Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައުލީމުގެ ފެންވަރު ހިފެހެއްޓުން

ތައުލީމުގެ ފެންވަރު ހިފެހެއްޓުމަކީ ތައުލީމީ ނިޒާމުގެތެރޭ އުޅޭ ފަރާތްތަކުގެ މުހިއްމު ޒިންމާއަކަށް ހަދަންޖެހޭ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ތައުލީމާއި ތަމްރީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 08:19
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ތައުލީމުގެ ފެންވަރު ހިފެހެއްޓުމަކީ ތައުލީމީ ނިޒާމުގެތެރޭ އުޅޭ ފަރާތ މުހިއްމު ޒިންމާއަކަށް ހަދަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ ވިދާޅުވީ ތައުލީމީ ސަނަދުތަކުގެ ސަބަބުން ލިބޭ ރީތި ނަމާއި ޝަރަފާއި ގަދަރު ފައިސާއިން މިއަދު ގަންނަން ލިބޭ އެއްޗެއްކަމަށް ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ކަމަށެވެ. މުޖުތަމައުގައި މިއަދު ކަންތައްތައް ހުންނަ ގޮތުން ޒުވާނުން ބުރަ މަސައްކަތުން ހޯދާ ސަނަދާއި އޭގެ ބޭނުމާއި ތައުލީމުގެ ފުރިހަމަ ޒިންމާ ތައުލީމީ ނިޒާމުގައި އުޅޭ ފަރާތްތައް ނަގަންޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތައުލީމު މި ހޯދަނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށްތޯ އަޅުގަނޑުމެންނަށް ތައުލީމު ފޯރުކޮށްދޭން އެއްބަސްވެވުނު ގޮތަށް އެ ތައުލީމު ފޯރުކޮށްދެވުނުތޯ މިއީ މިއަދު އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް ކަމަށާއި، ތިމާއަކީ ތަންދޮރު ފިލާ އިލްމުވެރި ޒުވާނެއްކަން ބަހާއި އަމަލުން މިއަދު އެހެންމީހުންނަށް ދައްކުވައިދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތައުލީމާއި ތަމްރީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫންކަމަށާއި ތިމާގެ ޝަހުސިއްޔަތު ބައްޓަންކުރުވާ ތިމާއަކީ ޒިންމާދާރު މީހަކަށް ހަދައި ތިމާގެ ވިސްނުމާއި ފިކުރު ހިންގަން އެނގޭކަން ތިމާއަށް ލިބޭ ތައުލީމާއި އިލްމުގެ ސަބަބުން އެހެން މީޙުންނަށް ހާމަކޮށްދޭން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން އެއްބަސްވެވޭ ގޮތަށް ތައުލީމު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ މާއްދާއިން ކިޔަވައިދޭން ހުއްދަ އެލިބޭ ގޮތަކަށް ތަރުތީބަށް އޮޅުމެއް ނެތި އެ މާއްދާ ދަރިވަރުންނަށް އުނގަންނައިދިނުމަކީ މުދައްރިސުންނާއި ކޮލެޖުގެ ވަރަށް މުހިއްމު ވާޖިބެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުރިހާ ދަސްވެނިންނަށާއި އެ ދަރިވަރުން އެ މަގާމަށް ގެނެސްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ދަރިވަރުންގެ ބެލެނެވެރިންގެ އިތުރުން ކްލިކް ކޮލެޖުގެ ހީވާގި މުދައްރިސުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީތައުލީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

20 އެޕްރީލު 2025
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު