Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި، އިތުރު ސިޓީއަކަށް ދެވެން އޮންނަ ބްރިޖްތައް ހަލާކުކޮށްލައިފި

ރަޝިޔާއިން މަސައްކަތް ކުރަމުންގެންދަނީ ޔޫކްރެއިންގެ އިންޑަސްޓްރިއަލް ހަރަކާތްތައް އޮންނަ އިރުމަތީފަޅި ހިސޯރު ކުރުމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 14 ޖޫން 2022 | އަންގާރަ 12:21
ޔޫކްރެއިން

ޔޫކްރެއިން

މިހާރު ކުރިޔަށްދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި، ޔޫކްރެއިންގެ އިތުރު ސިޓީއަކަށް ދެވެން އޮންނަ ބްރިޖްތައް ރަޝިޔާ ސިފައިން އެއްކޮށް ހަލާކުކޮށްލައި އެސަރަހައްދު ވަކިކޮށްލައިފިކަމަށް ޚަބަރުލިބެއެވެ.

މިގޮތުން ސެވެރޮ ޑޮނިޔެޓްސްކް ކިޔާ ސިޓީއަށް ދެވެން އޮންނަ ތިން ބްރިޖްވެސް ހަލާކުކޮށްލާފައިވާ ކަމަށް އެސިޓީގެ ގަވަނަރު ވިދާޅުވެފައިވެއެވެ. ބްރިޖްތައް ހަލާކުކޮށްލުމުން އެސަރަހައްދަށް ކާބޯތަކެއްޗާއި އެހެންވެސް ޒަރޫރީ ތަކެތި ސަޕްލައިކޮށްދެވޭނެ ގޮތެއް ނެތްކަމަށާއި، އެތަނުން ބޭރުވާން ބޭނުންވާ ރައްޔިތުންނަށް އެތަނުން ބޭރުވެވޭނެ ގޮތެއްވެސް ނެތްކަމަށް، އޮފިޝަލުންނާ ހަވާލާދީ ލިބޭ ރިޕޯޓްތައް ބުނެއެވެ.  

ޔޫކްރެއިންގެ އިރުމަތީފަޅީގެ ސިޓީއެއްކަމަށްވާ ސެވެރޮ ޑޮނިޔެޓްސްކް ހިފުމަށް ރަޝިޔާސިފައިން ގަދަފަދަ ހަމަލާތައް ދެމުންދާއިރު، ބޮޑުބަޑިއާއި އެހެންވެސް ދުރަށް ފޯރާ ހަތިޔާރުތަކުން ހަމަލާދެމުން ގެންދާތީ، ޔޫކްރެއިން ސިފައިންނަށް ސިޓީގެ މެދުތެރެ ދޫކޮށް ދާން މަޖުބޫރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސެވެރޮ ޑޮނިޔެޓްސްކްގެ ކޮންޓްރޯ ނެގުމަށް ރަޝިޔާ ސިފައިން އިސްކަންދެމުން އަންނަތާ ދެތިން ހަފުތާވެއްޖެއެވެ. މިސިޓީއާ ޖެހިގެން އޮންނަ ލިސީޗާންސްކް އަތުލެވިއްޖެނަމަ ރަޝިޔާއަށް މުޅި ލުހާންސްކް ސަރަހައްދުގެ ކޮންޓްރޯލް ލިބުނީއެވެ.  އެސަރަހައްދުގެ ގިނަ ހިސާބުތައް މިހާރުވެސް އޮތީ ރަޝިޔާއަށް މަދަދުވެރިވާ ހަނގުރާމަވެރިންގެ އަތްދަށުގައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވަނީ ސެވެރޮ ޑޮނިޔެޓްސްކް ހިފުމަށް ކުރާ ހަނގުރާމައިގައި "ބިރުގަންނަހާ" ގިނަ އަދަދަކަށް އެކިގޮތް ގޮތުން މީހުންމަރުވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔޫކްރެއިން ސިފައިން އެސިޓީގެ "މީޓަރަކުން މީޓަރަކުން" ހިމާޔަތްކުރަން ހިތްވަރުކުރަމުންދާކަމުގައެވެ.  

ރިޕޯޓްތައް ބުނާގޮތުން، ސެވެރޮ ޑޮނިޔެޓްސްކްގެ 70 އިންސައްތަ މިހާރު ވަނީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އެސަރަހައްދުގައި މިހާރުވަނީ "ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް"ގެ ނަމުގައި އަމިއްލަ ދައުލަތެއްވެސް އިއުލާނުކޮށްފައެވެ. އެފަރާތުންވަނީ، ޔޫކްރެއިން ސިފައިންނަށް އޮތީ ދެގޮތެއް ކަމަށާއި، އެއީ މަރު ނުވަތަ އަމާންދިނުން ކަމަށް ބުނެފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާސިފައިން ޔޫރެއިންއަށް ހަމަލާ ދޭންފެށިއިރު ބުނެފައިވަނީ، އެއީ ޔޫކްރެއިންގެ ހިމާޔަތުގައި ހިންގާ މިލިޓަރީ އޮޕަރޭޝަނެއްކަމަށެވެ. ނަމަވެސް މިހާރު ފެނި ހާމަވާގޮތުގައި ރަޝިޔާއިން މަސައްކަތް ކުރަމުން އެ ގެންދަނީ ޔޫކްރެއިންގެ މައި އިންޑަސްޓްރިއަލް ހަރަކާތްތައް އޮންނަ އިރުމަތީފަޅި ހިފުމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު