Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސީޒަންގެ ޕްރިމިއަރ ލީގު ފަށާނީ އާސެނަލްއާއި ކްރިސްޓަލް ޕެލަސްގެ މެޗުން

ލީގު ފަށާނީ އޮގަސްޓް 5 ވަނަ ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 08:39
ޗެމްޕިއަން ތަށްޓާއެކު ސިޓީގެ ކުޅުންތެރިން: ފޮޓޯ-ޕްރިމިއަރ ލީގު

ޗެމްޕިއަން ތަށްޓާއެކު ސިޓީގެ ކުޅުންތެރިން: ފޮޓޯ-ޕްރިމިއަރ ލީގު

އާސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ފަށާ މެޗުގައި އާސެނަލްއާއި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހިއްޖެއެވެ.

އޮގަސްޓް 5 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން 12:00 ގައި ލީގު ފަށާ މެޗުގައި މިދެޓީމް ވާދަކުރާނީ ކްރިސްޓަލް ޕެލަސްގެ ދަނޑުގައެވެ. ދެވަނަ ދުވަހު ލީގުގައި ހަތް މެޗު ކުޅޭނެއެވެ. އޭގެތެރޭގައި ޗެލްސީ އެވަޓަންއާ ވާދަކުރާ ނެޗާއި, ލިވަޕޫލް ފުލަމްއާ ވާދަކުރާ މެޗު ހިމެނެއެވެ. ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮގަސްޓް ހަތްވަނަ ދުވަހު ފުރަތަމަ މެޗުގައި ވާދަކުރާނީ ވެސްޓް ހޭމްއާއެވެ. އެމެޗު ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައެވެ. އެދުވަހު މެންޗެސްޓަރ ޔުނައިޓެޑް ފުރަތަމަ މެޗުގައި ވާދަކުރާނީ ބްރައިޓަންއާއެވެ.

ޕްރިމިއަރ ލީގު އޮގަސްޓްގައި ފެށިނަމަވެސް ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ވަރލްޑްކަޕަށް ލީގު މެދުކަނޑާލާނެއެވެ. އެންމެ ލަސްވެގެން ނޮވެމްބަރު 14 ވަނަ ދުވަހު ޤައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހޭނެއެވެ. އަލުން އެކުޅުންތެރިން ކްލަބާ ގުޅެން ޖެހޭނީ ނޮވެންބަރު 26 ގެ ފަހުންނެވެ. އެހެންކަމުން މިޑްސީޒަން ބްރޭކް ހަ ހަފްތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނެއެވެ. ވަރލްޑްކަޕްގެ ކުރިން ޕްރިމިއަރ ލީގުގެ ފަހު މެޗުތައް ތާވަލްކޮށްފައިވަނީ ނޮވެމްބަރު 12 އަދި 13 ވަނަ ދުވަހަށެވެ.

ޕްރިމިއަރ ލީގުއާސެނަލްކްރިސްޓަލް ޕެލަސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު