Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ރައްޔިތުންނަށް ދޭ 3000 ގޯތި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން 3000 ގޯއްޗަށްވުރެ އިތުރަށްވެސް ދޫކުރެވޭނެ: މިނިސްޓަރ އަސްލަމް

3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 13:14
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލައިޒްކުރާއިރު އެއަށްވުރެވެސް އިތުރަށް ގޯތި ދޫކުރެވިގެންދާނެކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި ސްކީމްތައް ލޯންޗުކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުން ކަމަށެވެ. 149 ހެކްޓަރުގެ ބިން ގުޅީފަޅުން ދޫކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން 5000 ގޯތި ދޫކުރުމަށް މާލެ ސަރަހައްދުން އިތުރު ތަނެއް ހިއްކައި، ރައްޔިތުންނަށް ގޯތި ދޫކުރާނެކަމަށެވެ. މާލެ ސަރަހައްދުން ގޯތި ދޫނުކުރާތާ ގިނަ އަހަރު ވެފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް އަމާޒުހިފާފައިވާކަމަށެވެ.

މިނިސްޓްރީން ވަނީ "ގެދޮރުވެރިން ޕޯޓަލް" ތައާރަފުކޮށްފައެވެ. މިއީ ސަރުކާރުން އިއުލާންކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ ގޮތް ހަމަޖެއްސުމަށް އިފްތިތާހުކުރި ޕޯޓަލެކެވެ. މިޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ، ކިއުގައި ނުޖެހި ފަސޭހަކަމާއެކު ފޯމް ހުށައެޅުމެވެ. އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އަދި އެއަށްފަހު ފޯމްތައް އިވެލުއޭޓް ކުރާނެކަމަށާއި، ޕޯޓަލް ކްރޭޝްވިޔަ ނުދިނުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ. ޕޯޓަލަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމްގައި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި މިވަނީ 2 ހައުސިން ސްކީމަކަށެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް"އާއި މާލެ ސަރަހައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު