Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަމަރ ޓްރާންސްފަރ މާރކެޓް

ކުޅުންތެރިން ހޯދުމަށް އެންމެ ބޮޑު ޚަރަދެއްކުރީ ޕްރިމިއަރ ލީގު ކްލަބުތަކުން

އެއް ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރެއާލް މެޑްރިޑުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 25 ޖޫން 2022 | ހޮނިހިރު 13:28
ބޮޑު އަގުގައި ކްލަބުތަކަށް ބަދަލުވި ވިއޭރާ، ހާލަންޑް އަދި ނުނޭޒް

ބޮޑު އަގުގައި ކްލަބުތަކަށް ބަދަލުވި ވިއޭރާ، ހާލަންޑް އަދި ނުނޭޒް

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ހޯދުމަށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވަނީ ޕްރިމިއަރ ލީގުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ސީޒަން ނިމި މަހެއް ނުވަނީސް ޔޫރަޕުގެ ކްލަބުތަކުން އަންނަނީ ކުޅުންތެރިން ހޯދުމަށް ބޮޑު ޚަރަދެއް ކުރަމުންނެވެ. މި ކްލަބުތަކުން ވަނީ މިހާތަނަށް ކުޅުންތެރިން ހޯދުމަށް 1,208.5 ބިލިއަން ޔޫރޯ ޚަރަދުކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހިސާބުތައް ދައްކާ ގޮތުން ޔޫރަޕުގެ ގަދަ ފަސް ލީގުގެ ގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، މާލީ ގޮތުން ތަނަވަސް، އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބުތަކުންނެވެ. ޕްރިމިއަރ ލީގުގެ ކްލަބުތަކުން ވަނީ 448.99 މިލިއަން ޔޫރޯ މިހާތަނަށް ޚަރަދުކޮށްފައެވެ.

މި ޓްރާންސްފަރ މާރކެޓުގައި ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޓާލިއަން ލީގުގެ ކްލަބުތަކުންނެވެ. މި ކްލަބުތަކުން ވަނީ 284.4 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ބުންޑެސްލީގާގެ ކްލަބުތަކުން 218.7 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާއިރު، ލަލީގާގެ ކްލަބުތަކުން 141.80 މިލިއަން ޔޫރޯ އަދި ފްރާންސް ލީގުގެ ކްލަބުތަކުން 115.2 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވެއެވެ.

ޓްރާންސްފަރ މާރކެޓުގެ މިހާތަނަށް އެކި ކްލަބުތަކުން ވަނީ އެކުޖުމްލަ 122 ކުޅުންތެރިންގެ ސޮއި ހޯދާފައެވެ.

މިދިޔަ ސަމަރ ޓްރާންސްފަރގައި އިނގިރޭސި ކްލަބުތަކުން ކުޅުންތެރިން ހޯދުމަށް 1.3 ބިލިއަން ޔޫރޯ ޚަރަދުކުރިއެވެ. ރިޕޯޓުތައް ބުނާގޮތުން މިފަހަރުގެ ޓްރާންސްފަރ މާރކެޓުގައިވެސް މިއަދަދަށް އިނގިރޭސި ޓީމުތަކުން ޚަރަދުކުރުން އެކަށީގެންވެއެވެ.

ޖުމްލަކޮށް ބަލާނަމަ އިނގިރޭސި ކްލަބުތަކުން ބޮޑު ޚަރަދެއް ކުރިނަމަވެސް އެއް ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ރެއާލްއިން ވަނީ އޮޣޭލިއަން ޗުއަމެނީ ހޯދުމަށް 80 މިލިއަން ޔޫރޯ މޮނާކޯއަށް ޚަރަދުކޮށްފައެވެ.

ޕްރިމިއަރ ލީގުސްޕެނިޝް ލީގުބުންޑެސްލީގާއިޓާލިއަން ލީގުފްރެންޗް ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު