Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަކުރު އެކްސްޕޯޓް ކުރުން

ރާއްޖެއަށް 520 ޓަނުގެ ހަކުރު އިންޑިއާއިން ދޫކޮށްފި

14 ޖޫން 2022 | އަންގާރަ 14:20

ހަކުރު ދޫކުރުމަށް ނިންމާފައިވަނީ ބައިލެޓްރަލް ޓްރޭޑް އެގްރީމަންްޓްގެދަށުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖޫން 2022 | އަންގާރަ 14:20
6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު ދަށްކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނޭ

6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު ދަށްކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެއަށް 520 ޓަނުގެ ހަކުރު އިންޑިއާއިން ދޫކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް 520 ޓަނުގެ ހަކުރު ދޫކުރުމަށް ނިންމާފައިވަނީ ބައިލެޓްރަލް ޓްރޭޑް އެގްރީމަންްޓްގެދަށުން ކަމަށެވެ. އަދި މިގޮތަށް ނިންމާތާ 90 ދުވަހުގެ ތެރޭގައި ރާއްޖެއަށް ހަކުރު ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު 10 މިލިއަން ޓަނަށް އިންޑިއާއިން ވަނީ ދަށްކޮށްފައެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ އެއްގައުމެވެ. އަދި އިންޑިއާއަކީ ބްރެޒިލަށްފަހު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ.

މީގެ ކުރިން މާޗު މަހުވެސް އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރާ މިންވަރު ކޮންޓްރޯލްކުރަން އުޅޭކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އޭރު ރިޕޯޓުކޮށްފައިވަނީ މިސީޒަންގައި އެކްސްޕޯޓްކުރާ ހަކުރުގެ އެންމެ ގިނަ މިންވަރަކީ 8 މިލިއަން ޓަނު ކަމަށް ހެދުމަށް ނިންމާފައިވާކަމަށެވެ.

ބްރެޒިލުން އުފައްދާ ހަކުރުގެ އަދަދު މަދުވުމާއި ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު އުފުލެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން އެންމެ ފުރަތަމަ 8 މިލިއަން ޓަނަށްވުރެ އިތުރަށް އެކްސްޕޯޓްނުކުރެވޭނެ ގޮތް ހެދުމަށް ނިންމުމަށްފަހު، މިއަދަދު 10 މިލިއަށް އިތުރުކޮށްފައިވަނީ، މިހާރު އިންޑިއާގެ ހަކުރު އުފައްދާ ކުންފުނިތަކަށް ކުރިން އަންދާޒާކުރިވަރަށްވުރެ އިތުރަށް ހަކުރު އުފެއްދޭނެކަމަށް ލަފާކުރެވުމުންނެވެ.

އިންޑިއާގެ ޝުގަރ މިލްސް އެސޯސިއޭޝަނުން އަންދާޒާކުރާގޮތުގައި މިއަހަރު 35.5 މިލިއަން ޓަނުގެ ހަކުރު އުފެއްދޭނެއެވެ. ނަމަވެސް މީގެކުރިން މި އެސޯސިއޭޝަނުން އަންދާޒާކޮށްފައިވަނީ 31 މިލިއަން ޓަނުގެ ހަކުރު އުފެއްދޭނެކަމަށެވެ. އިންޑިއާގެ އެކި ކުންފުނިތަކުން މިހާތަނަށް 8.5 މިލިއަން ޓަނުގެ ހަކުރު މިއަހަރުގެ ތެރޭގައި އެކްސްޕޯޓްކުރަން ވަނީ ބޭރުގެ ކުންފުނިތަކާއެކު އެއްބަސްވެފައެވެ. މި 8.5 މިލިއަން ޓަނުގެ ހަކުރުގެ ތެރެއިން މިހާތަނަށް 7.1 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން މިގޮތަށް ނިންމާފައިވާއިރު، ކާޑުގެ ބާވަތްތަކާއި، ތެލާއި، ބޭސް، ދަތިނުވެ، ގަންނަވަރަށް ފައިސާ ހުންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ދެއްވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ދައުލަތަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދޭ އެސްޓީއޯއަށް ފައިނޭންޝަލް ކެޕޭސިޓީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެސްޓީއޯއިން އެ ބާވަތްތައް ދަތިނުވެ އިމްޕޯޓްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާދިވެހިރާއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް