Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނގުރަލުގެ ވިޔަފާރި ކުރުން

ބަނގުރަލުގެ ވިޔަފާރިކުރުމުގެ ދައުވާއިން ސަލާމަތްވީ އެކަށީގެންވާ ހެކި ނެތުމުން

އިތުރު ހެތްކެއް އޭނާއާ ދެކޮޅަށް ދައުލަތަށް ދެއްކިފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2022 | އަންގާރަ 11:52
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން، ބަނގުރަލުގެ ވިޔަފާރިކުރުމުގެ ދައުވާއިން މީހަކު ސަލާމަތްވެއްޖެއެވެ.

މި މައްސަލައިގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އުފުލާފައިވަނީ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ދައުވާލިބޭ ފަރާތާއި މި މައްސަލައިގައި ފެނިފައިވާ ބަނގުރަލާ ގުޅުވާލެވޭ ހަމައެކަނި ހެތްކަކީ އޭނާގެ އަތުން ފެނިފައިވާ ތަޅުދަނޑިއެއްކަން، މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބު ހުކުމްކުރައްވަމުން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެނޫން އިތުރު ހެތްކެއް އޭނާއާ ދެކޮޅަށް ދައުލަތަށް ދެއްކިފައި ނުވާކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އަދި އެތަކެތި ފެނުނު ކޮޓަރީގައި ނުވަތަ ފާޚާނާ ތެރޭގައި ބަނގުރާ ހުރިކަން އޭނާއަށް އެނގޭނެ އެއްވެސް ހެތްކެއް ނުވަތަ ގަރީނާއެއްވެސް ދައުލަތުން ހުށައަޅާފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާލިބޭ މީހާ އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިންކާރުކޮށްފައިވެއެވެ. އޭނާގެ ފަރާތުން ވަނީ (ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު) މިއީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަން ފާހަގަކޮށްފައެވެ. އެ މައުޟޫއަށް ދެފަރާތުންވެސް ބަހުސްކުރުމަށް އެކަށީގެންވާ ފުރުސަތު ގާޒީ ވަނީ ދެއްވާފައެވެ.

ގާޒީ ވިދާޅުވާގޮތުގައި، މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލައިގައި ހުށައަޅާފައިވާ ހެތްކާއި ގަރީނާތަކަށް ބަލައި މި ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް ފެނިވަޑައެއްނުގަންނަވައެވެ. ވުމާއެކު ގާޒީ ވަނީ މި ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދާނެ ތަނެއް ނެތް ދައުވާއެއްކަމަށް ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު