Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ރައްޔިތުންނަށް ދޭ 3000 ގޯތި

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމުމަކީ ސަރުކާރުން ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއް: ފަލާހު

26 ޖޫން 2022 | އާދީއްތަ 13:31

ރިޔާސީ ދައުރު ނިމޭއިރު، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖޫން 2022 | އާދީއްތަ 13:31
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމުމަކީ ސަރުކާރުން ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއްކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

މި ސްކީމްތައް ލޯންޗުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގައި ޖަޒީރާގެ ގޮތުން އެންމެ ބޮޑު ގައުމަށް ވިޔަސް ބިމުގެ ގޮތުން ރާއްޖެއަކީ ވަރަށް ފަގީރު ގައުމެއްކަމަށެވެ.

Advertisement - newsAdvertisement

ޒަމާނުއްސުރެން އޮންނަ ސަގާފަތަކީ، ބަންޑާރައިން ދޭ ގޯތީގައި އާއިލާ ބިނާކުރުން ކަމަށާއި، މާލެ ފުރި ތޮއްޖެހިދާނެކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާކަމަށެވެ.

މިހާރު މީހުން ދިރިއުޅެމުންދާ ހާލަތަށް ބަލާއިރު، ބޮޑެތި ގެތައް ބައިބައިކޮށްފައި ހުންނަނީ 300 އަކަފޫޓަށާއި 200 އަކަފޫޓަށްކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތައް ނުކުންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި އިތުރަށް މީހުން ދިރިއުޅޭކަމުގައިވާނަމަ ކައިރި ފަޅުތައް ހިއްކައިގެން ނޫނީ ނޫޅެވޭނެކަމަށް ފަލާހު ވިދާޅުވިއެވެ. މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމާއެކު ކުރިއަތް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ބިން ލިބޭނެ ކަމުގެ އުންމީދު އައުވެގެން ހިނގައްޖެކަމަށް ފަލާހު ވިދާޅުވިއެވެ.

ރިޔާސީ ދައުރު ނިމޭއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފަލާހު ވިދާޅުވިއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
18 ސެޕްޓެމްބަރު 2023

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެމްބަރު 2023
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
14 ސެޕްޓެމްބަރު 2023

ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ

14 ސެޕްޓެމްބަރު 2023
ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް