Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކަސްޓަމްސް ތަފާސްހިސާބު

މެއި މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 700 މިލިއަން ރުފިޔާއިން މައްޗަށް

27 ޖޫން 2022 | ހޯމަ 02:11

މެއި މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ 300 މިލިއަން ރުފިޔާއަށް އަރާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ޖޫން 2022 | ހޯމަ 02:11
މާލެ ވިޔަފާރި ބަނދަރު

މާލެ ވިޔަފާރި ބަނދަރު

ނިމިދިޔަ މެއި މަހު 719 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ވަނީ މެއި މަހު ރާއްޖެއަށް އެތެރެކުރި މުދަލާއި، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލާއި، ދައުލަތަށް ލިބުނު އާމްދަނީގެ ތަފާސްހިސާބު ހާމަކޮށްފައެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި މެއި މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު 2021 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއިން 515 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި އަދަދުވަނީ 719 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2021 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 52 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިއާއެކު މިއަހަރުގެ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 26 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިއަހަރުގެ މި މުއްދަތުގައި 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާއިރު، މިދިޔަ އަހަރު މެއި މަހު ލިބުނީ 239 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޯރ އެވެ. އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫ.އޭ.އީ އިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 387 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް