Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން އީޔޫގެ ގައުމަކަށް ވާން ކުރާ މަސައްކަތް

ޔޫކްރެއިން އީޔޫގެ މެމްބަރު ގައުމަކަށްވުމުގެ މަސައްކަތް ފެށުމާމެދު އަންނަ ހަފުތާގައި ގޮތެއް ނިންމަނީ

12 ޖޫން 2022 | އާދީއްތަ 07:07

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގެންދަވަނީ އީޔޫގެ މެމްބަރުކަން ޔޫކްރެއިން އަށް ދިނުމަށް ބާރު އަޅުއްވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖޫން 2022 | އާދީއްތަ 07:07
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ވުމުގެ މަސައްކަތް ފެށުމާމެދު އަންނަ ހަފްތާގައި ވަކި ގޮތެއް އެނގިގެންދާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް ކުރެއްވި ކުއްލި ދަތުރުފުޅުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާ ބައްދަލުކުރައްވާ ވަނީ އީޔޫ މެމްބަރު ގައުމަކަށް ޔޫކްރެއިން ހެދުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އީޔޫގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ހެދުމުގެ މަސައްކަތްތައް ފެށުމަށް އީޔޫން ނިންމައިފިނަމަ އެކަން ވާނީ އީޔޫގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ކުރަންޖެހޭ މަސައްކަތުގެ ފެށުމަށެވެ.

އީޔޫގެ މެމްބަރުކަން ޔޫކްރެއިން އަށް ދިނުމަށް އީޔޫގައި ހިމެނޭ 27 ގައުމުން އެއްބަސްވާންޖެހޭނެއެވެ. އެއަށްފަހު ދެން ކުރިޔަށްދާނީ އެކަމާ ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތަކެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގެންދަވަނީ އީޔޫގެ މެމްބަރު ކަން ޔޫކްރެއިން އަށް ދިނުމަށް ބާރު އަޅުއްވަމުންނެވެ. ވަކިން ޚާއްސަކޮށް ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު އެކަމަށް ގެންދަވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަމުންނެވެ.

ނަމަވެސް އީޔޫގެ އޮފިޝަލުންނާއި ލީޑަރުން ގެންދަވަނީ އީޔޫގެ މެމްބަރުކަން ޔޫކްރެއިން އަށް ދިނުމަށް ނިންމިނަމަވެސް މެމްބަރު ގައުމަކަށް ވުމަށް ގިނަ އަހަރުތަކެއް ނަގާނެކަމަށް ވިދާޅުވަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިފަހުން އުރުސުލާ ޔޫކްރެއިން އަށް ކުރައްވާ ދެ ވަނަ ދަތުރުފުޅުގައި އުރުސުލާ ވަނީ އީޔޫގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ވުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ. ގާނޫނު ނެގެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ޔޫކްރެއިން އިން ކުރަމުން އައިނަމަވެސް ކަންކަން ތަންފީޒުކޮށް ކޮރަޕްޝަނާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް އަދިވެސް ޔޫކްރެއިން އިން ކުރަންޖެހޭކަމަށް އުރުސުލާ ވިދާޅުވިއެވެ.

އީޔޫގެ މެމްބަރުކަން ގައުމަކަށް ދިނުމަށް ގިނަ އަހަރުތަކެއް ނަގާއިރު މެމްބަރު ގައުމަކަށް ވުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އޭގެތެރޭގައި އިގްތިޞާދީ ގޮތުން ރަނގަޅު ހާލަތެއްގައި އޮތުމާއި ކޮރަޕްޝަނާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުން ހިމެނެއެވެ.

ޔޫކްރެއިން އަށް އީޔޫގެ މެމްބަރުކަން ދިނުމާމެދު އީޔޫގެ ބައެއް ގައުމުތަކުން ތަފާތު ޚިޔާލެއް ގެންގުޅުނުނަމަވެސް ކުރިޔަށް އޮތް ސަމިޓްގައި އީޔޫގެ ކެންޑިޑޭޓަކަށް ޔޫކްރެއިން ވުމަށް ފާސްކުރާނެއެވެ. މިސަމިޓް އޮންނާނީ ޖޫން 23ން 24އަށެވެ.

އުރުސުލާ އާއެކު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މުޅި ޔޫރަޕަކީ ރަޝިޔާގެ ޓާގެޓެއްކަމަށެވެ. ޔޫކްރެއިން އަކީ ރަޝިޔާގެ ފުރަތަމަ ޓާގެޓް ކަމަށާއި މިއީ އަދި ފުރަތަމަ ސްޓޭޖް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

އީޔޫގެ މެމްބަރު ގައުމަކަށް ޔޫކްރެއިން ހެދުމާމެދު އީޔޫން އެހާ ޕޮޒިޓިވްކޮށް ވިސްނަނީ އެހެންވެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ އެއް ގައުމުން އަނެއް ގައުމަކަށް ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ. މިއާއެކު ޔޫރަޕުގެ ސަލާމަތާއި އީޔޫގެ ސަލާމަތާއި އިގްތިޞާދާއި ހަކަތައިގެ ސިޔާސަތުތަކާމެދު ވަނީ އަލުން ވިސްނަންޖެހިފައެވެ.

ޔުކްރެއިންޔޫރަޕިއަން ޔޫނިއަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
21 އޮކްޓޯބަރު 2025

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް
30 ސެޕްޓެމްބަރު 2025

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު
11 ސެޕްޓެމްބަރު 2025

އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު

11 ސެޕްޓެމްބަރު 2025
އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު
06 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް