Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނުން

ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނުމަކީ ރަޝިއާއަށް ދެވޭ ސިގްނަލެއް

24 ޖޫން 2022 | ހުކުރު 06:38

އީޔޫގެ ފެހި ލައިޓް ޔޫކްރެއިނަށް ލިބުމަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ އަތްދަށުގައި ހުރި ޤައުމުތައް އަބަދު ރަޝިއާގެ ނުފޫޒުގެ ދަށުގައި ނުތިބޭނެ ކަމުގެ ސިގްނަލެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖޫން 2022 | ހުކުރު 06:38
ޔޫކްރެއިނަށް އީޔުގެ މެމްބަރު ޤައުމަކަށް ވުމުގެ ފުރުސަތު ދީފި

ޔޫކްރެއިނަށް އީޔުގެ މެމްބަރު ޤައުމަކަށް ވުމުގެ ފުރުސަތު ދީފި

ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުން ދޭން ނިންމި ނިންމުމަކީ ރަޝިއާއަށް ދެވޭ ވަރުގަދަ ސިގްނަލެއް ކަމަށް ޔޫކްރެއިނުން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސިއެވެލޮތް ޗެންސޮވް ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްއަށް ދެއްވި އިންޓަވިއުއެއްގައި ޗެންސޮވް ވަނީ އީޔޫގެ ފެހި ލައިޓް ޔޫކްރެއިނަށް ލިބުމަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ އަތްދަށުގައި ހުރި ޤައުމުތައް އަބަދު ރަޝިއާގެ ނުފޫޒުގެ ދަށުގައި ނުތިބޭނެ ކަމުގެ ސިގްނަލެއް ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޔޫކްރެއިންނަށް ހަމަލާދޭން އެޤައުމުގެ އަސްކަރިއްޔާއަށް އަމުރުކޮށްފައި ވަނީ "އަސްކަރީ އޮޕަރޭޝަނެއް"ގެ ނަމުގައެވެ. އަދި މިއީ ހުޅަނގުގެ ޤައުމުތަކުން ރަޝިއާގެ ބޯޑަރު ކައިރިއަށް ގޮސް އެޤައުމުގެ ސަލާމަތައް ފުށުއަރާނެ ފަދަކަމެއް ހިނގިއަ ނުދިނުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް ރައީސް ޕުޓިން ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ޔޫކްރެއިނަށް ފަސޭހަކަމާއެކު އީޔޫގެ މެމްބަރުކަން ލިބުމަކީ ބަލްކަންސް ޤައުމުތަކަށް ބަލައިގަންނަށް މާފަސޭހަކަމަކަށް ނުވެއެވެ. ބަލްކަންސް ޤައުމުތައް ކަމަށްވާ އަލްބޭނިއާ، ބޮސްނިއާ، ކޮސޯވޯ، މޮންޓެނެގްރޯ، ނޯތު މެސެޑޯނިއާ އަދި ސަރބިއާއިން ވެސް ދަނީ އީޔޫއާ ގުޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އީޔޫގެ ލީޑަރުންނާއެކު މިޤައުމުތަކުގެ ލީޑަރުން ބުރާސްފަތި ދުވަހު މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާއިރު، މިޤައުމުތަކުގެ ލީޑަރުންނަށް އީޔޫގެ ފަރާތުން މިހާތަނަށް ލިބުނު ޖަވާބަކީ ޤައުމުތަކަށް މެމްބަރުކަން ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންކަމުން ޔޫކްރެއިނަށް މެމްބަރުކަން ލިބުމަކީ ބަލްކަންސް ޤައުމުތައް އެއްފަރާތެއްގައި މަޑުކުރަން ޖެހޭކަމުގެ އިތުރު ނިޝާނެއްކަމަށް ރިޕޯޓުތައް ފާހަގަކުރާއިރު، މީގެ ސަބަބުން ރަޝިއާ އާއި ޗައިނާއިން މިޤައުމުތަކަށް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅާ އެޤައުމުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫރަޕިއަން ޔޫނިއަންރަޝިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް