Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޞާލިހު އާއި ގާސިމްގެ ބައްދަލުވުން

ރައީސް އާއި ގާސިމްގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ މަޝްވަރާއެއް ނުކުރައްވާ

ރިޔާސީ އިންތިޚާބާއި ގާސިމް ރަނިންގ މޭޓަކަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 09:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއެކު ކުރިޔަށްދިޔަ ބައްދަލުވުމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށް "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.

ހުކުރު ދުވަހު ރައީސް ޞާލިހު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި މާމިގިއްޔަށް ވަޑައިގެން ސަން އައިލެންޑުގައި ދެ ބޭފުޅުން ބައްދަލުކުރެއްވާފައެވެ. އެއާއެކު އެކި ގޮތްގޮތަށް ވާހަކަތައް ވަނީ ފެތުރިފައެވެ. އެގޮތުން މިބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުންނާއި ރައީސް ޞާލިހުގެ ރަނިންގ މޭޓަކަށް ގާސިމް ހެއްދެވުމަށް ކުރިޔަށްގެންދިޔަ ބައްދަލުވުންތަކެއްގެ ގޮތުގައި ވަނީ ވާހަކަތައް ދެކެވިފައެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ހެނދުނު ރައީސް ޞާލިހު މާމިގިއްޔަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް މާމިގިލީގެ ގިނަ ބަޔަކު އެއާޕޯޓަށް ގޮސްފައިވާއިރު އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ރަތް ދޫލައިގައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މިދަތުރުފުޅާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ މިބައްދަލުވުމުގައި ރިޔާސީ އިންތިޚާބާއި ގާސިމް ރަނިންގ މޭޓަކަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އެފަދަ ވާހަކަތަކެއް މިބައްދަލުވުމުގައި ނުދައްކަވާ ކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ. އަދި އެފަދަ މަޝްވަރާއެއް ކުރާނަމަ އެކަން ކުރާނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އެމްޑީޕީގެ ފަރާތުން ކަމަށް ގަބޫލުކުރައްވާކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

މީގެއިތުރުން މީގެކުރިންވެސް އެމްޑީޕީގެ އިސް ބޭފުޅުންނަށް އެގޮތަށް ރަތްދޫލައިގެ މަރުޚަބާ ކިޔާފައިވާކަމަށާއި އެގޮތަށް ވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅުންނަށް ގާސިމް މަރުޚަބާ ކިޔުއްވާނެކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

މިދަތުރުފުޅާއެކު އެނގިގެންދިޔަ ކަމަކީ ސަރުކާރު ކޯލިޝަންގެ ގުޅުން ރަނގަޅުކަން ކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ. މިއީ ކޯލިޝަންގެ ގުޅުން ބަދަހިކަން ހާމަވާ ކަމެއްކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ގާސިމާއި ބައްދަލުކުރައްވާފައިމިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ވިދާޅުވެފައިވަނިކޮށެވެ. މިއީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ހުދު ރައީސް ޞާލިހު ހާމަކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނާއެކު ރައީސް ނުކުންނެވުމަށް ނިންމަވައިގެން ހުންނެވި ނަމަވެސް, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ ރިޔާސީ ރޭހަށް އޭނާ ނުކުތުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވެފައެވެ. ކޯލިޝަން ސަރުކާރުތައް ގެނައުމުގައި ގާސިމުގެ ދައުރަކީ މުހިންމު ދައުރަކަށް ވަނީ ވެފައެވެ.

އަނެއްކޮޅުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވަކި ގޮތެއް ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްގައި ކަނޑައެޅިގެންދާނެއެވެ.

ރައީސް ސާލިހު ގާސިމް އިބްރާހީމްއެމްޑީޕީޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު