ވަނަ އަހަރު ކުރިއަށް ގެންދަން ތާވަލު ކުރި ބައްދަލުވުމެކެވެ. އަދާ ހިސާބަށް އެ ބައްދަލުވުން ލަސް ކުރަން ޖެހުނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެންނެވެ. 

ތިމާވެއްޓާ އދގެ މަޝްރޫއުގެ "ލައިފް ބިލޯ ވޯޓާ"ގެ ދިފާއުގައި ވާހަކަ ދައްކަން އަމާޒު ހިފާފައިވާ ބަތޮލް މަމޮއާއަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާން އެކްޓިވިސްޓުންނެއްގެ ތައުރީފާއި ތަރުހީބު ލިބެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ މަމޮއާއާއެކު ލިޒްބަންގެ ގޮނޑުދޮށުގައި ކުރިއަށްދިޔަ އިވެންޓްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މޫސުމީ ނެދެވޭ ބަދަލުތަކާ ކުރިމަތިލާ، ކަނޑުތައް ހިމާޔަތްކޮށް، ގުދުރަތީ ދިރުންތައް ރައްކާތެރި ކުރުމަށްޓަކާ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން ނުދާތީ، އަދުގެ ޖީލުގެ ނަމުގައި ގުޓެރޭޒްވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ.

މިއަދުވެސް ހަރަކާތްތައް ކުރިއަސް ދަނީ ލަސް ދުވެއްޔެއްގައި ކަމަށާ، ކުރިއަށް ދަނީ ނުބައި މިސްރާބަކުން ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. 

ކަނޑުތަކަކީ ދުނިޔޭގެ ސަތަހައިގެ 70 ޕަސެންޓް ކަމަށް ވާ އިރު، ދުނިޔެއަށް ބޭނުންވާ އޮކްސިޖަން ސަޕްލައިގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައި އުފައްދަނީ ކަނޑުތަކުންނެވެ. އަދި ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަންޑައިއޮކްސައިޑް ނުވަތަ ސީއޯޓޫގެ 25 ޕަސެންޓް ހިންދާލަނީވެސް އެ ކަނޑުތަކަށެވެ. ނަމަވެސް މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ދުނިޔޭގެ ފިނިހޫނުމިން އިތުރުވެ، ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ.

ކަނޑުތަކުގެ ދިރުންތަކަކީ އެތައް ބައެއްގެ ދިރިއުޅުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ނިއުމަތަކާ ގުޅިފައި ވާ ދިރުންތަކެކެވެ. ނަމަވެސް އެ ކަނޑުތަކަށް މިއަދު ކުރިމަތިވެފައިވާ ޕްލާސްޓިކްގެ ތަޣައްޔަރު ކަމަކީ ދިރުންތަކުގައި ވިހެލާ، މަރުގެ އެތިފަހަރަކަށް އޮތީ ވެފައެވެ. އަހަރެއްގެ މައްޗަށް ބަލާއިރު 11 މެޓްރިކް ޓަނުގެ ޕްލާސްޓިކް ކަނޑަށް ފައިބައިގެން ދެއެވެ. ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް އުފައްދާ މިންވަރާއި ބޭނުން ކުރާ މިންވަރު މަދު ނުކުރާ ކަމުގައި ވަނީ ނަމަ، 2040 ވަނަ އަހަރު އަންނަ އިރު، މި އަދަދު 3 ގުނަ އިތުރު ވާނެ ކަމަށް ސައެންސްގެ ދިރާސާތަކުން ދައްކައެވެ.

އަކުއާމޭން ޖޭސަން މަމޮއާއެންޓޯނިއޯ ގުޓަރޭޒް އ.ދ. ގެ އޯޝަންސް ކޮންފަރެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް

އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް

01 މެއި 2024
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި

ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި

07 ޑިސެމްބަރު 2023
ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

01 ނޮވެމްބަރު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު