Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް

26 ޖެނުއަރީ 2025 | އާދީއްތަ 10:44

ބްރޯޑްކޮމް އިން މިފަދަ ސިޓީ އެއް ފޮނުވާފައި މި ވަނީ ބްރޯޑްކޮމް އަށް އަލަށް ބައެއް ބޭފުޅުން އައްޔަންކުރައްވާފައިވާ ދަނޑިވަޅެއްގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2025 | އާދީއްތަ 10:44
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް ފޮނުވައިފިއެވެ.

އާދިއްތަ ދުވަހު ފޮނުވި އެ ސިޓީއަކީ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިއާ ސޮއިކުރައްވާ ފޮނުއްވާފައިވާ ސީޓީއެކެވެ.

Advertisement - newsAdvertisement

އެ ސިޓީގައި ރާއްޖެޓީވީން އުސޫލާއި ޚިލާފުވިކަމެއް ނުވަތަ ނޫންކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ބްރޯޑްކާސްޓަރުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ނޫސްވެރިކަމުގެ ހަމަތަކާއި، އާއްމު އިޖްތިމާއީ މިންގަނޑަަށް ފެތޭކަން ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ހަމައެހެންމެ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރަންޖެހޭ ކޯޑް އޮފް ޕްރެކްޓިސް ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް މަންޒަރާއި އަޑު ބްރޯޑްކާސްޓްކުރުމުގައި އިތުރަށް ސަމާލުވުމަށް ވެސް އެ ސިޓީގައި ވަނީ އިލްތިމާސްކޮށްފައެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ހަމަހަމަ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ އިތުރުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ހުރިހާ ފަރާތެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމަށް ސަމާލުވުމަށް އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ބްރޯޑްކޮމް އިން މިފަދަ ސިޓީ އެއް ފޮނުވާފައި މި ވަނީ ބްރޯޑްކޮމް އަށް އަލަށް ބައެއް ބޭފުޅުން އައްޔަންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަލަށް އައްޔަން ކުރެއްވި ބޭފުޅުން އައްޔަންކުރުމާއި އެކު މީޑިއާތައް ސަރުކާރުން ބޭނުންވާ ވަކި ގޮތަކަށް ބައްޓަންކުރުމަށް ބާރު އަޅާނެ ކަމަށް މީގެ ކުރިން ވެސް ފާޑުކިޔާ މީހުން އައީ ތުހުމަތުކުރަމުންނެވެ.

މި ސިޓީ ރާއްޖެޓީވީ އަށް އައި ދަނޑިވަޅަކީ މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އައު ބިލެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހާމަ ކުރައްވާފައިވަނިކޮށްނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
02 ސެޕްޓެމްބަރު 2025

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި
19 އޯގަސްޓު 2025

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
18 އޯގަސްޓު 2025

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި
24 ޖޫން 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ
05 ޖޫން 2025

ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

05 ޖޫން 2025
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
16 މެއި 2025

ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި

16 މެއި 2025
ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
26 ޖެނުއަރީ 2025

ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި

26 ޖެނުއަރީ 2025
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި
12 ޑިސެމްބަރު 2024

ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސް އެންމެ އިސްކަން ދެއްވީ ކޮމީޑިއަން މުހަންމާ އަށް

12 ޑިސެމްބަރު 2024
ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސް އެންމެ އިސްކަން ދެއްވީ ކޮމީޑިއަން މުހަންމާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް