Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދީނީ ގޮތުން ބައިބައިކުރުން

ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާށެވެ.

18 ޖޫން 2022 | ހޮނިހިރު 13:01

ދީނުގެ ނަމުގައި ބައިބައިވުން އުފެއްދުމާއި، ނަފްރަތު އުފެއްދުން ހުއްޓާލަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2022 | ހޮނިހިރު 13:01
ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަނީ

ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަނީ

ސިޔާސީ މީހުން ބޭނުންކުރާ ތަފާތު އެކި އުކުޅުތައް ހުރެއެވެ. ބައެއް ފަހަރު ރައްޔިތުން ކައްކާލުމަށްޓަކައި މިނިވަންކަމުގެ ވާހަކަ ދައްކައެވެ. އަނެއްބައި ފަހަރު ދީނުގެ ވާހަކަ ދައްކައެވެ. އަނެއްބައި ފަހަރު ސަޤާފަތުގެ ވާހަކަ ދައްކައެވެ. ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މި ދެންނެވި ކަންކަން ބޭނުންކުރާ މީހުން މަދެއް ނޫނެވެ.

ވެރިކަމުގައި ތިބޭ މީހުންނަކީ ލާދީނީ ބައެއްކަމުގައި ދެއްކުމާއި، އޭރަކު އޮންނަ އިދިކޮޅު ސިޔާސީ ޕާޓީއަކީ ދީނުގެ ދިފާއުގައި ނުކުންނަ ބައެއްކަން ދެއްކުންވެސް މިއީ ރާްއްޖޭގެ ސިޔާސީ މަސްރަހު ކިޔާދީފައިވާ ހަގީގަތްތަކެވެ.

ކޮންމެ ބަޔަކުވެސް ބަލަނީ ދީނީ ކާޑު ކުޅެގެންވެސް އެ ބަޔަކު ބޭނުންވާ ސިޔާސީ މަންފާއެއް ހާސިލު ކުރެވޭތޯއެވެ.

ބައެއް ފަހަރު ވަކި ޤައުމަކާ ގުޅުން ބަދަހި ކުރުމަކީ ދީނަށް ކުރެވޭ ކުޑައިމީސް ކަމެއްކަމުގައި އިދިކޮޅުގައި އޮންނައިރު ބުނެއެވެ. ޖެހިގެން އަންނަ ދުވަހު ހަމަ އެ ޕާޓީ ވެރިކަމަށް އައުމުން ފެންނަނީ މި ދެންނެވި ޤައުމުގެ ވެރިންނާ އަތާ އަތް ގުޅާލައްވާ ތަނެވެ.

ބައެއް ފަހަރު ޤައުމުތަކުން ދީނާއި ގުޅިގެން ކުރާ ކަންކަން ކުށްވެރި ނުކޮށްގެން އެކަން މައްސަލައަކަށް ހަދައެވެ. ނަމަވެސް އެ ޕާޓީއެއް ވެރިކަމަށް އައުމުން އެކަންކަން ނިންމާލަނީ އެއީ ޤައުމުތަކުގެ ދާޚިލީ ކަންކަން ކަމަށް ބުނެލަމުންނެވެ. އަބަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަ މަންޒަރަކީ އެއީއެވެ.

އޭގެ އެއް މިސާލަކީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކައެވެ. ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ޙަޔާތެއް ވޭތު ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ ކަމާއި، މަރުގެ އަދަބު ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް އެކަން ކުރެއްވުމުގެ ބާރު ލިބުމުން، އެކަން ވެގެން ދިޔަ ތަން ފެނުނީ އިބިލީހުގެ ކައިވެންޏަކަށެވެ.

ދީނާއި ގުޅުވައި ސިޔާސީ ފަރާތްތަކުން ދައްކާ ގިނަ ވާހަކަތައް ހުންނަނީ މިފަދަ ދެއުޅިއެއްނުވާ ގޮތަކަށެވެ.

ވީއިރު، ރައްޔިތުންގެ ލޭ ކައްކާލުމަށް ދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކުން ކުޅެމުންދާ "ސިޔާސީ ގޭމް" ހުއްޓާލަން ޖެހެއެވެ. ހަގީގަތަކީ މި ޤައުމުގައި އިސްލާމް ދީން ނޫން އެހެން ދީނެއް އޮތުމަކަށް ދިވެހިން ފުރުސަތެެއް ނުދޭނެ ކަމެވެ.

އެހެން އެކަން ވާން ދޫކޮށްލައިގެންވެސް ނުތިބޭނެ ކަމެވެ.

ދީނުގެ ނަމުގައި ބައިބައިވުން އުފެއްދުމާއި، ނަފްރަތު އުފެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން ހުއްޓާލަންޖެހެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
20 ފެބުރުއަރީ 2017

ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!

20 ފެބުރުއަރީ 2017
ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް