Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީގަލްސް ވަރުގަދަ ކުރުން

އާތީއާއެކު އީގަލްސް ވަރުގަދަކޮށްފި

13 ޖޫން 2022 | ހޯމަ 02:19

އީގަލްސްއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ހޯދާފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ޖޫން 2022 | ހޯމަ 02:19
މުޙައްމަދު އާތިފް: ފޮޓޯ-އެފްއޭއެމް

މުޙައްމަދު އާތިފް: ފޮޓޯ-އެފްއޭއެމް

ހެޑް ކޯޗެއް ނެތި ދިވެހި ޕްރިމިއަރ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އީގަލްސްއިން ކޯޗަކަށް މުޙައްމަދު އާތިފް ހަމަަޖައްސާ ޓީމްވެސް ވަރުގަދަކޮށްފިއެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ބަލިކުރި އީގަލްސްއިން އަލުން ލީގު ފަށާނީ އާތީގެ އިރުޝާދުގެ ދަށުންނެވެ. އާތީއާއެކު އީގަލްސްއިން ވަނީ ޕްރެކްޓިސް ފަށާފައެވެ. އާތީ އެންމެ ފަހުން ހުރީ ކްލަބް އޭދަފުށީގެ ކޯޗަކަށެވެ. އާތީއާއެކު ކްލަބް އޭދަފުށި ވަނީ ދިވެހި ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑަށް ކޮލިފައިވެފައެވެ. ފުރަތަމަ ޑިވިޝަންގައި އާތީ އެންމެ ފަހުން މަސައްކަތް ކުރީ ވެލެންސިޔާގައެވެ. އާތީ ވަނީ ވިކްޓްރީއާއި, ޓީސީއާއި, ޔުނައިޓެޑް ވިކްޓްރީގެ ކޯޗެއްގެ ގޮތުންވެސް މަސައްކަތްކޮށްފައެވެ.

ސީޒަންގެ ފުރަތަމަ މުބާރާތް, ޕްރެޒިޑެންޓް ކަޕަށްފަހު އީގަލްސްގެ ކޯޗުގެ މަޤާމް ހުސްވީ މުޙައްމަދު ޝާޒްލީ އިސްތިއުފާ ދިނުމުންނެވެ. ލީގުގައި އީގަލްސް ތާވަލްގެ ދެވަނާގައި ބާއްވައިދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ނިމާއާއެކު އީގަލްސް އޮތީ 28 ޕޮއިންޓާއެކު ދެވަނާގައެވެ. އެއްވަނާގައި އޮތް މާޒިޔާއާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ފަރަޤެކެވެ.

ލީގު އަލުން ފަށާއިރު އީގަލްސް ނިކުންނާނީ ބިދޭސީ އާ ހަތަރު ކުޅުންތެރިންނާވެސް އެކުއެވެ. އީގަލްސްއާ އަލަށް ގުޅުނީ ބްރެޒިލްގެ ޒުވާން ބުރޫނޯ ވިނީޝިއުސްއާއި, ތަޖަކިސްތާންގެ މިޑްފީލްޑަރ ޒަރްޑިއޭވްއެވެ. މީގެތެރެއިން ބުރޫނޯ ވިނީޝިއުސްއަކީ ރެއާލް މެޑްރިޑްގެ ސީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މީގެއިތުރުން އީގަލްސްއިން ވަނީ މިޞްރު ޑިފެންޑަރު އަހުމަދު ސޯބީއާއި, ކުރިން ރާއްޖޭގެ ކްލަބްތަކަށް ކުޅުނު ސްޕެއިން ފޯވާޑް އެންހެލް މުނޯޒްގެ ސޮއިވެސް ހޯދާފައެވެ. މުނޯޒްއަކީ މިސީޒަން ގްރީންއާއެކު ފެށި ކުޅުންތެރިއެކެވެ. ސީޒަން ފެށިއިރު އީގަލްސްގައި ހުރި ބިދޭސީ ކުޅުންތެރިއަކީ ކީޕަރު ތޯހާއެވެ. އެކަމަކު ލީގުގައި މިހާރު އެޓީމްގެ ގޯލް ބަލަހައްޓަމުން އަންނަނީ ޒުވާން ކީޕަރު އަލީފްއެވެ. ތޯހާ ވަނީ އީގަލްސް ދޫކޮށް ދަ ގްރާންޑޭއަށް ބަދަލުވެފައެވެ.

ކުލަބު އީގަލްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
25 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި

25 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް