Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާންގެ މިނިވަންކަން

ޓައިވާން މައްސަލައިގައި އެމެރިކާއާއި ޗައިނާ ހަނގުރާމައަކަށް ދަނީތަ؟

14 ޖޫން 2022 | އަންގާރަ 05:37

ޓައިވާން މައްސަލައިގައި އެމެރިކާ އާއި ޗައިނާ ހަނގުރާމައަކަށް ހިނގައްޖެނަމަ މުޅި ދުނިޔޭގެ ހުރިހާކަމަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 14 ޖޫން 2022 | އަންގާރަ 05:37
ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންގް ހެއި

ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންގް ހެއި

ޓައިވާންގެ މިނިވަންކަމާބެހޭ ގޮތުން އެމެރިކާގެ ރައީސް ޗައިނާއަށް އިންޒާރު ދެއްވާ މޭރުމަކުން ވާހަކަފުޅު ދެއްކެވިތާ މަހެއްހާދުވަސް ވެސް ނުވަނީސް، ޓައިވާނަށް މިނިވަންކަން ހޯދާދޭން ކުރާ ކޮންމެ މަސައްކަތެއް ވަގުތުން "ފުނޑު ފުނޑު ކޮށްލާނެ" ކަމަށް ބެއިޖިންގ އިން ބުނެފިއެވެ.  

ސިންގަޕޫރުގައި ކުރިޔަށްދާ އޭޝިއަން ސެކިއުރިޓީ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންގް ހެއި ވިދާޅުވީ އެމެރިކާއިން ޓައިވާންގެ މިނިވަންކަމަށް ތާއީދު ކުރުމަކީ ކުރިން އެއްބަސްވެފައި އޮތްގޮތާއި ޚިލާފް ކަމެއް ކަމަށާއި އަދި އެކަމަކީ ޗައިނާގެ އެތެރޭގެ ކަންކަމާ ބެހުން ކަމުގައެވެ. ހަމަ މިއާއެކު ޖެނެރަލް ވެއި ވިދާޅުވީ އެއްވެސް ފަރާތަކުން ޓައިވާން ޗައިނާއިން ވަކިކޮށްލަން އުޅެފިނަމަ ހަނގުރާމައަކަށް ދާން ޗައިނާއިން ފަސްނުޖެހޭނެ ކަމުގައެވެ. އަދި އެއީ އެކަމުގެ އަގު ކޮންމެފަދަ ގޮތަކަށް ދައްކަން ޖެހުނު ކަމެއް ކަމުގައި ވީނަމަވެސް މައްސަލަ ކޮޅެއްގައި ޖެހެންދެން ނުވަތަ ނަތީޖާ އެއް ފެންނަންދެން ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށެވެ. މިނޫން "ޗޮއިސް އެއް" ޗައިނާއަށް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިން ވިދާޅުވެފައިވަނީ ޗައިނާއިން ޓައިވާން ކައިރިއަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވުމަކީ ނުރައްކަލަށް "ތުއިދެއްކުން" ކަމަށާއި އެހާކައިރިއަށް ޖެހި، ކަތި ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާއިން ޓައިވާންއަށް އަސްކަރީ ހިމާޔަތް ދޭނެ ކަމަށެވެ.

މީގެ ދެތިން ހަފްތާކުރިން ޗައިނާއިން ޓައިވާންގެ އެއާ ޑިފެންސް ޒޯން ތެރެއިން ހަނގުރާމަމަތީ ބޯޓުތައް އުދުއްސާފައިވާއިރު އެމެރިކާއިން ވަނީ ނޭވީ މަނަވަރުތައް ޓައިވާން އާއި ގާތަށް ފޮނުވާފައެވެ. މިހާރު އޮތް ބިރަކީ ޗައިނާއިން ގަދަބާރުން ޓައިވާންއަށް އަރާ އެތަން ހިސޯރު ކޮށްފިނަމަ ހަނގުރާމަ ވަގުތުން ފެށިދާނެ ކަމުގެ ބިރެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި މިފަދަ ހަނގުރާމައެއްގެ ގެއްލުން ވާނީ ހަމައެކަނި ޗައިނާއާއި ޓައިވާންއަކަށް ނޫނެވެ. އެކަމުގެ ގެއްލުން މުޅި ދުނިޔެއަށްވެސް ވަރަށް ބޮޑުވާނެކަން ޗައިނާއަށް ރަގަޅަށް އެނގޭނެ އެވެ.

1949 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމަޔާ ހަމައިން ޓައިވާންވަނީ ވަކި ގައުމެއްގެ ގޮތުގައި އިއުލާންކޮށް އެކަން ދަމަހައްޓަމުންނެވެ. މިވަގުތުވެސް ޓައިވާނުންވެސް ގެންދަނީ އަމިއްލަ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް