Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅު ތަރައްގީކުރުން

އަންނަ އަހަރުގެ ކުރީކޮޅު އިހަވަންދިއްޕޮޅުގައި ކްރޫ ޗޭންޖުގެ ހިދުމަތްތަކާއި، ޝިޕް ސްޓޯރ އަދި ސަޕްލައިކޮށްދިނުމުގެ ހިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުން – އިކޮނޮމިކް މިނިސްޓަރު

މިނިސްޓްރީގެ އަމާޒަކީ ލަސްވެގެން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި މި ހިދުމަތްތައް ތައާރަފަކުރެވިގެން ދިއުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖޫން 2022 | އަންގާރަ 08:10
އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރު ކުރޭ

އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރު ކުރޭ

އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށޭނީ ކްރޫ ޗޭންޖުގެ ހިދުމަތްތަކާއި، ސިޕް ސްޓޯރ އަދި ސަޕްލައިކޮށްދިނުމުގެ ހިދުމަތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބު ލިޔުމުން ދެއްވަމުންނެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކީ، ރާއްޖޭގެ އެންމެ އުތުރު ކަމުގައިވާ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމްކުރެވެންދެން، މި ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ދެވެން ހުރި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށް މަގުފަހުކޮށްދެއްވުމަށް އެދިލައްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަން، އިކޮނޮމިކް މިނިސްޓްރީން އިސްނަންގަވައިގެން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސައްކަތް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ އަދި އެ ސަރަހައްދުގައި އެ ހިދުމަތް ދެވެން ފެށޭނެ ތާރީހަކީ ކޮބައިތޯއެވެ.

Advertisement - newsAdvertisement

މި ސުވާލުގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނަދަރެއް ތަރައްގީކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދެވިދާނެ ހިދުމަތްތައް ފާހަގަކޮށް، ހއ. ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ހުށަހަޅުއްވާފައިވާ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަށް އެ ސަރަހައްދުގައި ފެށުމަށްޓަކައި، އެ މިނިސްޓްރީގެ އިސްނެގުމަށް ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ވޯކިންގ ގްރޫޕެއް އެކުލަވާލެވި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި ވޯރކިންގ ގްރޫޕުން ކުރެވުނު މަޝްވަރާތަކަށް ފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖްގެ ހިދުމަތާއި، ޝިޕް ސްޓޯރ އަދި ސަޕްލައި ފޯރުކޮށްދިނުމުގެ ހިދުމަތް ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް، ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ކުރަމުންދާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އަދި އެ މިނިސްޓްރީގެ އަމާޒަކީ ލަސްވެގެން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި މި ހިދުމަތްތައް ތައާރަފަކުރެވިގެން ދިއުންކަމުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ މިކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، އުޅަނދު ފަހަރާއި އިކްއިޕްމެންޓް ހޯދުމާއި، ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި، އެހެނިހެން ތައްޔާރީތަކުގެ މަސައްކަތްތައް އެސްޓީއޯ އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކާއި މިނިސްޓްރީން ކުރަމުންދާ ކަމަށް، މިނިސްޓަރު ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފަށަން ނިންމާފައިވާ ކަމަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު ވަނީ ވިދާޅުވެފައެވެ. ދުވާލަކު 300އަށްވުރެ ގިނަ އާގުބޯޓު މި ސަރަހައްދުން ދަތުރުކުރާކަމަށާއި، އެހެންނަމަވެސް، އެ ސަރަހައްދުގައި އެއަށް ސަރވިސް ދެވޭނެ ގޮތެއް ނެތްކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން އެސްޓީއޯގެ ވިސްނުމަކީ ސްޓްރެޖެޓިކް ސްޓޯރޭޖާ އެކުގައި އިންޓަރނޭޝަނަލް ބަންކަރިންއަށް ދިއުން ކަމުގައި އަމްރު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ސްޓޯރޭޖެއް ގާއިމްކުރަން ޕްލޭންކޮށްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރު، ކޮމިޓީން ފާސްކޮށްފައިވާއިރު، ކޮމިޓީން ނިންމާފައިވަނީ އިތުރު ދިރާސާއެއް ކުރުމަކާއި ނުލައި، ބޭރު ބަޔަކަށް މަސައްކަތް ދިނުމުގެ ބަދަލުގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔުމަށެވެ.

މެމްބަރުން ވަނީ މިއީ މިހާރުން މިހާރަށްވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި، ދައުލަތަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެންވެސް ފަސޭހައިން ބައެއް ކަންކަން ހަމަޖަައްސައިގެން މިހާރުން މިހާރަށްވެސް މި މަސައްކަތް ފެށިދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮމިޓީން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު