Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލޯޓިންގ ސިޓީ

ފްލޯޓިންގ ސިޓީ އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އެއްބަސްވުމަށް ބަދަލު ގެނެސްފި

24 ޖޫން 2022 | ހުކުރު 02:41

އެއްބަސްވުމާއެކު ޓްރާންސްފަރ ފީއެއްގެ ގޮތުގައި ސަރުކާރަށް އެއް މިލިއަން ޑޮލަރު ވަނީ ލިބިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޖޫން 2022 | ހުކުރު 02:41
ރިސޯޓް މޮޑެލްއަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއް އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އަލުން އެއްބަސްވުމެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއިކުރުން

ރިސޯޓް މޮޑެލްއަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއް އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އަލުން އެއްބަސްވުމެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކުރިން ރިސޯޓް މޮޑެލްއަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެއް އިންޓަރގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އަލުން އެއްބަސްވުމެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ.

Advertisement - newsAdvertisement

އެއްބަސްވުމާއެކު ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޑަޗް ޑޮކްލޭންޑްގެ ފަރާތުންވަނީ އެއް މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދައްކާފައެވެ. ޢާއްމުންނަށް ދޫކުރާ ހައުސިން ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރާ 1.6 ބިލިއަން ޑޮލަރުގެ ބިޔަ ފްލޯޓިންގ ސިޓީ މަޝްރޫޢަށް ސަރުކާރުންވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑަށް ދީފައެވެ. އަދި މިސިޓީގައި 5000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ނިންމާފައިވާއިރު މި މަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ހުރުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު އައި ހަމައެކަނި ޑިވަލޮޕްމަންޓް ބަދަލެއް ކަމަށާއި ލީސް އެގްރީމަންޓަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި މިކަމުގެ މަޤްސަަދަކީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ދެމެހެއްޓުމަށް ކަމަށެވެ. ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަފާތު ކޮންސެޕްޓްތަކައިގެން ރާއްޖެއަށް އަންނަ އިންވެސްޓަރުންނާއެކު މަސައްކަތްކުރުމަށް ރާއްޖެ ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވޭންޑިކޭމް ވިދާޅުވީ މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ ނަމޫނާ ގެތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އޯގަސްޓު މަހުގެ މެދުތެރޭ އެ ގެތައް ހުޅުވޭނެ ކަމަށެވެ. އެ މަޝްރޫއުގެ ފުރަތަމަ ގެތައް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސްއާއެވެ. މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ މިދިޔަ ރޯދަމަސް ނިމޭހާ ތަނަށް އެ ގެތައް ނިންމާލެވޭނެ ކަމަށެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްފްލޯޓިންގ ސިޓީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް