Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރެއިންގެ ސިއެވިއެރޮޑޮނެސްކްވެސް ރަޝިއާގެ އަތްދަށަށް

ސިއެވިއެރޮޑޮނެސްކްގެ މޭޔަރު އޮލެކްސަންޑަރ ސްރިޔުކް ވަނީ އެސިޓީ މިހާރު އޮތީ ހަމައެއްކޮށް ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 07:53
އިރުމަތީ ޔޫކްރެއިންގެ ސިޓީ، ސިއެވިއެރޮޑޮނެސްކް ރަޝިއާއިން ހިފުން

އިރުމަތީ ޔޫކްރެއިންގެ ސިޓީ، ސިއެވިއެރޮޑޮނެސްކް ރަޝިއާއިން ހިފުން

އިރުމަތީ ޔޫކްރެއިންގެ ސިޓީ، ސިއެވިއެރޮޑޮނެސްކް ރަޝިއާއިން ހިފައިފިއެވެ.

ސިއެވިއެރޮޑޮނެސްކް ރަޝިއާއިން ހިފާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެސިޓީ ރަޝިއާގެ އަސްކަރިއްޔާގެ އަތްދަށަށް ގޮސްފައި މިވަނީ މަސް ދުވަހަށްވުރެ ގިނަ ދުވަހު އެސަރަހައްދުގައި ހަމަލާ ބަދަލުކުރުމަށްފަހުއެވެ. މިއީ ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި މިހާތަނަށް އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރެވުނު އެއް ފަހަރެވެ.

ސިއެވިއެރޮޑޮނެސްކް ރަޝިއާގެ އަތްދަށަށް ދިއުމަކީ ހަނގުރާމާގައި ޔޫކްރެއިނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް ޔޫކްރެއިނުން ބުނަމުންދަނީ އެގައުމުގެ އަސްކަރިއްޔާއިން ސިއެވިއެރޮޑޮނެސްކުން ފޭބުމަކީ "ޓެކްޓިކަލް ވިތްޑްރޮވަލް" އެއް ކަމަށެވެ. އަދި މިއީ ޖެހިގެން އޮތް ލިސިޗަންސްކްގައި ކުރިއަށްދާނެ ކުރިމަތިލުމަށް ތައްޔާރުވުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ރަޝިއާއަށް ވާގިވެރިވާ ސެޕަރޭޓިސްޓުން ފާހަގަކުރާގޮތުން ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ދަނީ ލިސިޗަންސްކަށް ހަމަލާތައް ދެމުންނެވެ.

މިދިޔަ މަހު ރަޝިއާއިން ޔޫކްރެއިންގެ މެރިއަޕޮލްގެ ބަނދަރު އެގައުމުގެ އަސްކަރިއްޔާގެ އަތްދަށަށް ގެންދިޔަފަހުން ސިއެވިއެރޮޑޮނެސްކް ހިފުން މިއީ މިފަހުން މިހަނގުރާމާގައި ރަޝިއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ރަޝިއާއިން ބާކީ ހުރި ސިޓީތައް ހިފުމަށް މަސައްކަތްކުރާއިރު ޔޫކްރެއިނުން އުންމީދު ކުރަމުންދަނީ ސިއެވިއެރޮޑޮނެސްކް ހިފުމަށް ކުރި މަސައްކަތުގެ ސަބަބުން ރަޝިއާގެ އަސްކަރިއްޔާއަށްވެސް އޭގެ ނޭދެވޭ އަސަރު ކޮންމެސް ވަރަކަށް ކޮށްފައިވާނެ ކަމަށެވެ. މީގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ކުއްލި ހަމަލާއެއް ދިނުމުގެ ފުރުސަތު ޔޫކްރެއިނަށް ލިބުން އެއީ އެގައުމުން މިހާރު އެދެމުން އަންނަކަމެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރެ ޒެލެންސްކީ ވަނީ ހަނގުރާމަ ދިގުލައިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް ބުނެދޭނެ ނޭނގޭ ކަމަށާއި ހަނގުރަމާއިގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ހަނގުރާމާގައި އެގައުމަށް ގެއްލުނު ހުރިހާ ސިޓީއެއް އަލުން ހޯދާނެކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ސިއެވިއެރޮޑޮނެސްކްގެ މޭޔަރު އޮލެކްސަންޑަރ ސްރިޔުކް ވަނީ އެސިޓީ މިހާރު އޮތީ ހަމައެއްކޮށް ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށާއި އަސްކަރިއްޔާއިން މިހާރު މަސައްކަތްކުރަމުންދަނީ އެސިޓީގައި އެމީހުންގެ އަމަރު ގާއިމުކުރުމަސް ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ސިއެވިއެރޮޑޮނެސްކް ހިފާފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ވަނީ އެސިޓީގެ ކައިރީ އޮންނަ ބޮރިސްކް އަވަށްވެސް ރަޝިއާގެ އަސްކަރިއްޔާއިން ހިފާފައިވާކަމަށް ބުނެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު