Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އާއި ޗައިނާގެ ކޯޅުން

އެމެރިކާ އުޅެނީ އޭޝިއާ ސަރަހައްދުގެ ތާއީދު ހައިޖެކް ކުރަން: ޗައިނާ

13 ޖޫން 2022 | ހޯމަ 08:56

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވާރާއި މަތިންދާ ބޯޓުތައް ފޮނުވައިގެން އެމެރިކާގެ ގަދަބަދަވިކަން ދައްކަން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ޖޫން 2022 | ހޯމަ 08:56
ޗައިނާގެ ދިފާއީ ވަޒީރު، ޖެނެރަލް ވެއި ފެންގްހީ

ޗައިނާގެ ދިފާއީ ވަޒީރު، ޖެނެރަލް ވެއި ފެންގްހީ

މަލްޓިލެޓެރަލިޒަމް ނުވަތަ 3 ފަރާތަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ ގުޅުންތަކުގެ ނަމުގައި އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ގައުމުގެ މަސްލަހަތު ފެތުރުމަށް ކަމަށާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތައް، ޗައިނާ ސަރުކާރާ ދެކޮޅުވެރި ކުރުވުމުގެ ގޮތުން އެ ގައުމުތަކުގެ ތާއީދު، އެމެރިކާއިން "ހައިޖެކް" ކުރަމުން ދާ ކަމަށް، ޗައިނާގެ ދިފާއީ ވަޒީރު، ޖެނެރަލް ވެއި ފެންގްހީ ތުހުމަތު ކުރައްވައިފިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު މިފަދަ ތުހުމަތު ކުރައްވާފައި ވަނީ، އަމިއްލަ ވެރިކަމެއް ކުރަމުން ދާ ޓައިވާންގެ މިލްކުވެރިކަމަށް ކުރާ ދައުވާއާއި، އެ ސަރަހައްދުގައި ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމުގެ ސަބަބުން، ހަމަނުޖެހުން އުފައްދާ ކަމަށް، ޝަންގްރިއްލާ ޑައެލޮގްސްގައި އެމެރިކާގެ ދިފާއި ވަޒީރު ލޮއިޑް އޮސްޓިން އަމާޒު ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުންނެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު މަލްޓިލެޓެރަލް ޕާޓްނާޝިޕްތައް ބަދަހި ކުރަން ޖެހޭކަމަށް އޮސްޓިން ވިދާޅުވެފައިވާ އިރު، އެއީ ޗައިނާ "ކަނަކަށް ހަވާސާ ކުރުމަށް" އެމެރިކާއިން ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެއި ވަނީ ތުހުމަތު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު ޗައިނާއިން މިހާރުވެސް ދަނީ އެ ގައުމުގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރުކޮށް، ސަރަހައްދީ ފެންވަރުގައި ނުފޫޒު ގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ސޮލޮމަން އައިލަންޑްސްއާއެކު ދާދި ފަހުން ވަނީ ސަލާމަތާ ގުޅުންހުރި އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމާއެކު، ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ކަނޑުގެ އަސްކަރީ ބޭހެއް އަޅާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ޗައިނާއިން ކެމްބޯޑިއާގައި ކަނޑުގެ އަސްކަރީ ބަނދަރެއްގެ ބިންގާއަޅާފައެވެ. މިއީ ތައި-ގަލްފް ސަރަހައްދުގައި ޗައިނާގެ ފިޔަވަޅުތިލަ ސާބިތުކޮށްދޭނެ މަޝްރޫއެކެވެ.

ޗައިނާއިން ހައިޕާސޮނިކް މިސައިލް ޓެސްޓު ކުރި ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ 2021 ވަނަ އަހަރު ތުހުމަތު ކުރައްވާފައެވެ. ހައިޕާސޮނިކް މިސައިލްތަކަކީ މިސައިލުން ދިފާއުވުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ އެހީގައި ނެތިކޮށްލަން ދަތި މިސައިލްތަކަކަށްވާ އިރު، ޗައިނާއިން ވަނީ، އެއީ ޖައްވީ އުޅަނދަކަށް ބޭނުންވާ ރޫޓިން ނުވަތަ އާންމު އުސޫލުން ކުރި ޓެސްޓެއް ކަމަށް ބުނެ، ދިފާއަށް ކުޅެފައެވެ. ޗައިނާގެ ދިފާއީ ވަޒީރުވެސް ވަނީ އެ ގައުމުން ހައިޕާސޮނިކް މިސައިލް އުފައްދާ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެގޮތުން ކޮންމެ ގައުމަކުންވެސް އެކަން ކުރާނެ ކަމަށާއި، ވީ އިރު، ޗައިނާއިން އެކަން ނުކުރާންވީ ކީއްވެތޯ ވެއި ވަނީ ސުވާލު އުފައްދަވާފައެވެ. ޗައިނާއިންވެސް އެ ގައުމުގެ އަސްކަރިއްޔާ ތަރައްގީ ކުރާނެ ކަމަށާ، އެއީ އެކަން އޮންނާނެ ގޮތް ކަމަށްވެސް ވެއި ވަނީ ވިދާޅުވެފައެވެ.

ޗައިނާއަކީ ދިގު މުއްދަތުގެ ރާސްތާއަކަށް ބަލާއިރު ދުނިޔެއަށް އޮތް އެންމެ ސީރިއަސް ގޮންޖެހުން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަންވަނީ ހުސްވި މަހު ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ޓައިވާންގެ މިލްކުވެރިކަމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކާއި، އިސްތިރާޖީ ގޮތުން ހައްސާސް، ދެކުނު ޗައިނާ ކަނޑުގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދިފާއުގައި ތެދުވީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާއި ޓައިވާން ސްޓްރެއިޓްގައި މިނިވަންކަމާއެކު ނިޔެމިކަމުގެ ޕެޓްރޯލް ހަރަކާތްތައް ހިންގަން ގޮވާލަމުންނެވެ. ނަމަވެސް، ޗައިނާގެ އަސްކަރިއްޔާއިން ބައެއް ފަހަރު އެކަމަށް ހުރަސްތައް ކުރިމަތި ކުރެއެވެ.

ޖަވާބުގައި ވެއި ވިދާޅުވަނީ، ޕެޓްރޯލް ކުރުމުގެ ނަމުގައި ޗައިނާ ސަރަހައްދުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަންނަ ކަމަށާއި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވާރާއި މަތިންދާ ބޯޓުތައް ފޮނުވައިގެން އެމެރިކާގެ ގަދަބަދަވިކަން ދައްކަން މަސައްކަތް ކުރާ ކަމަށެވެ.

ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާ އޮތީ ފިލިޕީންސްއާއި ވިއެޓްނާމް ފަދަ ގައުމުތަކާ ދެކޮޅަށް ތަޅާފޮޅުމަކަށް ދާ ފައްތަރުގައިކަމަށްވާ އިރު، ވެއި ވިދާޅުވީ، ހައްލު ހޯދުމަކީ އެ ސަރަހައްދުގެ ގައުމުތަކަށް އޮތް ޒިންމާއެއް ކަމަށެވެ. ޗައިނާއިން ގޮވާލަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ސުލްހަވެރި، އެކުވެރި އަދި ބަދަހި ގުޅުމެއް އޮތް ސަރަހައްދަކަށް ހެދުމަށް ކަމަށާ، އެއީ އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާ ކުރާ ޒިންމާއެއް ކަމަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޓައިވާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ޓައިވާންއަކީ 1949 ވަނަ އަހަރުގެ ދާހިލީ ހަނގުރާމާގައި ކޮމިއުނިސްޓް ޕާޓީއާ ބައްދަލުކޮށް ބަލިވި ގުރޫޕުން އުފެއްދި ވަކި ސަރަހައްދެކެވެ. ކޮމިއުނިސްޓް ޕާޓީއިން ވެރިރަށަކީ ބީޖީންގް ކަމުގައި ހަދާ، މައި ޗައިނާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދިއެވެ.

މައި ޗައިނާއިން ޓައިވާން ވަކިވުމަށް މަސައްކަތް ކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް ގާނޫނީ ބާރު ލިބިދޭ ގޮތަށް ޗައިނާގެ ސަރުކާރުން އެ ގައުމުގެ ގާނޫނަށް ބަދަލު ގެނައީ 2005 ވަނަ އަހަރުއެވެ. 

ޓައިވާންގެ މިނިވަންކަމަށް ބަޔަކު މަސައްކަތް ކުރާނަމަ ހަނގުރާމައަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޗައިނާއިން އިންޒާރުކޮށްފައިވާ އިރު، އެ މައްސަލައަކީ ދާހިލީ ކަމެއް ކަމަށްވެސް ޗައިނާއިން ވަކާލާތު ކުރެއެވެ.

ސިންގަޕޫރުގައި ބޭއްވި 19 ވަނަ ޝަންގްރިއްލާ ޑައެލޮގްގައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވާހަކަ ކުރިއަށް ގެންދަވަމުން އެމެރިކާގެ ދިފާއީ ވަޒީރު ވަނީ، "ވަން-ޗައިނާ" ސިޔާސަތަށް، އެމެރިކާއިން ސާބިތު ކަމާއެކު ތާއީދު ކުރާ ކަމަށާ، "ޓައިވާންގެ މިނިވަންކަމަށް" އެމެރިކާއިން ތާއީދު ނުކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

ޓައިވާންގެ މައްސަލާގައި މިހާރު ވެފައިވާ އެއްބަސްވުމުގެ ރޫހާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާ ނަމަ އެކަމަކަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށާއި، އެފަދަ މައްސަލަތައް ހައްލު ކުރުމުގެ އަސާސް ގުޅިފައި ވަނީ ދޭދޭ ފެންވަރުގައި، ސުލްހަވެރި ކަމާއެކު މައްސަލަ ހައްލު ކުރުމާ ކަމަށްވެސް އޮސްޓިން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ވެއި ވިދާޅުވަނީ، އެމެރިކާއިން ޗައިނާއާ ދެކޮޅަށް "ޓައިވާން ކާޑު" ކުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ޗައިނާގެ އެންމެ ބޮޑު އުއްމަދަކީ ސުލްހައާއި ހަމަޖެހުން ކަމަށްވެސް ވެއި ވަނީ ވިދާޅުވެފައެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރެވެން އޮތްހާ ކަމެއް ޗައިނާއިން ކުރާނެ ކަމަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ވާހަކަ މިފަދަ ރޫހެއްގައި ހުރި އިރު، ޗައިނާގެ ދިފާއި ވަޒީރު ވަނީ، އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ރިޗާޑް މާލްސްއާއި އާދީއްތަ ދުވަހުގެ ވަގުތެއްގައި ބައްދަލު ކުރައްވާފައެވެ. މިއީ މި ދެގައުމުގެ އިސް އޮފިޝަލުންތަކެއްގެ މެދުގައި، ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. އޮސްޓްރޭލިއާއަކީ ޕެސިފިކް ސަރަހައްދުގައި އެމެރިކާއިން ގެންގުޅޭ އިސްތިރާޖުގެ ނުފޫޒުގަދަ ބައިވެރިއެކެވެ.

ޗައިނާގެ ދިފާއީ ވަޒީރު، ޖެނެރަލް ވެއި ފެންގްހީޗައިނާއެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް