Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނަމާދުގެ މުހިންމުކަން

ނަމާދު މުހިންމު އެކަމަކު ކަންތައްތައް ރާވަނީ ނަމާދުގަޑިތަކަށް ބެލުމެއްނެތި؟

14 ޖޫން 2022 | އަންގާރަ 16:11

ނަމާދަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ދެވަނަ އަށް އެންމެ މުހިންމު ރުކުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖޫން 2022 | އަންގާރަ 16:11
މީހަކު ނަމާދު ކުރަނީ

މީހަކު ނަމާދު ކުރަނީ

ނަމާދަކީ ﷲ ތަޢާލާ ވާޖިބުކުރައްވައި ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަ ކަމަށާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ އަށް އެންމެ މުހިންމު އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ފަރުޟުކުރެއްވި ކަންކަމުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެވެ.

ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުއްމަތުގެ ޢިލްމުވެރިންވަނީ ފަރްޟު ފަސް ނަމާދު ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާއިމެދު ޚިލާފުވެފައެއް ނުވެއެވެ. އަދި މިއީ އިސްލާމްވުމަށްފަހު ދީނުގައި ކޮންމެ މުސްލިމަކަށްވެސް ކޮންމެހެންވެސް އެނގުން ލާޒިމް ކަމެކެވެ. އެއްވެސް މުސްލިމަކަށް ނަމާދަކީ ފަރުޟެއްކަން ނުވަތަ ވާޖިބެއްކަން ނޭނގި އޮތުން މުސްތަޙީލް މިންވަރަށް، މި އަޅުކަމުގެ ހުކުމަކީ އެނގި ބަޔާންވެފައިވާ ކަމެކެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ކުޑަކުދިންނަކީ އެ ގައުމެއްގެ މުސްތަގުބަލު ރޯޝަން ކުރަން ތިބޭ މާދަމާގެ ޒުވާނުންނެވެ. ބޮޑެތި މީހުންނެވެ. ނަމަވެސް މުސްތަގުބަލުގައި އެ ގައުމެއް ރޯޝަން ވަނީ އެކުދިންނަށް މިއަދު ލިބޭ ތައުލީމަކާއި ފުރިހަމަ ތަރުބިއްޔަތަކުންނެވެ. އަދި އެކުދިންގެ އުޅުމުގައި ކިޔަމަންތެރިކަމާއި ހަރުދަނާ އަޚްލާގުވެސް ހުރި މިންވަރަކުންނެވެ.

މިފަދަ ފުރިހަމަ ހަރުދަނާ ތައުލީމީ ކުދިންކޮޅަކަށް ވެވޭނީ އެންމެ ފުރަތަމަ އިސްލާމީ ވާޖިބު ތަކަށް ސަމާލުކަންދީ ހުރުމަތްތެރިކޮށް ހިތައިގެންނެވެ. ޚާއްސަކޮށް ނަމާދުކުރުމަކީ މަޖްބޫރުކަމެއްނެތި ކުރާ ހިތުންކުރާކަމަކަށް ވެގެންނެވެ. އެހެނީ ނަމާދަކީ އެންމެހައި ނުބައިކަންތަކާއި، ވިޔާނުދާ ގޮތްތަކުން ތިމާ ދުރުހެލިކޮށް، މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވުމާއި، ކިޔަމަންތެރިވާންވީ އުސޫލު ދަސްކޮށްދޭ އަޅުކަމަކަސްވާތީއެވެ. އަދި އިސްލާމީ މަތިވެރި ރޫހު ހިތްތަކުގައި އާލާވެ، މުސްލިމުންގެ މެދުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދޭ އެންމެ ވަރުގަދަ ރުކުނެވެ.

އިސްލާމް ދީނުގައި ނަމާދަށް މިހާ މުހިންމު ކަމެއް ދެވިފައިވާއިރު ހިތާމަކުރަންޖެހޭ ކަމަކީ ދިވެހި މި މުޖުތަމައުއިން ނަމާދަށް އަހަމިއްޔަތުކަން ނުދޭކަމެވެ. ސަރުކާރުންނާއި ސްކޫލުތަކުން ވެސް ނަމާދަށް އަހަމިއްޔަތުކަމެއް ނުދެއެވެ. ސަރުކާރުގެ އެކި ހަރާކަތްތައް ބާއްވާއިރު ވެސް ނަމާދުވަގުތާ ފުށުއަރާ ގޮތަށް އެ ހަރަކާތްތައް ބާއްވައެވެ. އެއީ ހިންގާ ސެމިނަރއަކަށް ވިޔަސް ވާރކްޝޮޕަކަށް ވިޔަސް އަދި ބައްދަލުވުމަކަށް ވިޔަސްމެއެވެ. އަދި ސްކޫލުތަކުން ވެސް ހަރަކާތްތައް ހިންގާއިރު ނަމާދަށް ނުވިސްނާތަން އެބަފެނެއެވެ. އެގޮތުން ސްކޫލްގެ އެކި އިތުރު ހަރަކާތްތައް ރާވާ ހިންގާއިރު ވެސް، މަޢްރިބު ނަމާދު ނިމިގެން ގޮސް އިޝާ ނަމާދު ވެސް އެޅޭ ގޮތަށް ހަރަކާތްތައް އެބަ އިންތިޒާމު ކުރެއެވެ. ވިސްނާލުމެއް ނެތިއެވެ.

ދާދި ފަހުން މިކަމަށް އަލިއަޅުވާލާފައިވާ ފޭސްބުކް ޕޯސްޓެއް ދުށީމެވެ. އެ ޕޯސްޓުގައިވާ ގޮތުން ދަރިފުޅު ނަމާދުގެ ވާހަކަ ދެއްކުމުން ކުދިން ޖޯކު ޖަހާ ކަމަށް ބުނެފައިވެއެވެ. އަސުރަށްގޮވީމަ ޕްލޭ ގްރައުންޑްގައި ހުރެފައި ނަމާދަށް ދާން އެ ކުއްޖާ ޓީޗަރު ގާތުގައި ބުނުމުން ޖަވާބުގައި އެޓީޗަރު ބުނީ އެތަނުގައި ނަމާދު ކުރާނީ ކިހިނެއްތޯއެވެ. މިއީ ތުއްތު އިރުއްސުރެ ނަމާދަށް ފަރުވާތެރި ކުރެވުނު ދަރިފުޅުގެ ޝަކުވާ ކަމަށް ޕޯސްޓުގައިވެއެވެ.

މި ޕޯސްޓުގައި ވަނީ ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. އެއީ މެންދުރު ފަހު އޮންނަ ސްކޫލު އިވެންޓް އަސްރު ނަމާދަށް މެދު ކަނޑާ ނުލެވޭކަމެވެ. ކުދިން ނަމާދު ކުރަން ބޭނުންވި ނަމަވެސް އިވެންޓް ނިމެންދެން މަޑުކުރުމަށް ކުދިންނަށް އިރުޝާދު ދެވެެއެވެ. ފޮތުން ކިޔަވައިދެއެވެ. އެންމެ ފުރަތަމަ ނަމާދެވެ. އެކަމަކު ދުވަހަކުވެސް ނަމާދު ވަގުތު ވުމުން ކުޅިވަރުގެ ހަރަކާތް މެދުކަނޑާލައި ނަމާދުގެ މުހިއްމުކަން އަމަލުން ނުދެއްކޭ ވާހަކައެވެ. ބަންގި ގޮވާ ވަގުތަށް ޙަރަކާތް ރާއްވާފަ އޮތުމުގެ އިތުރުން ގަޑި ނުޖެހި އައުމަށް އިރުޝާދު ދެވޭ ވާހަކައެވެ. މިއީ ނަމާދު ވަގުތު ކަމުން ގަޑި ލަސްކޮށްލާ ނަމާދު ވަގުތު ކުރަންވާނީ ނަމާދުކަން ބުނެއެއް ނުދެވެއެވެ. އެކަމަކުވެސް އަނެއް ދުވަހު އިސްލާމް ޓީޗަރު ނަމާދުގެ މުހިއްމު ކަން ކިޔައިދޭނެއެވެ. ނަމާދު ވަގުތަށް ކަންކަން އިންތިޒާމު ނުކުރަން ނަމާދު ވަގުތު ވުމުން ހަރަކާތްތައް މެދުކަނޑާލައި ނަމާދަށް އިސްކަންދޭން ދަސްކޮށްދޭނެ ވެރިއެއް ޓީޗަރެއް ބަހެއް ބުނަން ކެރޭނެ އެކަކުވެސް ނެތްކަމެވެ.

ބަހެއް ބުނާ ބެލެނިވެރިއަކީ ހަރުކަށި، ކަންކަމުގައި މާ "އޯވަރ" ވާ މީހެއްގެ ގޮތުގައި ނަންދެވި ފަހުން ކުރެވިދާނެ ނޫންހޭ ވެސް ބުނެވޭ ވާހަކައެވެ. ފޮތުން ކިޔަވައިދެމުން އަމަލުން އެކަން މަނާ ނުކުރެވުމުން އަދުގެ ތަޢުލީމު ޙާސިލްކޮށް ނިމޭ ދަރިވަރުވެސް މުޖްތަމަޢަށް ނުކުންނަނީ ނަމާދަކީ އޮޕްޝަނަލް، ނުވަތަ ކުރަންޏާ ކުރަން އޮންނަ ކަމެއްކަމަށް ދެކިގެންކަމަށް މި ޕޯސްޓުގައިވެއެވެ. ފުރަތަމަ އަދާކުރަން ޖެހޭ ވާޖިބުއަދާ ކުރަން ފެއިލްވެފައިވާ މައިންބަފައިން ތަކަކާއި އެދުރުން ތަކެއްގެ އަތުން ރަނގަޅު ޖީލެއް ބިނާ ނުކުރެވޭ ވާހަކައެވެ.

މިއީ ހަމަ ޤައިމުވެސް ފުންކޮށް ވިސްނަންވީ މުހިންމު ކަމެކެވެ. ވީއިރު، މިފަދަ ވަރުގަދަ ގޮތެއްގައި އިސްލާމްދީނުގައިވާ އަޅުކަމަކަށް، ކޮންމެ މީހަކު ސަމާލުކަން ދިނުމަކީ ހާދަހާ މުގައްދަސް ވާޖިބެކެވެ. ނަމާދަށް ގޮވުމުން ކުޅިވަރުތައް ހުއްޓާލާފައި، ނަމާދަށް ދިއުމަކީ އުފަލަކަށް ހަދަންވީއެވެ. އަދި އެކަމަށް މަގު ފަހި ކޮށްދިނުމަކީ ވެސް އުފަލަކަށް ހަދަންވީއެވެ. ޚާއްސަކޮށް ޢިޝާ ނަމާދާއި، ފަތިސްނަމާދުގައި އިތުރު ސަވާބު އާއި ރަހުމަތް ހުރިކަމަށް ވެސް ބައެއް އިލްމުވެރީން ލިޔުއްވާފައިވެއެވެ. އެއީ އިޝާ ނަމާދުކޮށްގެން ނިދާއިރު، އެކުއްޖަކު އެ ނިދަނީ، މާތްﷲ ރުއްސެވުން ލިބިގެން، އަދި ފަތިހު ތެދުވެ ފަތިސް ނަމާދު ކުރުމުން، އެކުއްޖަކު އައު ދުވަހަކާ ކުރިމަތިލަނީ، މާތްﷲގެ ރުއްސެވުން ލިބި ފިސާރި ފުރިހަމަ ގޮތުގައި ހިތްހަމަޖެހިގެން ކަމަށްވާތީއެވެ. ނަމާދުގެ މުހިންމުކަން ހިތަށް ގެނުވާ، ނަމާދާމެދު ފަރުވާތެރިވަމާތޯއެވެ. ކުދިންވެސް ނަމާދަށް ފަރުވާ ބަހައްޓާބަޔަކަށް ހެދޭތޯ ބެލުމަށް އެންމެންވެސް މަސައްކަތް ކުރަމާތޯއެވެ.

ނަމާދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 މާރިޗު 2024

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް
17 ސެޕްޓެމްބަރު 2022

ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން

17 ސެޕްޓެމްބަރު 2022
ޙަޤީޤީ އުފާ ލިބުން ވަނީ އިސްލާމީ އުޞޫލުތަކަށް ތަބާ ވެވިގެން
14 އޯގަސްޓު 2022

ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން

14 އޯގަސްޓު 2022
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
10 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
21 އޯގަސްޓު 2017

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް