Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ވޮލީބޯޅަ ލީގު

ބަލިވި ނަމަވެސް މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ: ފައްލޯ

މީގެ ކުރިން ހެދުނު ގޯސްތައް ރަނގަޅު ކުރެވެމުން އަންނަކަމަށާއި، ސިޓީގެ މެޗުގައި ހެދުނު ގޯސްތައް ވެސް ރަނގަޅު ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 04:18
ޕޮލިސްގެ ކޯޗު ފައްލޯ

ޕޮލިސްގެ ކޯޗު ފައްލޯ

ޤައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވި ނަމަވެސް މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޕޮލިސް ވަނީ ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މެޗުގައި ޕޮލިސް ޓީމަށް ސެޓުތައް ގެއްލިފައިވަނީ އެ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.

މެޗަށްފަހު ފައްލޯ ބުނީ ޖުމުލަކޮށް މެޗު ދިޔަ ގޮތް ވަރަށް ރަނގަޅުކަމަށެވެ. އޭގެ މާނައަކީ މީގެ ކުރިން އެ ޓީމުން ރަނގަޅުކޮށްފައި ހުރި ކަންކަން، އެ މެޗުގައި ރަނގަޅަށް ޕާފޯމްކުރެވުން ކަމަށް ފައްލޯ ބުންޏެވެ. ފައްލޯ ބުނީ މެޗުގައި ސިޓީ ޓީމުގެ މޯޓިވޭޝަން ތަންކޮޅެއް ހައިކަމަށެވެ. ސަބަބަކީ އެ ޓީމަކީ ދާދި ފަހުން ނިމުނު އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަނުންނަށްވުން ކަމަށް ވެސް ފައްލޯ ބުންޏެވެ.

މީގެ އިތުރުން ފައްލޯ ބުނީ މީގެ ކުރިން ހެދުނު ގޯސްތައް ރަނގަޅު ކުރެވެމުން އަންނަކަމަށާއި، ސިޓީގެ މެޗުގައި ހެދުނު ގޯސްތައް ވެސް ރަނގަޅު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ފައްލޯ ބުނީ ޕޮލިސް ޓީމުގައި އޮތީ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ. ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ދައްކާ ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށް ފައްލޯ ބުންޏެވެ. އެސޯސިއޭޝަން ކަޕްގައި ވެސް ޕޮލިސް ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ޓީމުގައި ހިމެނޭ މާއިޝް އަހުމަދާއި ހައިލަމް ހަސަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސިޓީ އަތުން ބަލިވި މެޗުގައި ވެސް މި ދެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިޔު ވެސް މުބާާރާތުގައި ކުޅެއެވެ.

ޤައުމީ ވޮލީ ލީގުޕޮލިސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

26 ޑިސެމްބަރު 2023
ޕޮލިސް ބަލިކޮށް ގުރޫޕުގެ އެއްވަނަ އާބަންކޯ އަށް

ޕޮލިސް ބަލިކޮށް ގުރޫޕުގެ އެއްވަނަ އާބަންކޯ އަށް

10 މެއި 2023
ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް

ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް

06 ޖުލައި 2022

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު