Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރު ސަލީމަށް ކޮށްފައިވާ ތުހުމަތު ދޮގުކުރުން

ދޮގު ތުހުމަތުތައް ތަޙުޤީޤުކޮށް ޙަޤީޤަތް ހާމަކޮށްދެއްވުމަށް އެދި މެމްބަރު ސަލީމް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި

ފުލުހުންގެ ޚިދުމަތުން ބެއްލެވެން އޮތް އެންމެ ރަނގަޅަކަށް ބައްލަވައިދެއްވުމަކީ މުޅި މުޖްތަމައުގެ ހައްޤުގައި ފުލުހުން ކުރައްވަންޖެހެނޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 06:56
އަޙުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަޙުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމަށް ތާއިދުކޮށް ސަރުކާރުގެ އެކި މަޤާމުތަކުގައި ހިމެނޭ ފަރާތްތަކާއި ގުޅޭ ގޮތުން މީގެ ކުރިންވެސް އާންމުންގެ ތެރޭގައި ނަފްރަތު އުފެދޭގޮތަށް ޚަބަރު ފަތުރަމުންދާ ދިޔަރެސް ނޫހާއި، ބައެއް އެހެން ނޫސްތަކުގައި މެމްބަރު ސަލީމަށް ތުހުމަތުކޮށް ބައެއް ވާހަކަތައް ހިމަނާފައިވާތީ އެ ކަމުގެ ޙަޤީޤަތް އޮޅުން ފިލުވައިދިނުމަށް އެދިވަޑައިގެން މެމްބަރު ސަލީމް ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

މެމްބަރު ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅުއްވާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ކަނޑައަޅުއްވާފައިވާ ފަދަ އަމަލެއް އޭނާ ކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭގޮތަށް އެއްވެސް ޙަޤީޤަތެއް އަސާސެއް ނެތް ވާހަކަތަކެއް ލިޔެ ދައުރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ އަކީ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާ އިރު، އޭނާއަށް ރައްދުވާގޮތަށް އެފަދަ ވާހަކަތަކެއް ލިޔެފައިވާއިރު، އެފަދަ އަމަލުތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާ ހައްދު ކަނޑައަޅުއްވާފައިވާ އަމަލުތަކެއްކަމުން، އެފަދަ ފާހިޝް އަމަލު ހިންގިކަމަށް ލިޔެފައިވާ ލިޔުމުގައިވާ ފާހަގަކޮށްފައިވާ ކަންތައްތައް ދިވެހިން ފުލުހުންގެ ޚިދުމަތުން ބެއްލެވެން އޮތް އެންމެ ރަނގަޅަކަށް ބައްލަވައިދެއްވުމަކީ މުޅި މުޖްތަމައުގެ ޙައްޤުގައި ފުލުހުން ކުރައްވަންޖެހެނޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯއިން ނުވަތަ ފޮޓޯއިން ފެންނަ އެއްފަރާތަކީ ކަނޑައެޅިގެން ކޮންފަރާތެއްކަން އެނގޭ ހާލަތުގައި އެ ފަރާތަކާއެކު އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތް ދެނެގަތުމަކީ ފުލުހުންގެ ޤާބިލްކަމަށް ބަލާއިރު، އުނދަގޫކަމަކަށް ވެގެންދާނެކަމަށް ނުބެލެވޭ ކަމަށް ސަލީމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި އޭނާ ނުކުރައްވާ ކަމެއް އެއީ ނުކުރާކަމެއް ކަމަށް ސާބިތުކުރުމަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަކަމެއް ހިނގިކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއްކަމުގައި ދެކެވަޑައިގަންނަވާ ވަނީ ވިދާޅުވެފައެވެ.

އަދި އޭނާއާ މެދުގައި ތުހުމަތުކޮށްފައިވާ ފާހިޝް އަމަލެއް ހިންގިކަމަށް ބުނާ މައްސަލަ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވީހާވެސް އަވަހަކަށް ތަހުޤީޤުކޮށްދެއްވައި އެފަދަކަމެއް ކޮށްފައިވާކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެނަމަ އެކަމާ ގުޅިގެން އޭނާއާ މެދު އަޅުއްވަންޖެހޭ ޤާނޫނީ ފިޔަވަޅު ވީހާވެސް އަވަހަކަށް އަޅުއްވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އަދި ތުހުމަތުކޮށްފައިވާ ކަންތައްތަކުގެ ފުރިހަމަ ތަހުޤީޤެއް ކުރައްވާ އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ޙަޤީޤީ ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ހާމަކޮށްދެއްވުމަށް މެމްބަރު ސަލީމް ވަނީ އެދިވަޑައިގަންނަވާފައެވެ.  

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު