Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022

ބައެއް ޝަރުތުތަކަށް އަމަލުނުކުރުމަށް ނިންމާ ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

12 ޖޫން 2022 | އާދީއްތަ 09:56

ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 16 ޖޫން ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަނީ އިތުރުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖޫން 2022 | އާދީއްތަ 09:56
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައިވާތީ އާއި މިއީ ދިވެހިރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ފުރަތަމަ އެވޯޑަށް ވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އެވޯޑަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތަކަށް މިއަހަރު ޢަމަލު ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެކަމާއި ގުޅިގެން ބްރޯޑްކޮމް އިން ބުނީ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ގައި ހިމެނޭ ބައެއް ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ބައެއް ބްރޯޑްކާސްޓަރުންނަށް މި އެވޯޑްތަކަށް ކުރިމަތިލުމަށް ހުރަސްތަކެއް ހުރި ކަމަށް ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. މިގޮތުން، ޢަމަލުނުކުރުމަށް ނިންމާފައިވަނީ، “މޯލްޑިވްސް ބްރޯޑްކާސްޓިންގ އެވޯޑު ދިނުމުގެ އުޞޫލު” ގެ 7 ވަނަ މާއްދާގެ ހ އަށެވެ. އެމާއްދާ އަކީ އެވޯޑް ނުދެވޭނެ ހާލަތްތަކެވެ. އެހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަހަރީ ރިޕޯޓް ހުށަހަޅާފައިނުވުމާއި އަހަރީ ފީ އަދި ޖޫރިމަނާ ދައްކާފައި ނުވުމެވެ. މިއާއެކު މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 16 ޖޫން ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ވަނީ އިތުރުކޮށްފައެވެ.

Advertisement - newsAdvertisement

މިއީ މުއްދަތު އިތުރުކުރި ދެ ވަނަ ފަހަރެވެ. ކުރިން އޮތްގޮތުން މުއްދަތު ހަމަވަނީ ޖޫން 12 ވަނަ ދުވަހަށެވެ.

މިއީ ބްރޯޑްކާސްޓިން ދާއިރާއަށް ޚާއްސަކޮށްގެން ބްރޯޑްކޮމްއިން އަލަށް ދޭން ނިންމާފައިވާ އެވޯޑެކެވެ. ބްރޯޑްކޮމްއިން ބުނީ މި އެވޯޑް ދޭން ނިންމާފައިވަނީ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓައި، އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދިކުރުމުގައި، ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށްދީ ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ އިތުރުން، ބްރޯޑްކާސްޓިން ދާއިރާއަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އެވޯޑް ދޭނެއެވެ. މީގެ އިތުރުން ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށްވެސް އެވޯޑް ދޭނެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އެންމެ މޮޅު ކަރަންޓް އެފެއަރޒް ޕްރޮގްރާމް

އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް

އެެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް

އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް

އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް

އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް

އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އަހަރުގެ އިޖްތިމާއީ ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އަހަރުގެ އެންމެ މޮޅު ކެމްޕެއިން (އިޖްތިމާއީ ކެމްޕޭން އަދި މާރކެޓިންގ ކެމްޕޭން)

އެންމެ މޮޅު ނިއުސް އެންކަރ

އެންމެ މޮޅު ނޫސްވެރިޔާ

އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރ

އެންމެ މޮޅު ކެމެރާ ޕަރސަން

އެންމެ އުއްމީދީ ނޫސްވެރިޔާ

ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް

ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރ

އެންމެ އުފެއްދުންތެރި ޗެނަލް

ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާފައިވާ ފަރާތަށް ދޭ އިނާމް

ރީބްރޯޑްކާސްޓިންގ ޚިދުމަތުގެ އެވޯޑް

ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުސޫލު"ގައި ބަޔާންކޮށްފައި ވާނެކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
02 ސެޕްޓެމްބަރު 2025

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި
19 އޯގަސްޓު 2025

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
18 އޯގަސްޓު 2025

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި
24 ޖޫން 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ
05 ޖޫން 2025

ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

05 ޖޫން 2025
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
16 މެއި 2025

ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި

16 މެއި 2025
ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
26 ޖެނުއަރީ 2025

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް

26 ޖެނުއަރީ 2025
ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް
26 ޖެނުއަރީ 2025

ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި

26 ޖެނުއަރީ 2025
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް