Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތު ބައްދަލުވުން

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީކޮށް ހުޅުވައިފި

މިއީ މިމަހުގެ 20 އިން 25 އަށް ކުރިއަށްދާ ބައްދަލުވުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 11:38
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ. މި މަހުގެ 20 ން 25 އަށް ކުރިޔަށްދާ މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ޤައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އައު ފުރުސަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަކަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާނެއެވެ.

Advertisement - newsAdvertisement

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރިއާއި ޞިއްޙަތާ އަދި ތިމާވެށި ފަދަ މައުޟޫއުތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިޔަށްދާނެއެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި 4 ފޯރަމަކާއި، މިނިސްޓީރިއަލް މީޓިންގތަކާއި، ހަވާސާގައި ބާއްވާ އިވެންޓްތަކާއި، އެހެނިހެން ޙަރަކާތްތައްވެސް ހިމެނެއެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވުން އެއީ ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ކަށަވަރުކަން ލިބިގެންދާ ކަމެކެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރީގެ ކުރިއެރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމަށް އެއްބާރުލުން ހޯދުމާއި، ތަޢުލީމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދޭ ވެސް ކަމެއްމެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފުރުޞަތުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު، ބައިނަލްއަޤްވާމީ މައިދާނުގައި އުފުއްލެވުމަށްވެސް މަސައްކަތްކުރައްވާނެއެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީޚު ފަސްކުރެވުނެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2022 މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ. ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.

ކޮމަންވެލްތުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު