Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯގެ އަހަރީ ދުވަސް

"ސްޓެލްކޯ މަޤްބޫލު ކުންފުންޏަކަށް ހެދުމަށް، ކުންފުނީގެ މިސްރާބު ބަދަލުކޮށްލަން ޖެހޭ"

ކުންފުންޏާއި ގުޅޭގޮތުން މުޚާތަބް ކުރާއިރު "އަޅުގަނޑުމެންގެ ކުންފުނި" ކިއުމަށް އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖޫން 2022 | އާދީއްތަ 09:02
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަކީ މަޤްބޫލު ކުންފުންޏަކަށް ހެދުމަށް، ކުންފުނީގެ މިސްރާބު ބަދަލުކޮށްލަން ޖެހޭކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އާދިއްތަ ދުވަހުގެ ހެނދުނު ސްޓެލްކޯ ހެޑް އޮފީހުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ސްޓެލްކޯގެ ޙަޔާތުގައި މުހިއްމު ދުވަހެއް ކަމަށެވެ.

Advertisement - newsAdvertisement

ޝަރީފް ވަނީ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯގެ އިސް ވެރިންނާއި މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެފައެވެ. ކުންފުނީގެ 25 އަހަރުގެ ތާރީޚުގައި ކުންފުންޏަށް އެކި ފަރާތްތަކުން ކޮށްދީފައިވާ ޚިދުމަތްވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުންފުންޏަށް ލިބިފައިވާ ކުރިއެރުންތަކަކީ އެ އެންމެންގެ މަސައްކަތުގެ ނަތީޖާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމަށްޓަކައި ޝަރީފް ވަނީ އެ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

ޝަރީފް ވަނީ ސްޓެލްކޯގެ ބަދަލުގައި ކުންފުންޏާއި ގުޅޭގޮތުން މުޚާތަބް ކުރާއިރު "އަޅުގަނޑުމެންގެ ކުންފުނި" ކިއުމަށް އެދިލައްވާފައެވެ.

ކުންްފުނީގެ މިސްރާބު ބަދަލުކޮށްލަން ޖެހިފައިވާކަން ފާހަގަ ކުރައްވައި ޝަރީފް އިތުރަށް ވިދާޅުވީ، ސްޓެލްކޯއަކީ "ކަސްޓަމަރ އޮރިއެންޓެޑް" ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ކުންފުނީގެ ހުރިހާ ނިންމުންތަކެއްގެ ފުރަތަމަ މަސްލަޙަތު ގުޅިފައި އޮންނަން ޖެހޭނީ ކަސްޓަމަރުންނާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުންފުނި މަޤްބޫލު ކުންފުންޏަކަށް ހެދުމަށްޓަކައި މިއީ ކުރަންޖެހޭ ކަންކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އާދިއްތަ ދުވަހު ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. އެ ކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ ބޯޑުގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ، މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރުއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސްޓެލްކޯގެ ޗެއަރމަން ވަނީ އެ ކުންފުންޏަކީ ވަރުގަދަ އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް ކުންފުންޏަކަށް ހެދުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިިބުމަށް މުވައްޒަފުންނަށްވެސް ނަސޭޙަތްތެރިވެލައްވާފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ 19 ޖޫން 1997ގައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު