Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ހުކުރު ދުވަހު ޔޫކްރެއިނުން ވަނީ ސިއެވިއެރޮޑެނެސްކް އިން އެގައުމުގެ އަސްކަރިއްޔާ ފަހަތަށް ޖެހެމުންދާ ކަމަށް ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 11:34
ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް ހަތަރު މަސްވުން

ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް ހަތަރު މަސްވުން

ފެބްރުއަރީ 24 ވަނަ ދުވަހު ފެށުނު ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް މިވަނީ ޖޫން 24 ވަނަ ދުވަހަށް ހަތަރު މަސްވެފައެވެ. ހަތަރު މަސް ހަމަވި ދުވަހު ޔޫކްރެއިނަށް ވަނީ ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އުފާވެރި ހަބަރެއްވެސް ލިބިފައެވެ. އީޔޫގެ 27 ގައުމުން ވަނީ އެޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ޔޫކްރެއިނަށް ދީފައެވެ.

ޖޫން 23 ވަނަ ދުވަހު ކުރިއަށްދިޔަ އީޔޫގެ ސަމިޓްގައި ޔޫކްރެއިނަށް އެޖަމިއްޔާގެ މެމްބަރުކަން ދިނުމަށް ނިންމާފައިވާއިރު، މިއީ ފާހަގަކޮށްލެވޭ ތާރީހީ ނިންމުމެކެވެ.

ޔޫކްރެއިންއަކީ އީޔޫގެ މެމްބަރު ޤައުމެއްގެ ގޮތުގައި އީޔޫގެ މެމްބަރު ޤައުމުތަކުން ބަލައި ގަތް ނަމަވެސް، ރަސްމީކޮށް އެޖަމިއްޔާގެ މެމްބަރަކަށް ވުމަށް ޔޫކްރެއިން އަށް ގިނަ އަހަރުތަކެއް ނަގާނެއެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި އީޔޫއިން ޔޫކްރެއިނަށް މިފުރުސަތު ދިނުމަކީ ހުޅަނގުގެ ޤައުމުތަކުން ރަޝިއާއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން ހަނގުރާމަ ވަރުގަދަވެފައިވާ މިދަނޑިވަޅުގައި އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ލިބިގެން ދިއުމަކީ ރަޝިއާ އާއި ދެކޮޅަށް ތެދުވުމަށް އެގައުމަށް ލިބޭ ހިތްވަރެކެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިއީ ލިބުނު މޮޅެއް ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. މި މޮޅާއެކު ރަޝިއާ ދިފާއުކުރުމުގެ މަސައްކަތްކުރާނެ ކަމަށާއި ރަޝިއާ ދިފާއުކުރުމަށްފަހު ޔޫކްރެއިން އަލުން އާރާސްތުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރަޝިއާ ކައިރިން ޔޫކްރެއިން ނަސްރު ހޯދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޔޫކްރެއިން އަށް އީޔޫގެ މެމްބަރުކަން ދޭން ނިންމުމާ ގުޅިގެން ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫކްރެއިންގެ މުސްތަޤުބަލު ވަނީ އީޔޫ އާއެކު ކަމަށް ވިދާޅުވެފައެވެ.

ހަނގުރާމައަށް ހަތަރު މަސްވެ، ފަސް ވަނަ ފެށިގެން ގޮސްފައި މިވަނީ ޔޫކްރެއިނަށް އައު ހިތްވަރަކާއެކު ކަމަށްވާއިރު، ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއާދާހަމައަށްވެސް އެގައުމަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދެމުންދާ އެމެރިކާއިން ވަނީ ބުރާސްފަތި ދުވަހު، އިތުރު 450 މިލިއަން ޑޮލަރުގެ ސެކިއުރިޓީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައެވެ. މިއެހީގެ ތެރޭގައި ދުރުރާސްތާ ރޮކެޓް ސިސްޓަމްތައް ހިމެނޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ފާހަގަކުރެއެވެ.

ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލަށް ދޭން ނިންމި 450 މިލިއަން ޑޮލަރުގެ އެހީ ޕެކޭޖްގައި ހަތަރު ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމާއި، 18 ކޯސްޓަލް އެންޑް ރިވެރިން ޕެޓްރޯލް ބޯޓުގެ އިތުރުން އެތައް ހާސް ވަޒަން ހިމެނޭނެކަމަށެވެ.

މި ޕެކޭޖް އިއުލާނުކޮށްފައި މިވަނީ މިދިޔަ ހަފުތާގައި އެމެރިކާއިން ޔޫކްރެއިން އަށް އެއް ބިލިއަން ޑޮލަރުގެ ހާތިޔާރު ފޯރުކޮށްދޭނެ ކަމަށް ބުނެ އިއުލާނުކުރިފަހުންނެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށިގެން މިވީ ހަތަރުމަސްދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޔޫކްރެއިނަށް 6.1 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

ބުރާސްފަތި ދުވަހު ޔޫކްރެއިނުން ވަނީ އެގައުމަށް އެމެރިކާއިން ފޯރުކޮށްދިން ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމްތަކުގެ ފުރަތަމަ ބެޗް ލިބިފައިވާކަމަށް ބުނެފައެވެ . މިއާއެކު ހަނގުރާމައިގެ މައިދާނުގައި ކުރިހޯދޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ޔޫކްރެއިނއ އިން ފާހަގަކުރެއެވެ.

ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ހަމަލާތައްވެސް ވަނީ ވަރުގަދަވާން ފަށާފައެވެ. ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު، ޑޮންބަސްގައި ހަނގުރާމަ ކުރިއަށްދާއިރު، އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރަމުންދާ އެއް ސިޓީ އަކީ ސިއެވިއެރޮޑެނެސްކް އެވެ. ހުކުރު ދުވަހު ޔޫކްރެއިނުން މިވަނީ އެ ސިޓީއިން އެގައުމުގެ އަސްކަރިއްޔާއިން ފަހަތަށް ޖެހެމުންދާ ކަމަށް ބުނެފައެވެ.

އެގޮތުން ލުހާންސްގެ ގަވަރުނަރު ސެރީ ގައިޑައި ވަނީ އެގައުމަށް އަސްކަރިއްޔާއަށް އައު ޕޮޒިޝަންތަކަށް ދިއުމަށް އަމަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ސިއެވިއެރޮޑެނެސްކްގެ ކޮންޓްރޯލް ގެއްލިއްޖެ ނަމަ ޔޫކްރެއިންގެ ބާރުގެ ދަށުގައި ދެން ބާކީ އޮންނާނީ ލިސިޗަންސްކް އެކަންޏެވެ. ހަނގުރާމައިގެ ކުރިއަށް މިއޮތް ދުވަސްތަކަކީ ޑޮންބަސްގެ ލުހާންސްކް ޕްރޮވިންސްގެ ފުލް ކޮންޓްރޯލް ހޯދުމަށް ރަޝިއާއަށް މުހިންމު ދުވަސްތަކަކެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު