Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫ ގައުމުތަކުގެ ވެރިން ޔޫކްރެއިނަށް ވަޑައިގަތުން

ޖަރުމަން، ފްރާންސް އަދި އިޓަލީގެ ވެރިން ޔޫކްރެއިނަށް ވަޑައިގަންނަވައިފި

ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އަދި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑަރަގީ ޔޫކްރެއިނަށް ވަޑައިގަންނަވައިފައިވަނީ ބުރާސްފަތި ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ޖޫން 2022 | ބުރާސްފަތި 16:56
ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އަދި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑަރަގީ ބުރާސްފަތި ދުވަހު ޔޫކްރެއިނަށް ވަޑައިގަންނަވައިފި

ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އަދި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑަރަގީ ބުރާސްފަތި ދުވަހު ޔޫކްރެއިނަށް ވަޑައިގަންނަވައިފި

ޖަރުމަން، ފްރާންސް އަދި އިޓަލީގެ ވެރިން ޔޫކްރެއިނަށް ވަޑައިގަންނަވައިފިއެވެ.

ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އަދި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑަރަގީ ބުރާސްފަތި ދުވަހު ވަނީ ޔޫކްރެއިނަށް ވަޑައިގަންނަވާފައެވެ. މި ތިން ބޭފުޅުންގެ އިތުރުން ރޮމޭނިއާގެ ރައީސް ކްލައުސް އިއޮހަނިސް ވެސް ވަނީ ބުރާސްފަތި ދުވަހު ޔޫކްރެއިނަށް ވަޑައިގަންނަވާފައެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުމާއެކު އެކަށީގެންވާ ވަރަށް ޖަރުމަން، ފްރާންސް އަދި އިޓަލީގެ ފަރާތުން ޔޫކްރެއިނަށް އެއްބާރުލުން ނުލިބޭކަމަށް ބުނެ އެގައުމުން ވަނީ މި ތިން ގައުމަށް ފާޑުކިޔާފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު، ތިން ގައުމުގެ ވެރިން ޔޫކްރެއިނަށް ކުރެއްވި މިދަތުރުފުޅާއެކު އެތިން ގައުމުން މިހަނގުރާމައިގައި ތިބީ ޔޫކްރެއިނާއެކުގައި ކަން މިވަނީ ދައްކައި ދީފައެވެ.

ހަނގުރާމަ ދިގުލައިގެން ދަމުންދާއިރު، ޔޫކްރެއިނުން ދަނީ އެގައުމަށް ވާގިވެރިވާ އެކުވެރި ގައުމުތަކުގައި އެގައުމަށް ރަޝިއާއާ ކުރިމަތިލެވޭނެ ފަދަ ހަތިޔާރު ފޯރުކޮށްދިނުމަށް އެދެމުންނެވެ. ރަޝިއާގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކަށް އިރުމަތީ ޔޫކްރެއިންގެ ސިއެވިއެރޮޑްނެސްކް ގައި ޔޫކްރެއިން ސިފައިން ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލަމުންދާކަމަށް ޔޫކްރެއިނުން ބުނެއެވެ. އަދި ދެކުނުގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި މަޑުމަޑުން ކުރިއެރުން ފެންނަ ކަމަށްވެސް ޔޫކްރެއިނުން ބުނެއެވެ.

ނަމަވެސް ޔޫކްރެއިނުން ވަނީ އިރުމަތީ ސަރަހައްދުގައާއި ދެކުނުގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގެ ނަތީޖާ ޔޫކްރެއިންގެ ކޮޅަށް ބުރަކުރުމަށް ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ އެހީ ވަރަށް ބޮޑު ރޯލެއް އަދާކުރާކަމަށް ބުނެފައެވެ. ހާއްސަކޮށް ރަޝިއާގެ އަސްކަރިއްޔާގެ ޒަމާނީ ހަތިޔާރުތަކާ ކުރިމަތިލެވޭ ފެންވަރުގެ އާޓިލެރީ ސިސްޓަމްތައް ބޭނުންވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

ޖަރުމަނާއި ފްރާންސް އަދި އިޓަލީގެ ވެރިން ޔޫކްރެއިނަށް ވަޑައިގަތުމުން އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެ ތިން ގައުމުގެ ވެރިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޒެލެންސްކީ ވަނީ ޔޫކްރެއިނާ އެގައުމުގެ ރައްޔިތުންނާއެކު އެ ތިން ގައުމުން ތިބިކަން ހާމަކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް މީގެ ގަޑިއިރުތަކެއް ކުރިން އާންމުކުރި ވީޑިއޯއެއްގައި ޒެލެންސްކީ ވަނީ ކޮންމެ ދުވަހަކުވެސް ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ހޯދަން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ޖަރުމަން، ފްރާންސް އަދި އިޓަލީގެ ވެރިން ވަނީ ހަނގުރާމާގައި ފުނޑުފުނޑުވެފައިވާ އަރޕިންއަށް ވަޑައިގެން އެސަރަހައްދުުގެ ހާލަތު ބައްލަވާލައްވާފައެވެ. އެތިން ގައުމުގެ ވެރިން ޔޫކްރެއިނަށް ކުރައްވާ މިދަތުރުފުޅު ރޭވުމަށް އެތައް ހަފުތާއެއް ނެގިކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ. އެހެން ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ އެކްސެކިއުޓިވް ކޮމިޝަންގެ ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ގައުމުތަކުގެ ވެރިން އެކުގައި ޔޫކްރެއިނަށް ވަޑައިގަތުމަކީ ރަނގަޅު ރަމްޒެއް ކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

އަންނަ ހަފުތާގެ އީޔޫ އެކްސެކިއުޓިވް ކޮމިޝަންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ގައުމަކަށް ޔޫކްރެއިން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުފްރާންސްއިޓަލީޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު